ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް މިއަދު ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާ ދީފައި ވަނީ އަނގަ ބަހުން ކަމަށް ރައީސް ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. ދެ ބޭފުޅުންނަށް ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންނެވި ވަގުތެވެ.

އެމަނިކުފާނާއި އަނބިކަނބަލުންނަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަަމަށާއި އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަށް އެ ހަޑި އަމަލު ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ހަމަލާގެ ތަފްސީލް ހާމަކުރައްވާ ރައީސް ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރު ކަމަށެވެ.

ރައީސް ވަހީދުގެ ދެކަނބަލުން ކަސްރަތު ކުރައްވަން ވަޑައިގެން އުސްފަސްގަނޑު ސަރަހައްދުގައި އުޅުއްވަނިކޮށް އެމްޑީޕީ އެކްޓިވިސްޓަކު އެ ދެ ބޭފުޅުން ފަހަތުން ގޮސް އަނގަ ބަހުން ފުރައްސާރަކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެންޑީއެފްގެ ބޭފުޅުން ރައީސް ވަހީދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭރު ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި ރައީސް ވަހީދުގެ ދެ ކަނބަލުންނަށް އަމާޒުކޮށް ބަހުގެ ހަމަލާ މީހާ ހުރީ އެ ދެ ކަނބަލުންނާއި ވަރަށް ކައިރީގައި ކަމަށް ބަޔާނުގައިވެއެވެ.

އެކަމަކު، ޖިސްމާނީ އަނިޔާއެއް އޭނާގެ ފަރާތުން ކުރިމަތިވެފައި ނުވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ޖިސްމާނީ ހަމަލައެއް އޭނާގެ ފަރާތުން ކުރިމަތިވެފައި ނުވާތީ އެމްއެންޑީއެފްގެ ބޭފުޅުން ހުރަސް އަޅުއްވާފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފަިއވާ ކަމަށާއި ވަކި މީހަކަށް އަމާޒުކޮށް ހިންގާ، ނަފްރަތުގެ އަމަލު އެކުލެވޭ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ފާޠިމާ ( ލަންޑަން)

    ރައީސް ވަޙީދު ގެ ހަށިފާރަ ވެރިންނަށް ސިފައިންގެ ބޭކަލުން ތިބެ ފުރައްސާރައިގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ދިނުމަކީ ޑިމޮކްރަސީ ގެ ޢަމަލެއް ގޮތުގައި ބަލައިގެންނުވާނެ ކަމުގައި ފެނެއެވެ.

    39
    9
    • ބޯކިބާ

      އަނގަބަހުން ދޭ އުދުވާނީ ހަމަލާ ހުއްޓުވާ ސާމާނު ހުންނަނީ ހަސްފަތާލުގަ. އެއީ ދަތްއުފުރާއިރު އަނގަޔަށް އެޖަހާ އިންޖެކުސަން.

  2. ގަމު މީހާ

    ތިއީ ވަރަށް ދެރަ ކަމެއް...ނަމަވެސް ސުވާލަކީ ޢާއްމު ރައްޔިތު މީހާ އަށް މިފަދަ ކަން ކަން ކުރިމަތިވީމަ ކީއްވެހޭ މައްސަލައަ ކަށް ނުވަނީ....ނިކަމެތިންގެ ޢަބުރެއްވެސް ނެތީތޯ ހަމަ...

