ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 24>މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއާއެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދުވަނީ 1217 އަށް އިތުރުވެފައެވެ. މިއީ ރާއްޖެ އިން ބަލި ޖެހުނު މީހުންގެ 60.46 އިންސައްތައެވެ.

ކޮވިޑް-19 އަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 786 މީހުންނެވެ. އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލިން ރަނގަޅު ވެފައިވާއިރު، 8 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވިތޯ ބަލަމުން އައި މިންގަނޑަށް ބަދަލު ގެނައުމުން މިހާރު ރާއްޖެ އިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މީގެ ކުރިން ރާއްޖޭގައި ބަލިން ރަނގަޅު ވެއްޖެކަމަށް ބަލަނީ ބަލީގެ އަލާމާތްތައް ރަނގަޅު ވުމުން ދެފަހަރަށް ކޮވިޑް-19 އަށް ޓެސްޓްކޮށް ދެސުންކު ވެސް ނައްސި ވުމުންނެވެ. ނަމަވެސް މިހާރު ބަލި ޖެހޭ މީހުން ބަލި ޖެހުނުތާ 14 ދުވަސް ވުމުން ނުވަތަ އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން ރަނގަޅު ވެއްޖެ ކަމަށް ނިންމައެވެ. ރަނގަޅު ވެއްޖެ ކަމަށް ނިންމަން މިހާރު އިތުރު ޓެސްޓެއް ނުހަދައެވެ.

ކިޔުންތެރިންގެ ހިޔާލު