ކައިވެނީ ހަފްލާތައް ޑިޒައިންކޮށްދީ ތައްޔާރުކޮށްދޭ މަޝްހޫރު "މެރީމީ ބައި ވައިޓް ރޫމް" ގެ ފަރާތުން އެކަމަށް ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

ރޭ ވިލެޖް ކޮފީސް އެންޑް ޓީސްގައި ބޭއްވި ހަފްލާގައި މި ވެބްސައިޓް ލޯންޗްކޮށްދެއްވީ ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ.

މެރީމީ އިން ބުނީ، މި ވެބްސައިޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެޑިންގ ޑެކަރޭޓްކޮށްދޭ ބަޔަކު މިފަދަ ގޮތަކަށް ހެދި ފުރަތަމަ ވެބްސައިޓް ކަމަށެވެ.

މި ވެބްސައިޓު މެދުވެރިކޮށް ކައިވެންޏަށް ތައްޔާރުވާ މީހުންނަށް ވަރަށް ފަސޭހައިން ކައިވެނީގެ ހަފްލާ ރާވާލެވިދާނެއެވެ.

"އަސްލު ގިނަ ކަސްޓަމަރުނަކަށް ނޯވޭ ވަގުތެއް ކަމާކަންފަށާ މީޓްކުރަން އަންނާކަށް، މީތި ލޯންޗްކުރީމަ އެފަސޭހަ ލިބިގެން އެބަދޭ. މި ވެބަސައިޓުގަ މީހުން ޖެހޭނީ ފޯމެއް ފިލްކޮށްލަން. އޭގައި އިންނާނެ އެ މީހުން ބޭނުންވާ ސާވިސްތަކާއި އެ މީހުން ބޭނުންވާ ތީމާއި އެ މީހުންގެ ބަޖެޓާއި އަދިވެސް އެމީހުން ބޭނުންވާ މައުލޫމާތު އެޓޭޗްކޮށްލާފައި ފޮނުވާލަންވީ". މެރީމީގެ ފައުންޑަރ އަދި މަޝްހޫރު ފޮޓޯގްރަފަރ ނަސްރު ބުންޏެވެ.

މެރީމީ އިން ކުއްޔަށް ދޫކުރާތަކެއްޗާއި، އެތަކެތީގެ ސައިޒާއި، ކުލަ އަދި އަގުތައްވެސް މި ވެބްސައިޓް މެދުވެރިކޮށް ވަރަށް ފަސޭހައިން ބަލާލެވޭނެއެވެ. ބޭނުމިއްޔާ ކުއްޔަށް ނަގަންބޭނުންވާއެއްޗިހި ބުކްކޮށް އެއެއްޗިއްސަށް ފައިސާވެސް ދެއްކޭނެއެވެ.
އަދި މި ވެބްސައިޓު މެދުވެރިކޮށް، މެރީމީގެ ފަރާތުންދޭ ހުރިހާ ހިދުމަތްތަކުގެ ތަފްސީލް ފެންނަން ހުންނާނެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ފޭސްބުކް، ވައިބާ، ވަޓްސްއެޕް، އަދި ޓެލެގްރާމް މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް މެސެޖް ކުރެވޭނެއެވެ.

ވެބްސައިޓް ލޯންޗްކޮށްދެއްވުމަށްފަހު މަލީހް ވިދާޅުވީ، ޒުވާނުން މިފަދަ ކަންތައް ކުރުމަކީ ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މީގެން ދައްކުވައިދެނީ ޒުވާނުން ވިޔަފާރިތަކަށް އަހުލުވެރިވަމުންދާކަންކަމަށްވެސް މަލީހް ވިދާޅުވިއެވެ.

"ނަސްރު އަކީ މި ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ތަރިއެއްކަމަށް ފާހަގަކޮށްލަން. އެއީ ނަސްރު ފޮޓޯގްރަފީގެ އިތުރުން އެއާ ގުޅުން ހުރި އެހެން ދާއިރާއަކަށް ވަނުން ވެގެން ދަނީ ކާމިޔާބު ވުމަށްޓަކައި އެއްކަމަކީ ރަނގަޅު ޕްލޭނެއް އޮތުމާއި، ބުރަކޮށް މަސައްކަތް ކުރުން އަދި ރަނގަޅު ހިދުމަތެއް ދިނުން". މަލީހް ވިދާޅުވިއެވެ.

ވެބްސައިޓް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތީ ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭ ތަނެއް. އަދި އެހާމެ ރީތިކޮއް މަސައްކަތް ކުރާތަނެއް! އަޅުގަނޑު ވަރައް ހިތްހަމަ ޖެހޭ މިތަނުގެ ޚިދުމަތާ ދޭތެރޭ.

  2. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  3. މެރީމީ ބޭނުންކޮށްގެން އިންނާނެ ބައިވެެރިއެއް ނޫންތަ ހޯދައިދެނީ. ނަމާއި ބޮޑަށް ގުޅެނީ އެގޮތާ ދޯ؟ އަނެއްކާ ހުސްތަ؟