    54
    3
    • ފސދފސދ

      ޖަވާބު ވަރަށް ސާފު. އެއީ އާއްމު މީހެއްނޫން

      2
      2
      • Anonymous

        އެއީ ބާޣީ ވަހީދު. ކާޅު ވަހީދު

        2
        1
  3. ގަރަ

    އެސް.ޕީ.ޖީ އަކީ ހަމައެކަނި 'ފިޒިކަލް' ހަމައިން ދިފާއު ކޮށްދޭން ތިބޭ ބައެކޭ؟؟؟؟؟ ތިކަމާ ބެހޭ ލިޔެކިޔުމާ ގަަވައިދު ހޯދަބަލަ. އޭރުން އެނގޭނެ ވަރަށް ގިނަ އެއްޗިހި. އެހެން ވެއްޖިއްޔާ އިހުގެ އެހެން ރައީސުންނާ މިހާރުގެ ރައީސް ވެސް އެސް.ޕީ.ޖީން ދިފާއު ކުރާނީ އެހަމައިން ދޯ؟ ތިހުޅުވައިދިނީ ވަރަށް ފައްކާ ދޮރެއް އިދިކޮޅުގައި ތިބި މީހުންނަށް.

    16
    14
  4. ފާޠިމާ ( ލަންޑަން)

    އެމަނިކުފާނުގެ ހަށިފަރަ ވެރިން ތިއްބަވަނިކޮށް ފުރައްސާރަ ކުރުމަށް ފުރުޞަތު ލިބުމަކީ ޑިމޮކްރަސީ ކަމަށް ބަލައި ގަތުމަކީ ހެޔޮވާނެ ގޮތެއްބާ ؟ ސިފައިންގެ ހުށިޔާރުކަން އެފަދަ ޙާލަތުގައި ކުށްކުރާ މީހުންނަށް އެނގެންޖެހެޭނެ އެވެ.

    18
    10
  5. Anonymous

    މަށާ ދިވާމި ނަމަވެސް ހަލޭއްލީމުސް. ކާޅު ވަހީދު. ކޮން އޮފީހަކުން ކޮން ބަޔާނެއް ނެރޭކަށް.

    23
    33
  6. Anonymous

    އެސްޕީޖީ އަކަށް އަނގަޔަކު އަތެއްނޭޅޭނެ. ކާޅު ވަހީދޫ. ލަންބާ ކަޅޭ.

    16
    28
  7. Anonymous

    ބާޣީ ވަހީދު. ކާޅު ވަހީދު. ޑޮކްޓަރު ލަމްބާޑާ. ހަމަ ފެނުނީ ގޮވީ. ކާރެއް، ކަސްރަތެއް، އުސްފަސްގަނޑެއް، ގޭދޮރުމައްޗެއް، އެސްޕީޖީ އެއް ކިޔާނެ ކަމެއްނެތް. ކޮމެންޓު ޖެހިޔަސް ނުޖަހައި ދިނަސް ވަރިހަމަ.

    18
    32
  8. Anonymous

    ކަސްރަތު ކޮށްބަލަ ގޭތެރޭގަ. ބޭރަށް ނިކުންނާތީ އަޑުއިވެނީ. އިވޭނެ އަދިވެސް.

    20
    18
  9. އަސްތާ

    ހަށީފާރަވެރިން ތިއްބަވަނިކޮށް ވަޙިދުގެ ގެ ދެމަފިރި ކަނބަލުންނަށް ތިޔަފަދަ ބޮޑު ހަމަލާއެއްދިނުމަކީ ވަރަށް ވެސް ގޯސް ކަމެއްގެ ގޮތުގަ ސިފަކޮށް އެކަން ކުއްވެރި ކުރަމެވެ. އެއްވެސް މީހަކު ވަހީދުއަށް ޚާއްސަކޮށް އަނބިކަބަލުންނަށް މިފަދަ ހަމަލާތަށް ނުދިނުމަށް ވަރަށް އަސަރާއެކު ގޮވާލަމެވެ.

    18
    12
  10. Anonymous

    ރައީސް ވަހީދުގެ އަނބިކަނބަލުންނަށް ތިޔަ ދިނީ ވަރަށް ބޮޑު ހަމަލާއެއް. ތިކަން ކުއްވެރި ކުރަން. އަދި ވަހީދުއަށްވެސް ދަންނަވަން އެކުން ގިނައިން ކަސްރަތަށް ނިކުމެވަޑައި ނުގެންނެވުމަށް.

