އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށެވެ.

އެކުއްޖާ ރޭޕް ކޮށްފައި ވަނީ ހއ.ބާރަށު އަނީސް ހިލްމީއެވެ.

މިއީ ފުލުހުން މިފަދަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަނަވަރު ފަހަކަށް އައިސް ހާމަކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ވިދާޅުވީ އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫންގެ ދަށުން، ތަހުޤީޤުގެ މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުންއެދި، ޕްރޮސެކިއުޓަރ ޖެެނެރަލްގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެކަމުގައި ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށާއި ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މަޢުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ނަންބަރު 3000600 ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ވެސް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފިނިފެންމާ

    މަލެއް ރަގަޅަށް ނުފޮޅެނިސް އޭގެ ފޮނިކޮޅު ބޯގެންދެން އޮވޭ ގޮޅީގަ.

    52
    9
    • ނަދާ

      މަލެއް ރަނގަޅަށް ފޮޅުނަސް ނުޖެހޭ އޭގެ ފޮނިކޮޅު ޙަލާލު ގޮތުގަ ނޫނީ ބޯކަށް...

      41
  2. އިބޫ ސާހިދު

    ހަމަ އޭނަތަ ؟ ސުއްބޫ...

    43
  3. ކިޔުންތެރިއެއް

    އޭނަ ބާރަށުން ދިޔައީ ކަޅުއޮއް ފުންމި ބޯޓުން، އެދިޔަ ގޮތަށް ގޮސް އޭނަ ވަނީ އެކުއްޖާ ގޮވައިގެން ގެސްޓު ހައުސް އަށްތަ؟ ތިޔަ މައްސަލަ ރަނގަޅަށް ތަހުޤީޤު ކުރޭ. ތީގަ އެބައުޅޭ ހަމަނުޖެހޭ ވާހަކަ ތަކެއްވެސް.

    51
    3
  4. ތުކައްޒިބާން

    ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެން ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ އިންކާރުކުރަނީތޭ..

    37
    1
  5. ތުކައްޒިބާން

    ކުއްޖާ ރޭޕްކުރީ ގްރޫމް ކޮށްގެން ކަމަށްވާނަމަ މިއޮތީ ފުރަތަމަވެސް މަގްސަދަކަށް ކުޑަ އަންހެން ކުއްޖެއްގެ އިއްފަތް ފޭރިގަންނަން މަގްސަަދު ކަނޑައަޅައިގެން އެމަގުން މި ކަން ކޮށްފައޭ ކުޑަ އިންކާރުކުރަނީތޭ...

    29
    1
  6. ސީޕީ

    ތީ ތުހުމަތު ކުރެވޭ މީހާތަ ނޫނީ ހަމަ ރޭޕް ކުރި މީހާތަ؟

    38
    1
  7. ހިޔާލު

    ކުޑަ ކުދިންނާ ބެހުމުގެ ކުއް ސާބިތު ވެފަ ތިބި މީހުންގެ ވަނަވަރު ބެލޭނެ ވެބްސައިޓެއް ހަމަޖެހުން ވަރައް މުހިއްމު. އޭރުން އެކަހަލަ މީހުނާ މެދު ސަމާލުވާން ފަސޭހަ ވާނެ.

    57
    • އަލިޔާމެރިޔާ

      އެމީހުން ހޯދާ ސަމާލުވުމަށްވުރެ އަމިއްލަދަރިންނަށް ރަނގަޅުތަރުބިއްޔަތުދީ ބެލެހެއްޓުން ކިހިނެއްވާނެ

      18
      4
  8. ވާންޗޯރ

    ހއ. ބާރަށޭ ބުނީމަ ހަމަ ޕަކަޕަކަޕަ އަޅާފަ ހިނި އަންނަނީ، އެއުޅޭ ޝިފާޒްގެ ރަށް ވީމަ، ތިސޮރު ހައްޔަރުކުރާނީ ބަރަނިފަށެއް ޖަހާގެންހެން ހީވާތީ. ނޫންނަމަ ހޯރައިއްބެ އަށް އެހެނެއް ނުވީސް.

    54
    3
  9. ފައިކިލާ

    މަ ސުކޫލުގަ އުޅެނިކޮށް އެތާ ޓީޗަރުން މަށް ޖިންސީ ގޯނާކުރި.

    31
    2
  10. މަ

    އޭނާ އެކަން ކުރި ނަމަ ހަރުކަށި އަދަބު ދޭން ޖެހޭނެ. އަހަރެން ވަކި މީހަކު ދިފާއު ކުރަނީ އެއް ނޫން. މީގަ ވިސްނާލަން ޖެހޭ ކަމަކީ ކުށެއް ނެއް މީހުންގެ ބޮލުގަ ވެސް ރޭވިގެން ތުހުމަތު އަޅުވާފަ އެބަހުރި. ކުއް ސާބިތު ނުވަނީސް މިހެން ފޮޓޯއާ ވަނަވަރު ހާމަ ކުރުމުން ކުއް ނުކުރާ މީހަކު ވިޔަސް ވެސް މުޖުތަމައުގަ ލޭބަލް ވެގެން ދަނީ ވަރައް ގޯސް މީހެއްގެ ގޮތުގަ. ހަމަ އެގޮތައް ކުއް ނުކުރާ މީހަކައް ބަޔަކު ޖިސްމާނީ އަނިޔާ ވެސް ކޮއްފާނެ.

