ފުރަބަންދުގެ މުއްދަތު ހަމަވާން ކައިރިވެފައިވާތީ، މިސްކިތްތައް ހުޅުވާލުމާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހު "ވަގުތު" އަށް ވިދާޅުވީ، އާ އާންމު ހާލަތައް މި މަހުގެ 15 ވަނަދުވަހު ލުއި ދިނުމަށް ނިންމާފައިވާއިރު، މާލޭގެ މިސްކިތްތަކުގައި އާންމުންނަށް ނަމާދު ކުރެވޭނެ ގޮތަށް ހެދުމަށް މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

އަފްރާހު ވިދާޅުވީ، މަޝްވަރާއަށް ގޮތެއް ނިމުމުން މާދަމާ އެކަން އާންމު ކޮށް އިއުލާނު ކުރާނެ ކަމަށެވެ.

"މާލޭގައި އިއުލާނު ކޮށްފައިވާ ފުރަބަންދު މާދަމައަށް ހަމާވާތީ، މިސްކިތްތައް ހުޅުވާލުމާއި މެދު މިހާރު އަންނަނީ މަޝްވަރާ ކުރެވެމުން. އެކަން މާދަން އިއުލާން ކުރާނަން" އަފްރާހު ވިދާޅުވިއެވެ.

މާލޭގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ މުއްދަތު މާދަމައަށް ހަމަވާއިރު، މޭ 28 ވަނަ ދުވަހުން ފެށިގެން ދެވިފައިވާ ލުއިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ބަލައި ޖޫން 15 ވަނަ ފެށިގެން ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވެ، ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ގިނަ ވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކޮށްފައިވަނީ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މާލެ ބޭބެ

  ބަލަ ޒާހިރު މިނިސްޓޯރޯ ރައްޔިތުންގެ މަޖްލިސްގެ 87 އތ މެންބަރުން މާސްކް އަޅައިގެން މަޖްލިސްގަ 8 ގަޑިއިރު ތިބޭއިރު ، ނިސްބަތުން މާލެ، ހުޅުމާލެ، ވިލިގިލި މިސްކިތްތަކަކީ ވ ވިންޓަލޭޝަން ރަގަޅު ޖާގަ ބޮޑެތި މިސްކިތްތައް، އެހެންވީމާ ކޮބާތޯ ނުރައްކަލަކީ..އަދި ޚާއްސަކޮށް ދުނިޔޭގެ އެހެން ޤައުމުތަކާއި ޚިލާފަށް މިސްކިތްތައް ސާފުކޮށް ބަލަހައްޓާ..ސެނެޓައިޒރ ހަރުކުރަން ފައިސާ ނެތިއްޔާ ކޮންމެވެސް މުއްސަދި ބޭފުޅަކު އެކަންވެސް ކޮށްފާނެ... މިސްކިތްތައް ބަންދުކޮށް ތިގޮތަށް ފިއްތީމަ ރައްޔިތުން ސަރުކާރުދެކެވާނީ ނަފުރަތު... އިގިލިން ގުނާލެވޭ ފަދަ ދީނާއި އިދަކީލް ބަޔަކު މިޤައުމުގަ ތިއްބަސް ދިވެހި ރައްޔިތުން ޤަބޫލްކުރޭ އަހަރަމެންގެ ހަމަޖެހުމާއި ހުރިހާ ކާމިޔާބަކީ އިސްލާމްދީންކަން ..މިސްކިތްތަކަކީ ﷲ ސބވތ ގެކޮޅުތައް... ޒާހިރޫ ﷲ ސބވތ ނިޔާ އާއި އަޒާބު ވަރުގަދަވާނެ... ނޭގިތިއްބާ ކުއްލިެަކަށް މަޤާމްތައް ގެއްލި ބާރު ގެއްލި ވެރިކަން ފޮރޮޅިދާނެ.. ރެއާއި ދުވާލު އެތައްލައްކަ މީހުންގެ ބަދު ދުއާ ނުލަފާ ވެރިންގެ މަށްޗަށް އޮވެދާނެ، މިސްކިތްތައް ހުޅުވާލެއްވުމީ އެންމެވިސްނުންތެރިގޮތް....