    18
    10
  11. ރައްޔިތުމީހާ

    އެމްޑީޕީގެ އިސްވެރިން މިފަދަ ޢަމަލުތައް މި މީހުންލައްވައި ހިންގަނީބާ؟ ސާލިހާ ނަޝީދު ލަދެއްނުގަންނާނެ ޕާޓީކުދިންކޮޅު ތަޅަން، ބަވަން ނެރޭކަށް. މަޖިލީހުގައިވެސް މިވެރިންގެ ފާޑުމީ މިކަންކަން ކުއްވެރިކުރަން

    18
    9
  12. ތިރިބެ

    އަގަބަހުން ހަމަލާދެވޭތަ ، ހިޔާލުފާޅުކުރުމަކީ އަގައިންނާ ގަލަމުންނާ އިސާރާތުންނާ ހަނުހުރުމުންނާ ނޫތާ، ފުރަތަމަ ހަބަތު ފެތުރުނުގޮތުން ހީވީ ތާފޮޅުމެއްކަމައް

    23
    4
  13. ތާކިހާ

    ރައީސްވަހީދަކީ އަހަރެންގެ ނަފްސަށް ވަރަށްބޮޑު ހަމަލާއެއްދެއްވި ބޭފުޅެއް، އެމްޑީޕީ ވެރިކަމުގެ ނައިބްރައީސް ކަމުގައި ހުރެފައި ކަންތައްކުރެއްވިގޮތުން އަދިވެސް އަހަރެން މިއުޅެނީ ބަލިވެ. އަނގަބަހުންނާއި ޢަމަލުން ދިން ހަމަލާއެއް އެއީ އިނގޭތޯ. ދުލުގެ ތޫނުކަން ވަރަށް ނުބައިދެއްތޯ.

    12
    6
  14. އަސްރަފް

    އަގަބަހުން ދިން މިފަދަ ބޮޑު ޙަމަލާ އަކުން ރައީސް ވަހީދުގެ ދެކަބަލުން ސަލާމަތް ކޮށްދެއްވީތީ ﷲ އަށް ޙަމްދުކުރަން. އަދި އެކަން ކުއްވެރި ކުރައްވައި އެމަނިކުފާނުގެ ޙާލު ބެއްލެވިހާ ރައީސުންނަށްވެސް ޝުކުރު ދަންނަވަން. ދުލަކީ އެންމެ ނުރައްކާތެރި ހަތިޔާރު. އެހާ ުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ދިން ޙަމަލާ ތަޙުގީގު ކުރާ ކޮމެޓީއެއް ހެދެވުމަކީ މިވަގުތު ވަޙީދުގެ ދެމަފިރި ކަބަލުންނަށް ކޮށްދެވޭނެ އެނެމެ ބޮޑު ކަމަކީ. އަދި އެ ހަތިޔާރު ބެނުންކުރި ފަރާތުން ދެވެނަ ފަހަރަށް އެހާ ނުރައްކާތެރި ޙަމަލާއެއް އެހެން ރައީސަކަށް ދިޔަ ނުދިނުމަށް އޭނަގެ ދޫ އަބަދާ އަބަދަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކުރުމާ އެކު އެމީހާއަށް ދޮހޮއްކޮބެއަށް ހެދިގޮތަށް ހަދަން ފެނޭ. ބަޢާވާތް ކުރި ދުވަހުވެސް މީނަ އުޅުއްވީ ކަސްރަތެއްގަ. އެހެންވެ އަންނި ގުޅުމުން ފޯނުވެސް ނުނެގުނު. ކަޅޭމެން ހީ ނުކުރާތި އެމްޑީޕީ ކުދިން ތިބީ ނިދަންކަމަށް. އެދުވަހުވެސް އަދި މިއަދުވެސް އެމްޑީޕީ ކުދިން ތިބޭނީ ހޭލާ.

