މާލޭގައި އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ދީ، ޕާކް ފަދަ ތަންތަން ހުޅުވާލަނީ އާންމު އެއްވެ އުޅުމަށް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވެ، ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ގިނަ ވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ވަނީ ފުރަބަންދު ކޮށްފައެވެ.
އެހެން ނަމަވެސް މިހާރު ސަރުކާރުން ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް އިތުރު ލުއިތަކެއް ދޭން ނިންމާފައެވެ. އެގޮތުން ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. ނަޒްލާ ވިދާޅުވީ، ޕާކް ފަދަ ތަންތަން ހުޅުވާލަން ނިންމާފައިވަނީ ގިނަ ބަޔަކު އެއްވާކަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ބައެއް ކަހަލަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
"އަޅުގަނޑުމެން މިބުނަނީ އުމުރުން ދުވަސްވީ ފަރާތްތަށް ހިނގާލަން ދާށެ. ބޭރަށް ނުކުމެލާށޭ. އެހެންކަމުން އެބޭފުޅުން ހިނގާލާނެ ކޮންމެވެސް ތަނެއް އޮންނަން ވާނެ" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، މިގޮތަށް ނުކުންނަ ބޭފުޅުންވެސް ގައިދުކަން އިސްކޮށްގެން، މީހުންނާއި ދިމާވާއިރުވެސް 3 ފޫޓުގެ ދުރުމިނެއް ބަހައްޓައިގެން އެފަދަ ތަންތަނުގައި ތިބުން އެއީ ބަލި ފެތުރޭ މިންވަރު ކުޑަވެގެން ދާނެ ކަމެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2013 އަށް އަރާފައެވެ.
އެ އީ ހަމަ އެކަނި ބަނގްލަދޭޝް ބޭފުޅުންނަށް. ދިވެ އްސަކަށް ޖާގަ ލިބޭތޯ ބަ އްލަވަން ތި އްބަވާ. އެބޭފުޅުންނަކީ، މިރާ އްޖޭގެ ޤާނޫނަށްވުރެ މަތީބަ އެއ އް.
އަބަދުވެސް ރައްޔިތުން ނުބައިވާގޮތަށް! މިބޭފުޅުން ސަލާމާތްވާގޮތަށް!
ނަޒްލާ ބޭފުޅާ ހަމަތޯ! ޕާކް ފަދަ ތަންތަން ހަދާފަ ހުންނަނީ މީހުން އެއްވާށޭ!
އެހެންވީމަ އެތަންތަނަށް ރައްޔިތުން އެއްވާނެ ހުޅުވީމަ! ތިބޭފުޅުން އެކަން އެގޮތަށް ހިނގަން ބޭނުންނުވާނަމަ ކީއްވެތަ ތިހުޅުވަނީ! ތިއުޅެނީ ޒިންމާނަގަން ނުކެރިގެން! އޭރުން މާދަމާވެސް ތަންތަން ހުޅުވައިގެން ހާލަތު ގޯސްވާއިރަށް ބުނާނެ އަހަރުމެން ނުލާހިކު އާދޭސްކުރީމޭ އެކަމަކު ރައްޔިތުން ބަހެއް ނޭހިޔޭ! އެހެންވީމަ ވީގޮތޭ! ކިހާ ސަޅި! ރައްޔިތުން ގޯސްމިވީ! އަބަދުވެސް މިބޭފުޅުން ބޮލުން ހުރިހާ ޒިންމާއެއް ދާ ގޮތަށް!
އެއްގޮތަކަށްވެސް ހީނުކުރާތި، ތިޔަބޭފުޅުންގެ ނާޤާބިލްކަން ފޮރުވުމަށް ކަތިލަން އޮތް ކަންބަޅިއެކޭ ރައްޔިތުންނަކީ!
އަބަދުވެސް ރައްޔިތުން ނުބައިވާގޮތަށް! މިބޭފުޅުން ސަލާމާތްވާގޮތަށް!
ނަޒްލާ ބޭފުޅާ ހަމަތޯ! ޕާކް ފަދަ ތަންތަން ހަދާފަ ހުންނަނީ މީހުން އެއްވާށޭ!
އެހެންވީމަ އެތަންތަނަށް ރައްޔިތުން އެއްވާނެ ހުޅުވީމަ! ތިބޭފުޅުން އެކަން އެގޮތަށް ހިނގަން ބޭނުންނުވާނަމަ ކީއްވެތަ ތިހުޅުވަނީ! ތިއުޅެނީ ޒިންމާނަގަން ނުކެރިގެން! އޭރުން މާދަމާވެސް ތަންތަން ހުޅުވައިގެން ހާލަތު ގޯސްވާއިރަށް ބުނާނެ އަހަރުމެން ނުލާހިކު އާދޭސްކުރީމޭ އެކަމަކު ރައްޔިތުން ބަހެއް ނޭހިޔޭ! އެހެންވީމަ ވީގޮތޭ! ކިހާ ސަޅި! ރައްޔިތުން ގޯސްމިވީ! އަބަދުވެސް މިބޭފުޅުން ބޮލުން ހުރިހާ ޒިންމާއެއް ދާ ގޮތަށް!
