ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ފުރައްސާރަ ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވަހީދު، ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް ހެނދުނު 7:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. އެމްޑީޕީގެ އެކްޓިވިސްޓު ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވި ގޮތުގައި އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަށް އެ ހަޑި އަމަލު ފެންނާނެއެވެ.

ވަހީދުގެ ޓުވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފުލުހުންނާއި އެމްއެންޑީއެފާއި ހިއުމަން ރައިޓްސް ވޮޗާއި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގް ކުރައްވާފައިވެއެވެ.

ފެބްރުއަރީ 7، 2012 ވަނަ ދުވަހު، ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ވަހީދު ހުންނެވީ ނައިބު ރައީސަކަށެވެ.

ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ "ބަޣާވާތް" ކުރައްވައިގެން ކަމަށް އެމްޑީޕީގެ ސަޕޯޓަރުން އަބަދުވެސް ދިޔައީ ބުނަމުންނެވެ. އެކަމަކު، ވަހީދު އޭރު ވެސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް ބަޣާވާތެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ނާދިރާ

  މޑޕ ގަ އުޅޭނީ މުޅިންވެސް ތަޅާފޮޅާ އަދި އެކަމަޤ ހިތްަރުދޭ މީހުން.

  83
  3
 2. ާައަހުމަދު

  ތިޔައްވުރެ ރަނގަޅުވާނެ މީހުންގެ ޅަދަރީން ރޭޕްކޮއް ހަދާއިރު އެމައްސަލަތަށް އަވަހަށް ބަލާ ނިއްމިއްޔާ.

  35
  15
 3. ބޯގޯސް

  ތިޔައީ ފޫނެއްފަޔައް ފެންފުރުން ފަދަ ކަމެއް އެމްޑީޕީ މީހެއްގެ މައްޗައް ހިނގާނެ ގާނޫނެއް ގަވައިދެއް މި ދިވެހި ދިދައިގެ ދަށަ ކުނެތް ދިދައިގެ މަތީގަ ގަހުގަ ތިބޭބައެއް އެމްޑީޕީ މީހުނަ ކީ

  53
  1
 4. މާމީ

  މޯދީ އަށް ޓެގުކޮއްފިއްޔާ ޔަގީން ގެރިއަކުން ހިމާޔައްދޭނެ. ނޫނީ ތިޔަކަހަލަ ކަންްތައް ބަލަން އިންޑިއާ ސިފައިން ވެސް ރާއްޖޭގަ ގެނެސް ތިބޭނެ ހާސްނުވޭ.

  19
  3
 5. ފިލްވް

  ތިޔާ އެކުގަައި ވަހީދު ބަގާވާތް ކުރި މައްސަލަ ވެސް ބަލައި ނިންމައި ހުކުމް ކުރޭ.

  7
  44
 6. ލޯބިވާ ވަޠަން

  މިކަހަލަ ނާތަހްޒީބު އަމަލު ނުހިންގަން ވެއްޖެ މިހާރު ދިވެހިން. އަޅުގަޑަކީ އެމް.ޑީ.ޕީ އަށް ތާއީދުކުރާ މީހެއް ނޫން. އެކަމަކު މި އަމަލާއި އެޕާޓީ އާއި ގުޅުވައިގެން ވާނެކަމަށް ނުދެކެން. މީ ވަކި ފަރުދެއްގެ ނާތަހްޒީބު އަމަލެއް. މިއަށްވުރެ ހޭލުންތެރި އެކަކު އަނެކަކަށް އިހްތިރާމް ކުރާ ބަޔަކަށް އަހަރަމެން ވާން ޖެހޭ.

  12
  31
  • ޕާޓީ

   އެމްޑީޕީގެ އަސްލު ސިފައަކީ ގާނޫނުތައް މުގުރުމާއި ހުޅުޖެހުމާއި އަލިފާން ބޯޅަ އުކުމާއި މީހުންނަށް ފުރައްސާރަ ކުރުމާއި ދޮގުވާހަކަ ފެތުރުން. މިކަމަށް އެންމެ ބޮޑަށް އިއުތިރާފު ވެފައި އޮންނާނީވެސް އެޕާޓީގެ ރޫހާނީ ލީޑަރު. ރޫހާނީ ލީޑަރު ބުނެފައި އޮންނާނެ. ދޮގުހަދަމުން ހަދަމުން ގޮސް ދޮގު ތެދަށް ވަންދެން ދޮގުހަދާށޭ. ވެރިކަން ވެއްޓުމާއެކު މުޅި ގައުމުގައި ބޮޑުހުޅުޖެހި. ތިމާވެށްޓޭ ކިޔާ ގޮވާފައި ކާޅުތައް ހިފައި ހައްޔަރުކޮށްގެން މުޅި މާލޭގައި ދުންއެޅި. ރާއްޖެ ޓީވީއަކީ ދޮގުވާހަކަ ފެތުރުމާއި ފިތުނަ ފަސާދަ ފަތުރަން ހަދާފައި އޮތް ޕާޓީއެއްކަމަށް ސީދާ ރޫހާނީ ލީޑަރު ބުނެފައި އޮންނާނެ. ޕާޓީގެ ސިޔާސަތު ކަނޑައަޅައި މެންބަރުންނަށް އަންގާ ފަރާތުން ހާމަކުރާ މި ކަންކަމަކީ ޕާޓީގެ އަސްލު ސިފަ ނޫންތަ؟

