ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓު މިއަދު 17:35 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެކެވެ. މި މީހުންގެ ތެރޭގައި ހަތް ފިރިހެންނުންނާއި ތިން އަންހެނުން ހިމެނެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި މީހުން ހދ.ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލި މިޙާ

    ވަގު ކާށި ހޮވަންޏާ ވާނީ ތިހެން...

  2. އެޖެންޑާ-19

    މި ފަސްއަހަރަކީ ވަގުން ގިނަ ފަސްއަހަރެއް ވަރުގަދަ އިމްތިހާން ތަކަކާއި ކުރިމަތި ލާންޖެހޭނެ ކަމުގެ ކޮޅުމަތި ފެން ނަމުމިދަނީ ﷲ އަށް އީމާންނުވާ މީހުނަށް މިފަސްއަހަރު އިބުރަތުން ފުރިގެންވާ ކަންތައްތަކަކާއި ކުރިމަލާންޖެހޭނެ ކަމުގެ ކޮޅުމަތި ކޮންމެ ދުވަހަކު ހިގާ ހާދިސާ ތަކަށް ބަލައި އެކަމާއި މެދުވިސްނާލުމުން ވެސް އެނގޭ ކުރިޔަށް އޮތް ދުވަސްތަކާއި މެދު ވިސްނާލުން ވަރަށް މުހިއްމު މިދައުރު ފެށުނުފަހުން ކޮންމެ ދުވަހަކުވެސް ހިތްނުތަނަވަސް ވާފަދަ ހާދިސާތަކެއް ނުހިގާ ދުވަހެއް ނުދޭ މީއީ އަނެއްކާ ކޮންފަދަ ބަލާ ވެރިކަމެއް ބާ!

    6
    1