އައްޑޫ ސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު ދެ އަހަރު ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.

މިހާރު އެކަން ވަނީ ރިސޯޓުގެ މުވައްޒަފުންނަށް އެކަން އަންގާފައެވެ. ރިސޯޓު ބަންދު ކުރާނެ ކަމަށް ބުނެ ރިސޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ އެންގުމުގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެ ރިސޯޓު ބަންދު ކުރާނެ ކަމަށެވެ.

އެ ރިސޯޓު ބަންދު ކުރަނީ ރިސޯޓު ގެއްލުމުގައި ހިންގަމުން އަންނާތީއެވެ. އަދި ސަރުކާރުގެ ފަރާތުންވެސް އެ ރިސޯޓަށް އެހީ ނުލިބޭ ކަމަށްވެސްވެއެވެ. އެހެންކަމުން މިހާރު ރިސޯޓުގެ މާލީ ހާލަތު ހުރި ގޮތުން އިތުރަށް ރިސޯޓު ހިންގެން ނެތުމުން ދެ އަހަރު ދުވަހަށް ރިސޯޓު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.

އެތަން ބޭނުން ކުރަމުން މިހާރު އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓިން ފެސިލިޓީއެއްގެ ގޮތުގައެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ދިގު ރިސޯޓުގެ ގޮތުގައި އޮންނަ ކެނެރީފް އަކީ މީގެ ކުރިން ހެރެތެރެ ނަމުގައި ހިންގަމުން ދިޔަ ރިސޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޑޫ ކޮއްޔާ

    ޕިސްޕިސްޕިސްޕިސްޕިސްޕިސް.

  2. Anonymous

    ހިންގަން ނޭގުނީމަ ސަރުކާރު ގޯސް މިވީ!

    2
    11
  3. ދަވާލި-19

    ސަރުކާރު ފެއިލް ވީމަ ދެން ދެން ތިހެބުނީމަ ހަމަ ހިނި އަންނަނީ އެސިއްރު ދަންވަރު 1:30 ރަނުން ރަނަށް

    5
    2
  4. ޙަސަނާ

    ޓުއަރިޒަމް ބޮއިކޮޓުކުރަންގޮވީމަ ކިހާދެރަދޯ އެތަޖުރިބާމިހާރުހުންނާނީ ރަގަޅައްލިބިފަ ދެންމީގެ ސަޒާވެސްމިތާމިއޮއްމާތް ދީނައްފުރައްސާރަކިރުމުގަދުއްވާލާ މިެަދު ހުރިހާބާރެއްލިބިފަ އޮއްވާ ގާނޫނުެަސާސީގަވެސް އިސްލާހުކޮހްލާ ދީނަކީ އިސްލާމްދީނޭ އޮތްތާގަ ދީންތަކޭވެސް ލިޔެލާ...

  5. މާރިޔާ

    އަންނިގެ ތަނެކޭ އެއީ.