 7. ބޭރުމީހާ

  ރައީސް ޑރ ވޙީދެވެ. ތިމައްސަލަ ބެލޭނީ ކިހިނަކުންތޯއެވެ. ތިޔަމ ވިދާޅުވަނީ އެމްޑީޕީ އޭނޫންތޯއެވެ. އެޕާޓީގެ މީހެއްގެ ޝަކުވާ ކުރައްވަންޏާ 05 ފަހަރު ވިސްނާލަން ޖެހޭނެކަން އެޕާޓީން ވަނީ އިޢުލާން ކޮށްފައެވެ. އެކަން

  41
 8. ކާޅު

  ކާ ކާ ކާ ކާކާކާ

  4
  22
 9. ހަސަނު

  މިހާރުދެން މާރަނގަޅުވާން އުޅޭނެކަމެއްނެތް ބޮޑުބާގީ

  9
  42
 10. ހެހެހ

  އެމްޑީޕީ މީހުން ވަނީ މީނަ އަށް އަނގަބަހުން ރޭޕުކޮށްފަ.

  18
  5
 11. ޔައުގޫބު

  ރޭޕްކުރުމުގެ މައްސަލަތައް ބަލަމުން ދަނީ
  ނުބެލި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމުރުފުޅަށް މެންބަރ ޝިޔާމު މަޖިލީހުން ތަޅައި ބޭރުކުރި މައްސަލަ. އިންސާފު އެންމެންނަށް ހައްގު އިންސާފު އެންމެންނަށް ލިބެންޖެހޭ

  31
  3
 12. ހަމަލާ

  ތަޅާނެ ކުދިމް ކޮޅެއް ހޯދީ އަދި ގޭންގުތަކަށް ހަތިޔާރު ނެތީމަ ކަންބޮޑުވުން ފާޅު ކުރިފަހުން މިފެށުނީ އަދި ހަތިޔާުވެސް ދޭނެ

 13. ސާސާ

  މިމައްސަލަވެސް ބަލަން ޖެހޭނީ ޕާލަމަންޓުން އޭރުން އެންމެ ކަމުދާނީ ހުރިހާކަމެއްވެސް ޕާލަމެންޓުން........

 14. ކާޅޭ

  ކަލޭ ޓްރަންޕް ޓެގްނުކުރީ ކީއްވެގެންތަ

 15. އިބްރާ

  ނުބެލޭނެ. ނުވެސް ބަލާނެ. ބަލާކަށް ނުވެސް ކެރޭނެ. ޖޯރޭގެ ދިފާއުގައި މަޖިލީހުގެ ރައިސް ނުކުންނާނެ.

 16. އެމްޑީޕީ ބުރޯ

  ކީކޭ؟ ކާޅުވަހީދަށް ކާޅެއް ހަމަލާދިނިއްޔޭ؟ ނާހަމަތެދެއް؟ އެހެންނޭވާނީ އަދިވެސް ލޮކްޑައުންގަ މައިތިވެގެން ގޭގަ ނޯވެވިގެންއުޅެންޏާ???

  1
  3
 17. ފިތުނަ

  ގައުމުގެ އިއްޒަތްތެރި ންގެ ކަ ންތައް ވަރަށް އަވަހައް ބެލޭ އާ ންމު ރައްޔިތަކު މައްސަލަ ބެލު ން ވަރަށް ލަސް

 18. ބޭޗާރާ

  ވަހީދު އެކަންޏެއްނޫން. އެމްޑީޕީގެ އެކްޓިވިސްޓުންގެ ދުއްތުރާ ކުރިމަތިނުވާ ބަޔަކު މަދުވާނެ. އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ގޮތެއް ފޮތެއް ހުންނަ ބައެއް ނޫން. ހުރިހާ މައްސަލައެއް ބަލަން އެބަޖެހޭ.

  5
  1
 19. ނޭނގޭ

  ތިކަންވެސް އެހެންކަންކަން ބަލާ އުސޫލުން އެއްޗެއްބުނެލީ، ތިކަން ހަނދާންނައްތާލާ، އެކްޓިވިސްޓެއްގެ މައްސަލައެއް ނުބަލާނެކަން ޔަގީން

 20. ާވަތުބަތާނަ

  ވަރަށްއަވަހަށް ބަލަ ންފަށާ ނެ ދެ ންވާގޮތެއް ނޭ ނގޭ ނެ

  2
  1
 21. Anonymous

  ޖޯރޭ އަށް ޓެގު ކުރިންތަ؟ ޓެގުކުރާތަކަށް ޓެގު ކުރަންވީ. ފެނުނީ ގޮވީ. އައިރިޕީޓް. ފެނުމާ ގޮވުމާ އެއްކޮށް. ފްރީޑަމް އޮފް ސްޕީޗް. ބުރޯ. ގަޔަކު އަތެއް ނުލައެއްނު.

  1
  2
 22. ގައުމު

  އެމްޑީޕީ މީހުން ކިޔާނީ ކުރިމަތީ ގައި. އެހެން މީހުން ކިޔާނީ ފިލާ ތިބެ. ސާބަހޭ އެމްޑީޕީ ކުރިޔަށް ބާރައް.

  1
  1