 2. ހުސޭނުބޭ

  ކިތައް މީހުން އެއްފަހަރާ އުންކާރުދީގެންބާ މިސްކިތްތައް ހުޅުވޭނީ! އެެހެން މި އަހަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުން ވަގުތަކު މިހާރުވެސް މާލެ އަރާފައިބާ ހެދޭ! ބޭނުން ތާކަށް ދެވޭ! ފިހާރަތަކާއި ހޮޓާތަށް މަސްވަރާއާ ނުލައި ހުޅުވޭ! މިސްކިތްތައްދެކެ ބިރުގަންނަ މީހުން މި ސަރުކާރުގައި އުޅޭނެ! އެހެންވީމާ އެހައި އުދަގުލުން މިސްކިތްތައް ހުޅުވަން މި ޖެހެނީ!

  • ހައިލަމް

   މަޖުލީހުގެ ތިބޭ މުސްކުޅި މެމްބަރުން ތައް ވެސް އެއްވެސް ގައިދުރު ކަމެއް ނެތި އެހެރަ އުޅެނީ މަޖުލީހުގަ.... މުސްކުޅި ދޭ ހުރިހާ ތާކަށް ވެސް.... މިސްކިތްތައް ނުހުޅުވުމަކީ ވަރަށް އަނިޔާވެރި އަމަލެއް

 3. ރަސީދު މުޙައްމަދު

  ބޯކޮށޭނެ ގޮތެއް ހަމަޖެހޭތޯ ވަގުތުގައި ލިއުމެއް ޝާއިއު ކޮށް ދެވިދާނެ ތޯ؟ މިހާރު ބޯދިގުވެގެން އެންމެން ުޅެނީ. ޕީޕީއީ ލާއިގެން ހުރެ ބޯކޮށާނީ

  • ގ

   އަމިއްލަޔަށް ކޮށާ ބަލަ...