    69
    8
  11. މަރީ

    އެ އަންހެން ކުއްޖާ އެބަބުނޭ އެކަން ކުރީ އެ ފިރިހެން މީހާއޭ. ދެން ކުއްކުރި މީހާ ކުށެއް ނުކުރާކަމަށް ހަދަންވީ ޝައްކުވަނީޔޭބުނެފަ. ތިކަން ކުރި މީހާއަށް އެއްމެ ހަރުކަށި އަދަބެއްދިނުމަށް ދަންނަވަން.

    13
  12. ހރ

    ކޮބާ ހޯރަ އިއްބެ؟؟؟؟؟؟؟؟؟؟؟؟؟ލދނ އެމްޑއެން ހަމީދު އިސްތިއުފާ

    14
  13. ދެރަކަމެއް

    ތިމީހާ ޤައުމަށް ފަޞީޙަށް ކުރީމަ އޭނަކުރު ކުށަށް އަދަބު ލިބުނީކަމުގައި ނުވާނެ

    10
  14. ޢްލިި

    ކޮބާތަ ކުއްޖާގެ މަންމަ

    10
  15. އިބިލީސް

    މީއަނެއްކާ ކިހާވަރެއްގެ ހިޔާބޮޑުގަހެއްގެދަށުގަހުރި މީހެއްބާ

    11
  16. ޯއޯކޭ

    ގެސްޓު ހައުހޭ ކިޔައިގެން ކުދިކުދި އަވަން ކަހަލަ ތަންތަން ހަދައިގެން އެތާ އުޅެނީ ބަންގާޅީން. ޑިހަ ބާރަ ދުވަސް ވާއިރުވެސް ދިވެއްސަކު އުޅޭ ތަނެއް ނުފެނޭ

    16
  17. ސ

    ސިޔާސީ ގޮތުންމަންފާ ހޯދުމަށްޓަކާ އެއްވެސް މީހެއްގެ އަބުރު ކަތިލެވިގެން ނުވާނެއެވެ.

    9
    1
  18. ބެއްޔާ

    ޕޮލިހުންގެ ތަހުގީގު ނިމޭއިރު އޮންނަނީ ދައުވާކުރެވޭ ވަރަށް ހެކި ނުލިބިފަ. ނޫނީ ޤާނޫނެއްގެ ބުނާ މުއްދަތު ކޮންމެވެސް ހިސާބަކުންހަމަވެފަ ނޫނީ މުހިއްމު ފަރާތެއްގެ ބަޔާންނުނެގިފަ. ދެން އެމީހާގެ މައްޗަށް ސާބިތުނުވެގެން ދޫކުރަންޖެހޭނީ. ތީ ޕޮލިހުން ގަސްތުގައި ހިންގާ ޖަރީމާތަކެއް. ޕާޓީ ކުދިންކޮޅު ޤާނޫނުގެ މަތިން ސަލާމަތްކުރަނެ.

    8
    1
    • ސަލާމްބެ

      ހަ އްދަވާ ގެންގުޅު އްވާ އަޅަމެންގެ ވެރިރަސްކަލާކޮ ..އަޅަމެންނަ އް ތެދުމަގުދަ އްކަވާށި. އަދި އަޅަމެންގެ ދަރީން ހެޔޮގޮތުގާ ބަލާބެލެހެއްޓުމުގެ މަގު އިނބަކަލާންގެ ތަނަވަސް ރަހުމަތުން އަޅަމެންނަ އް ފަހިކޮށްދެ އްވާށި އާމީން

  19. Anonymous

    މާތްވެގެންވާ އިސްލާމް ދީނުގަ އި ފިރިހެން ދަރިންނަށް ވުރެ އަންހެންދަރިން ބެލުމުގެ ޒިންމާ ބޮޑުކަން ވަނީ އަންގަވާފަ އި. އަންހެން ދަރިފުޅު ޢިތްފަތްތެރި ކަމާ އި އެކު އަލަތު ފިރިމީހަޔާ އި ޙަވާލު ކުރުމަކީ މަ އިން ސުވަރުގެ ވަ އްދަވާ ސަބަބެ އް ކަމުގަ އިވޭ. މަ އިންބަފަ އިން ދަރިންނަށް ސަމާލުވޭ. ﷲ އަޅަމެންނާ އި ޙަވާލުކުރެ އްވި އަމާނާތް ރަ އްކާތެރި ކުރަމާ. ކުށްވެރިންނަށް ދީނުގަ އިވާ އެންމެ ހަރުކަށި އަދަބު ދެ އްވާ. މުޖުތަމަޢު އަމާން އަމާން ތަނަކަށް ހެދޭނީ އޭރުން

