މިިދިޔަ ހަފްތާ އަންގާރަ ދުވަހު ރޭޕް ކުރި 11 އަހަރުގެ ކުޑަ އަންހެން ކުއްޖާގެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ގެސްޓް ހައުސްއެއްގެ ތެރޭގައެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެއީ 38 އަހަރުގެ މީހެކެވެ.

ފުލުހުން މިރޭ ވިދާޅުވީ، އެ މައްސަލައިގެ ހިމެނޭ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާއިރު، އެ މީހާގެ މައްސަަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕީޖީ އޮފީހުގެ އަރިހުން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިފައެވެ.