އާއާއްމު ހާލަތުގައި ސްކޫލުތަކުގައި ކިޔަވައި ދޭނީ ހަފްތާއަކު ހަތަރު ދުވަހު އަދި ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން، ރާހުރިހާ ސްކޫލަކަށް ފޮނުވި ސާކިއުލާގައި ބުނީ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުމުން ކަމަށެވެ. އެޗްޕީއޭ އިން ނިންމާފައި ވަނީ ހާލަތު ރަނގަޅަށް އޮތް ނަމަ އަންނަ ޖުލައި މަހު ސްކޫލްތައް ހުޅުވާށެވެ. ނަމަވެސް ސްކޫލްތައް ހުޅުވާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައި ދޭނީ ހަމައެކަނި ކީީސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑު 11، 12) ގެ ދަރިވަރުންނަށެވެ. ކޮވިޑް-19 ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެ އެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހަމައެކަނި މާލެ އެވެ.

ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 3،2،1 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ހިމެނެނީ ކީ ސްޓޭޖް ތިނެއްގަ އެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުން، ކޮންމެ ކީ ސްޓޭޖަކަށް ވެސް ކަނޑައަޅާފައިވަނީ ހަތަރު ގަޑިއިރެވެ. އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ. އެ ކޮންމެ މާއްދާއެއް ވެސް 45 މިނެޓް ކިޔަވައި ދޭނެއެވެ. ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދިސްވޭއޭ

  ދުނިޔޭގައި ނޯންނާނެ 50 ހާސް އަހަރުވީ ފެންގަނޑެއް އެއީ ސައެންޓިފިކަލީ ވެސް ޕްރޫވް ވާ ކަމެއް ނޫނޭ އަދި ދީނީ ގޮތުން ބެލި ނަމަވެސް ޕްރޫވް ވާ ކަމެއް ނޫނޭ ދުނިޔެ އަށް 6 ހާސް ނުވަތަ 7 ހާސް އަހަރަށް ވުރެން ދިގު މުއްދަތެއް ނުވާނެއޭ މުޝްރިކުން އެމެންގެ ގައުމު ތަކުގެ ތަންތަން ބަލާފައި މިއަށް ވުރެން ދިގު މުއްދަތުވެފައިވާ ތަންތަން ހުރ ކަމަށް ބުނި ނަމަވެސް ފިޒިކްސްގެ އިލްމް އަދި މެތެމެޓިކަލް ސައެންސް މިކަމަށް އެއްވެސް ބާރެއް ނާޅައޭ އެބެލެވޭނީ އެއީ ބިދުވައަށޭ

 2. ދިދަ ދަނޑި

  ކަމަކު ނުދޭ.. މިހާރު ކިޔަވައި ދިނުންވެސް ތާކުންތާކު ނުޖެހޭ.. ޓެލިކިލާހެއް އޮވޭ، ގޫގުލް މީޓެއް އޮވޭ، އަނެއްކޮޅުން ހުކުރެއް ޙައްޖެއް ޢީދެއް ނޯވޭ ގޫގުލް ކްލާސްރޫމް އިން ފިލާވަޅު ދޭކަށް.. އަޅާވަރުން ހަމަ އަޅަނީ ދަންވަރުވެސް.. އަނެއްކޮޅުން ކޮންމެ އެއްޗަކަށް ރެޖިސްޓަރ މާރކް ކުރުންވެސް ވަކިގޮތަކަށް.. މިހާރު މިވީގޮތުން 24 ގަޑިއިރު އުޅެން މިޖެހެނީ މިކަމުގަ.. އިރު އަރާވަގުތު 1 މާއްދާ.. މެންދުރު 2 މާއްދާ.. ބޯހަލާކު.. ކުދިން އަދި ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތަށް މިކަންކުރަން ނޭނގުނީބާ..

  21
  2
 3. ސޮދްރީ

  ސްކޫލް ތަކުގެ ކިޔެވުން ފެށޭ ކަން އެއީ މަމެން ވަރަށް އުފާވާ ކަމެކޭ މަމެން ބަލާއިރު މާލެ ސަރަހައްދުގެ ސްކޫލް ތަކުގައި ހުންނަނީ ކޮމަން ޓޮއިލެޓްސް ތަކޭ އެ ގޮތުން ބަލާއިރު ކްލާހެއްގައި 30 ކުދިން ތިބޭ އިރު 100 ކުދިންނަށް އެއް ފާޚާނާ ބަރިއެއް ހުރުން އެއީ ބަލި މަޑުކަން ފެތުރެން މަގުފަހިވާނެ ކަމެކޭ މަމެން ދެކެމޭ ސަރުކާރުން މިކަމަށް ހައްލެއް ގެންނާނޭ ކަމަށް ސްކޫލް ތަކުގައި ކުދިން އިށީންނަށް ހުންނަ ގޮނޑިތައް ވެސް ދެން ވަރަށް ފެންވަރުދަށޭ މިކަން ރަނގަޅުކުރަންވީއޭ

  7
  5
 4. ޒޔދ

  ދުޅަހެޔޮ ނާސްތާ ގެ ވައުދު އޮތީ ކިހިނެއްތަ؟ 4 ގަޑި އިރަށް ފޮނުވޭނީ އޭރުން، ވަޒީފާ އއަށް ވަނީ ކޮވިޑް ޖެހިފަ ކުލި ދައްކާފަ ދަރިންނަށް ރަނގަޅު ކާނާ ދޭނެގޮތެއްނެތް

  11
  1
  • ސދފ

   ބުރޯ، ދޮންކެޔޮ އީމެއިލް ކޮއްލާނަން.

   2
   1
 5. ފަބިއައްޔި

  ގެއްލުނު ދުވަސް ތައް އަނބުރާ އިއާދަ ކުރާނީ ކިހިނެއްތޭ ތަޢްލީމީ ވަޒީރު ވިދާޅުވެދެއްވާށޭ ރާއްޖޭގެ ސްކޫލް ތައް އަލުން ހުޅުވޭއިރު އާ ޖީލެއް ފުރިހަަމަ ތަރްބިއްޔަތާއި އެކު ބިނާ ކުރުމަށް ޓަކައި އެބަޖެހޭ ހުރިހާ ސްކޫލް ތަކުގައި އިބާދާތުގެ ބައި އަދިވެސް ކުރިއަރުވަން އެގޮތުން ސްކޫލް ތަކުގެ އެސެމްބްލީ ތައް ފެށޭއިރު ޔާސީން ސޫރަތް ފަދަ ސޫރަތުން ސްކޫލްގެ ހެދުނުގެ ފެށުން ފަށާ އަދި ސްކޫލް ނިންމާއިރު ވެސް ދްރޫދް އިބްރާހިމް ފަދަ ދްރޫދުން ނިންމާ އިންކާރުނުކުރޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ

 6. މޫސަ

  މި އީ ހަމަ އެއ އްވެސް ކަމެ އްގަ އި ވާނުވާ ނޭންގޭ ސަރުކާރެ އް. ސާކި އުލާ ވެސް ފޮނުވަނީ ހަމަ ދުވާލަކު ގޮތަކަށް. ހުޅުވިޔަސް މަގޭދަރި ނުފޮނުވާނަން

  16
  3