އެއްގޮތަކަށްވެސް ހީނުކުރާތި، ތިޔަބޭފުޅުންގެ ނާޤާބިލްކަން ފޮރުވުމަށް ކަތިލަން އޮތް ކަންބަޅިއެކޭ ރައްޔިތުންނަކީ!
ކިޔޭ އެއްޗެއް ނޭނގޭ... ގިނަ މީހުން އުޅޭ ތަނެއްގަ މަދު މީހުން ނިކުތަސް ތަން ތަން ފުރޭނެ.. އެއްވެސް މީހަކު ބޭނުން ނުވިޔަސް އެކަން ވާނީ އެހެން.. ތަން ތަން ފުރޭނެ.. ތަން ތަނަށް އަރާ ތާކުން ތާކު ނުޖެހޭ އަނގަ ތެޅީމަ ނިމުނީތަ... ފާހާނާތައް މި ހުޅުވަނީ ފާހާނާ ކުރާކަށް ނޫން..
މިއީ ގަމާރުންތަކެއްތަ ނޫނީ ހަމަ ހިސާބަށްވުރެ ޖާހިލީބާ ؟؟ މިކޮރޯނާއެއް ނުފެތުރެނީސް މާލެޭގެ ހާލަރު ނޭނގެނީބާ.. ކަންކަންމަތީ އާއި ގޭގޭ ދޮރުމަތީ ފުލުހުން ބަހައްޓަެިގެން މިހާރުވެސް ތިއުޅެން ޖެހެނީ ފުލުހުންނަށް ދިވެހިންގެ ބޯހަރު ކަމުންނާއި ބަންގާޅިންގެ އުނދަގުލުން... މިލާދީނީ ސަރުކާރުން މިސްކިތްތައް ހުޅުވިޔާ ކިއެއްތަ ؟؟
ފަޅޮލޭ ނުކިޔާ މިސްކިތްތައް ހުޅުވަންވީ
ރަގަޅޭ ޕާކުތައް ހުޅުވާލަނީ މީހުން އެއްވާކަށްނޫން...ޑޮކްޓަރުން ތިބެނީ ބަލިމީހުންނަ ފަރުވާކުރާކަށްނޫން....ވެރިޔަކު އައްޔަންކުރަނީ ޙިދުމަތްކުރާކަށްނޫން....ތިޔަ ޑޮކްޓަރަކީ ސީ ދާ ސަރުކާރުގެ މައުތުވޮޝް....ޑޮކްޓަރެއްގެ ކަށިގަޑު އަތަށްލައިގެންއި ދެ ސަރުކާރު ރުއްސަން ރުހޭހާގޮތަކަށް ވާހަކަ ދައްކާމީހެއް..... ދެ ދުވަހު އެއްގަވާއި ދެ އެއް ހުކުމެނޯވޭ..އެކިމީހުންނަ އެކިގޮތް... ދެމަސްވީ މާލޭގަ ތާށިވިމީހުން އާއިލާތަކާ ހަމަޔަށް ނާ ދެވި..ރައްޔިތުންގެ ޝަކުވާބޮޑުވުމުން ކަރަންޓީން14 ދުވަސްކޮއްފަ ރަށަށް ފޮނުވާނަމޭބުނީ...ކަރަންޓީން ނިމި ޓެސްޓްނިމި ނަތީޖާލިބި ހަފްތާއެއްވާން މި ދަނީ އަ ދި ރަށަށް ފޮނުވަ ދެވޭކަމަކަށްނުވޭ...ޗޕއގެ ހިންގުންތެރިކަން...ސަރުކާރުން ބޮޑުމުސާރަ ދީފަ 11 ހާސް މީހުންގެ ފޯސްއެއްނަގާފަ ދަރުބާރުގޭގަ 24ގަޑިއިރު ނުނި ދާތިބެ މަސައްކަތްކުރަނީއޯ..އެކަމަކު ވާވަރަކީ ނިންމަންޖެހޭ ޑޮކިޔުމަންޓެނުނިމިގެން ރައްޔިތުމީހާ ހުންނަނީ ހައްޔަރުކޮއްފަ..ސަރުކާރަކަށް ނުވިސްނޭ ދިރިއުޅުމުގެ ހުރިހާކަމެ ހުއްޓިފަ އާއިލާއާ ވަކިވެފަތިބެ ލިބެމުން ދާ ނިކަމެތިކަމެ...މީޑިޔާތަކުންވެސް މިހާރު މިކަމަކަށް ފޯކަސްއެއް ނުކުރޭ..ކަރަންޓީނަށް ގެންގޮއްސަނިމިގެން ރަށަށް ދެވެނީ ކިހާ ދުވަހަކުންކަމެ...ޒިންމާވާނެ ވެރިޔަކުނެތް ގައުމެއްވީމަ އެމީހަކު ހިތަންއެރިގޮތަކަށް ކަންކުރަމުން ދާ ޖަންގަލީގެ ކިނބޫފެންގަޑަކަށް މިގައުމު މިއޮތީވެފަ...