 4. ދީނުގެ އަހަމިއްޔަތުތައް ޖޯކަކަށް ނުހައްދަވާ އަދި އެކަމަށް ފުރުސަތުނުދީ

  ދީނުގެ އަހަމިއްޔަތުތައް ޖޯކަކަށް ނުހައްދަވާ އަދި އެކަމަށް ފުރުސަތުނުދީ...
  ޢެހެންތަންތަން ހުޅުވާން މަސްވަރާކޮށް ނިމިފަވާއިރު މިސްކިތްތައް ހުޅުވަން އަދިވެސް މަސްވަރާ ކުރަނިއްޔޭ ބުނީމާ.. ތީ ދުވަހަކުވެސް ނިމޭމަސްވަރާ އަކައް ނުވޭތަ...
  ނޫނީ އަދިވެސް މަސް ވަރާ ނިމަން ބޭނުން ނުވަނީތައް..
  ޢަދި އަމުދުން އެއާޕޯރޓްވެސް މިއަނަމަހު ހުޅުވަން ތައްޔާރުވަމުންދާއިރު މަސްވަޜާތައްނިމި ދާއިރު މޮޅެތި ޕުލޭންތައް ހެދެމުން ނިމެމުން ދާއިރު .. މިސްކިތްތައް ހުޅުވާ ޖަމާއަތުގާ ނަމާދުކުރާނެ މަސްވަރާއާއި ޕްލޭނުވާނަމަ ޕޮލޭނުތައް ނުނިމި ދާކަމީ ހައިރާންވެ އަޖާބުވެ އަންތަރީސްވެ
  ސޮނި ވެއްޓޭ ވަރުގެ ކަމެއް.. ( އަޅެ ފަހެ އަހަރެމެން އެމެންނަކީވެސް މުސްލިމުން ރައީސުންފެސިގެން ނާއިބުރައީސުން މަޖިލީހުގެ ރައީސުން މަޖިލީހުގެ އިއްޒައްތެރު މެންބަރުން ފެސިގެން ގޮސް ހުރިހާ މިނިސްޓަރުންފެސިގެންގޮސް އުތަމަ ފަނޑިޔާރުން ފެސިގެންގޮސް ހުރިހާ ގާޒިން ފެސިގެން ގޮސް ހުރިހާ ސޭހުން ދީނީ އިލްމުވެރިން ފެސިގެންގޮސް ހުރިހާ ކައުންސިލަރުން ފެސިގެން ގޮސް ހުރިހާ ރައްޔަތުންނަކީވެސް މުސްލިމުން އިންސާ ﷲ. އެހެންކަމުން އެހެންތަންތަން ހުޅުވާ މަސްވަރާތަކާ ޕުލޭންތައް މިހާރު ހުރިވަރައް ބަހައްޓާފަ އަހަރެމެން ހުރިހާ މުސްލިމުންވެގެން އެއްމެ އަހަމިއްޔަތު ކަމެއް ދީގެން މިސްކިތްތައް ހުޅުވާ ޖަމާއަތުގާ ނަމާދުކުރަން ފަސަން މަސްވަރާކުރަންޔާ މަސްވަރާކޮއް އަދި މަސަވަރާ ނިންމާ އަދި ޕުލޭން ކުރަންނާ ޕުލޭންކޮއް ނިންމާ .. އެހެން ހުރިހާ ކަމަކައްވުރެން މިކަމައް އެއްމެން ތެދުވެރިކަމާއި އެކު އިސްކަންދީ މިކަން ފުރަތަމަ ނިންމަން ވެޖޭނުން.... )
  ..
  (ދީނީ ކަންކަމައް ގޮތްކިޔާނީ އެޗްބީ އަކުންނޫނޭ .. އަދި ހެލްތުމިނިސްޓްރީއަކުންވެސް ނޫނޭ... އަދި އަމުދުން ދީނީ ކަންކަމައް ގޮތްނިމާނީވެސް އެތަންތަނަކުންނޫންނޭ.. އިސްލާމްދީން ރަގަޅައް އޮޅުން ފިލާފަތިބި އަދި އަމުދުން ގުރުއާންގެ އިލްމާ ހަދީސް އިލްމު އޮޅުންފިލާ އަދި އެނގިގެންތިބި ދީނީ އިލްމުވެރިން..
  .. އަދި އިސްލާމީ ރަގަޅު ބިންގަލެއްވާ ދައުލަތެއް ނުވަތަ ގައުމެއްނަމަ އިސްވާނީ ދީނީ އިލްމުވެރިން.. )

 5. ޙުރިހާ ކަމަކައް ލޫދޭއިރު

  ޙުރިހާ ކަމަކައް ލޫ ދޭއިރު މިސްކިތްތަކައް ލޫ ނުދެނީ... މިސްކިތް އެހާ ހަރުކަސީތައް!!!!!!! ؟؟؟؟؟؟؟

