އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރަށް ފަށަައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ މީގެ ކުރިންވެސް އެ ހޮސްޕިޓަލުގައި ހުރި ޕީސީއާރު މެޝިނާއި އެކްސްޓެރެކްޓަރާއި އެކު، ޓެސްޓު ކިޓުތައް ލިބުމުން މިހާރު އެ ހޮސްޕިޓަލް އޮތީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފުރިހަަމައަށް ތައްޔާރަށެވެ.

މިހާރުވެސް އިތުރު އެކްސްޓްރެކްޓަރަކާއި ޕީސީއާރު މެޝިނެއް އައްޑޫ އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އަށް އައްޑޫގައި ޓެސްޓު ކުރުމަށް ބޭނުންވާ ޕީސީއާރު ޓެސްޓު ކިޓުތައް މިއަދު ވަނީ އެ ހޮސްޕިޓަލަށް ލިބިފައެވެ.

މިއީ އަތޮޅު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެެއްސި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިހާރު ކޮވިޑް-19 އަށް ހަމައެކަނި ޓެސްޓް ކުރެވެނީ އައިޖީއެމް ހޮސްޕިޓަލާއި، އޭޑީކޭ އާއި ފުލުހުންގެ ލެބޯޓްރީގައެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ އިރު އެތަނުގައި ފަހަރަކު 45 މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި މިދިޔަ ހުކުރު ދުވަހު ކޮވިޑް-19 އަށް މީހަކު ވަނީ ފައްސިވެފައެވެ. އެއީ އީކުއޭޓަ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޯކު

    ??

  2. ކޫލް

    ކޫލް. ?