    6
    14
  15. މީރާ ބޯއީސް

    ރައީސް މާފުކުރައްވާ އޮޅިގެންލިޔެވުނީ ރައީސް. ވަހީދު އެބަޖެހޭ ބަޢާވަތްކުރީތީ މަޢާފަށް އެދެން

    4
    1
  16. އޮޑި

    މިނާއަށް ޙަމަލާ ދިނީ އަގަބަހުންނޭ. ހައް ހައް ހައް އަގަ ބަހަކީ ހާދަހާ ވާ ވޭންދެނިވި ހަތިޔާރެކޭ. އެހެން ވެއްޖިއްޔާ މިދެކަބަލުން އަތުގަވެސް މިހަތޔާރު އޮންނާނެ ދޯ؟

    4
    1
  17. ސީނު

    ކީކޭތަ މީނަ ޓްވީޓްކުރި އެހެން ޤައުތަކުގެ ރައީސުން ވިދާޅުވީ. ކުއްވެރިއެއް ނުކުރައްވާތަ. ރާއްޖޭގައި ތިބި ގަމާރުން ވަގުތުން ތެޅިބާލައިފި. ބަލަ މައުމޫނު ވެސް މީހާދަ ހެއްވާ ބޭފުޅެކޭ. މައުމޫނަށް 2008 އިން ފެށިގެން ހުރިހާ ބަހަކުން ދިން ޙަމަލާ ދިން އިރު ހިތަކަށް އެއްބަހެއްވެސް ނައަރާ. އެކަމަކު މިހާރު ކަޅޭ ޓްވިޓެއް ކުރައްވާ އިރަށް އެކުއްވެރި ކުރީ. މީނަގެ ދަރިންކޮޅުވެސް އަގަބަހުން ބުނަން ބޭނުން އެއްޗެއް ބުލެލަ ބުނެލާ ތިބީ. ޖަލަށް ލީމަވެސް ހަމަލާ ދިނުމަކަށް ހުއްޓުމެއް ނައަި ގައިމު. ހާދަ ހަނދާން ބަލި ކުދިންކޮޅެކޭ މީ.

    3
    2
  18. މާމީ

    ހޭލާ ތިއްބާ ދޯ އިސްތިއުފާ ދިނީ.

  19. އަހުމަދު

    އެއްލޯ ޖައުފަރު މިދިޔަ ޑިސެމްބަރު މަހު އޮކްސިޖަން ކައިރީ ފޮޓޯ ނަގަން އުޅެފައި އޭނާއަށް ފޮޓޯ ނަގަން އުނދަގޫ ވަނީއޭ ކިޔާފައި މީހެއްގެ ލޯމަތީގައި ޖަހާ ފަޅާލި އެމައްސަލަ ވެސް ފުލުހަށް ހުށަހެޅުމުން ނުބެލި.. އެމީހާގެ ލޯލަށް ފަރުވާ ކުރަންޖެހުނީ އިންޑިޔާއިން ފަޅާލި ލޯމަތީގައި ބޮޑުލަކުނެއްވެސް ހުރި މިހިރީ ކަންކަން ވާގޮތް ވަރު ހުރި މީހަކާއި ޖެހިގެން އެއްލޯ ޖައަުފަރު މައިތިރި ވާނީ ކުރިން ވެސް މީހާކަާ މާރާމާރި ހިންގައިގެން އެއްލޯ ދިޔައީ ....

    1
    1
  20. މަބޫ

    ބަޔަކު މީހުނަށް ހަޖަމު ވިއަސް ނުވިއަސް ރައިސް ވަޙީދަކީ ފަހުގެ ތާރީޚުގައި މިރާއްޖޭގައި ވެރިކަންކުރެއްވި އެންމެ ހެޔޮ ދެވެރިންގެ ތެރެއިން އެއްބޭފުޅެއް. ރާއީސް ޔާމީނަކީ އެފަދަ ދެވަނައެއް ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނިފައިނުވާފަދަ ބޭފުޅެއް. އަދި އިންޝާﷲ މިރާއްޖޭގައި ވެރިކަންކުރެއްވުމުގެ ފުރުޞަތު އެމަނިކުފާނަށް ދެއްވާށި!

  21. ޚކ

    ޙަމަބަަގިިި.ހަމަ