 6. ހާށަވިޔަނި

  ސުބުޙާނަﷲ. މާލޭގެ ހުރިހާ ތަނެއް ހުޅުވާ ޢާމުންނަށް ބޭރަށް ނުކުންނަށް ހުއްދަދީ ނިމުނުއިރުވެސް ތި މަޝްަވަރާއެއް ނުނިމުނު. ކިހާ ހިތާމަހުރިކަމެއް. ކޮވިޑަށް އެންމެ ފުރަތަމަ ބަންދުކުރީ މިސްކިތްތައް. އަދިވެސް ނުހުޅުވޭ. ހުޅުވަން އަދި މަޝްވަރާ ކުރުމުގަ. އެހާ ބިރުވެރިކަމެއްބާ؟؟ ކޮންބަޔަކާތަ މަޝްވަރާކުރަނީ؟ މިއުޅޭ ލާދީނީ މީހުން އޯކޭ ނުވީދޯ. ކޮބާތަ އިލްޔާސް ނަމުން ސޯލިހުއަކީ ރަސޫލާ ދުޢާދެންނެވި މީހެކޭ އިލްޔާސްބުނި. އަދި މިސްކިތްތައް ހުޅުވަންވީމަ ފަހަތުފަޔަށް ބަރުވެގެން ބިރުން އުޅޭތަން މިފެންނަނީ.

 7. އަހްމަދު

  ކޮން މަޝްވަރާއެއް! މަގުތަކާއި ޕާރކުތަށް ހުޅެވެންޏާ މިސްކިތްތަށް ނުހުޅުވެންޖެހޭ ސަބަބެއްނެތް!

  10
 8. މުހައްމަދު

  ތިޔައީ މަޝްވަރާކުރަން ޖެހޭކަމެއްނޫން ކޮންމެމީހަކުވެސް އެމީގަކު ނަމާދުކުރާ މުސަލަ ހިފައިގެން މިސްކިތަށްގޮސް ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރެވެން ޖެހޭނެ މަހަދެވޭ ސައިކަލުދުއްވޭ ފަހަތަށް މީހުން އަތުވައިގެން ވިޔަފާރިކުރެވޭ އެކަމު މިސްކިތަށް ނުހުޅުވޭ މިއީއަރަތެއް

 9. އަހުމަދު

  މިހާރު މިކަމާއި ހޭލާ ތިބެގެން ވެސް މަސްވަރާ ކުރާތާ މިއަދަށް ހަތަރު ދުވަސް ނޫނޭވާ މިއޮތީ ސަރުކާރެއް ދެން އިރުކޮޅަކުން ބުނާނެ އޮޅިގެންނޭ އިސްލާމިކް މިނިސްޓަރަކީ ވެސް އޮޅޭ މީހެއް ލިޔެފައި އޮންނަ އިރުވެސް ނުބައިކޮށް ކިޔަނީ... ހެހެ ހައް ހައް

 10. ރަބަރޭ

  އަނެއްކާ އޮޅިގެންތޯ ތިހެންތިބުނެއްވީ

 11. ސަޓޯ

  ޕާރކުތައް ހުޅުވާގޮތައް... މިސްކިތްތަކެއް ނުހުޅުވާ ގޮތައް... ކޮންތާކު މިޖެހުނީ... މިއީވާ ފިސާރި ލާދީނީ ސަރުކާރެއް އިނގޭ..

 12. ގ

  މިހާރު މަގުތަކުގަ މީހުން އެހެރަ ގައިދުރު ކަމެއް ނެތި އުޅެނީ.... ކޮންހާ ބޭކާރު ވާހަކަ އެއް ސަރުކާރުން ދާކާކަށް... ސިގިރޭޓް ބޯންވެސް ހަމަ ގުރޫޕްހަދާފަ ތިބޭ ތަން ފެނޭ...

 13. ޙަސަނާ

  އެހެންނޫންތޯވާނީ މިބޭލުންމިތިބީ އީޔޫ ރުއްސަން މޮޅިގޮތެއްހަދާދީގެންނު ސަހިންދާމެން އުފަލުން ތެޅިފޮޅެނީ އީވާމެން ބޭނުންވަނީ ސަހިންދާމެންރުއްސަން އަދާލަތު އޮތީ ކަކޫޖައްސުވާފަ އިމްރާންބޭނުމީ ވަޒީފާ މިސްކިތްތަކާދޭތެރޭ ރައްޔިތުންގެ ހިޔްތަކުގަބިރުވެރިކަން އުފެއްދުން ބޮޑުވަރު...