  20. އަހުމަދު އަހުމަދު ކުނި ކާށި

    ތި މީހާ މިދޭތެރޭން ވެމްކޯގައިވެސް އުޅުނު އެއޮއްބޮޑުމީހާ އެވަރު ކުޑަ ކުއްޖަކަށް އެހެން ހަދާއިރު ހާދަ އަނިޔާއެއްލިބޭނޭ ހާދަ ވޭނެއް އިހްސާސް ކުރާނެޔޭ ހިތެއްވެސް ނެތީ ކަންނޭގެ އެމީހާ އަކީ މާ މާ ހުލްގު ރަގަޅު ކަމަށް ހެދިގެން އުޅޭ ވަރަށް ގިނައިން މިސްކިތައްވެސް އަރާ ވަރަށް މަޑުން ހުންނަ މީހެކޯ ގިނަ މީހުން ބުނީ ތިމަންނަމެން ހިތައްވެސް ނާރަޔޯ އޭނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ގިނަ ކުށް ކުރާ މީހުން އުޅެނީ އެގޮތައް މާ ހިތް ހެޔޮ މަޑުމައިތިރި ބަޔަކަށް ވެގެން މިމައްސަލައިގާ އެކުއްޖާގެ މައިންބަފައިގެވެސް އިހުމާލު ބޮޑު އެވަރު ކުދިން އުޅޭ ނޫޅޭ ގޮތްބަލާ ދާ ތަންތަނާ އެކުވެރިންނަކީ ކޮންބަޔެއްތޯ ބެލުމަކީވެސް ކުރަންޖެހޭނެ ކަމެއް ކުކުޅު ހާ ފޯރިއެރީމަ ދުއްވައި ގަންނަ އުސޫލުން ދުވެގޮސް ދަރިން ތަކެއް ހޯދަން ހެޔޮނުވާނެ ނުބަލަންޏާ ދަރިން ނުހޯދާ 'ވަރަށް ގިނަ މައިން ބަފައިން ޖަޒްބާތު ހިހޫ ކޮށްލުމަށް ޓަކައި މަޖަލަކަށް ކުރާ ކަމެއްގެ ގޮތުގައި ދަރިން ހޯދާ . ކުރޯނާ ވައިރަސް އަށް ވުރެވެސް މިފަދަ މައިން ބަފައިން މާ ނުރައްކާ މިފަދަ މައިން ބަފައިންނަށްމައިންބަފައިންގެ ހައްގު ތައް އެގޭނެ އެކަމަކު ދަރިންގެ ހައްގުތަކުގެ ވާހަކަ އެއްގޮތަކަށްވެސް ނޭގޭނެ މިފަދަވައިރަހުން ދިވެހި ރާއްޖެ ސަލާމަތް ކުރައްވާ މައިން ބަފައިންނަށް ހެޔޮ ވިސްނުން ދެއްވާށި ކުޑަކުދިންނާ ބެހި އުޅޭ މީހުންގެ ބާރު ދައްކުރައްވާ ބަލި ކަށި ކުރައްވާ އެމީހުންނަށް އެކަހަލަ ފާހިޝް ކަންތައް ކުރުމުގެ ކުޅަދާނަކަށް ނުދެއްވާންދޭވެ ދިވެހި ސަރުކާރަށް އިދިކޮޅު މީހެއްގެ ހައިސިއްޔަތުން މަރުހަބާ ކިޔާ ޝުކުރު އަދާ ކުރަން އެމީހާގެ ވަނަވަރު މީޑިޔާ އާ ހިއްސާ ކުރީތީ ޕަބްލިކަށް އެމީހާ އޮޅުންފިލުވަދިނީމަ ނޫސް ވެރިންނަށްވެސް ޝުކުރިއްޔާ

  21. ދިވެއްސެއް ވީމަ ބުނަމޭ

    ކަލޭގެ މަންމަޔަށާ އުހުތުންނަށް އަދި އަބި ގޮއްޔެ އަށްވެސް އަންހެން ދަރިންނަށްވެސް ހުރި ބޮޑު ލަދަކަށް ކަލޭ ވެއްޖެ އައްޗީޑި . އަނބި ގޮއްޔެވާ ކެއްތެރި. އެކަމަކު މަބުނާނީ އަނބި ގޮއްޔެ މިކަހަލަ މުޑުދާރު މީހުންނާ ދުރުވުން މާ ރަނގަޅުވާނޭ އެސޮރުގެ ދަރި އެއްވަރު ކުއްޖެއް އެނޮޅާލައިގެން ކާލީ އެހެންނު

  22. ގަހަހަ

    ފިލައިގެން ނިކުތް ބަންގާޅު ބޭފުޅާގެ ފޮޓޯއެއް ހަމަ ނުޖެހުނު .އެހާ ބޮޑަށް ހަމަ ދަށުވީތަ؟؟؟؟؟؟