ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބުކަނބަލުން އިލްހާމް ހުސައިން އަށް ފުރައްސާރަކުރި މައްސަަލަ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުށްވެރި ކުރައްވައިފިއެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ވަހީދަށާއި، އެމަނިކުފާނުގެ އާއިލާއަށް ރައްކާތެރިކަން އެދޭ ކަމަށެވެ.
Raajjeyge kureege Raees @DrWaheedH aai emanikufaanuge aailaa ah furihama rakkaarherikamah edhen. Emanikufaanaa dhekolhah hingi naa thahuzeebu amalu kuhverikuran. Adhi e massala thahuqeeqkoh fiyavalhu alhan jeheykamah dheken.Dr. Waheed aki Raajje dhuh aguhuri Shakhsiyyatheh! pic.twitter.com/tquDJPKqbU
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 14, 2020
އަދި އެމަނިކުފާނާއި ދެކޮޅަށް ހިނގި ނާތަހުޒީބު އަމަލު ކުށްވެރިކުރައްވާ ކަމަށާއި، އެމައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވަނީ ވަހީދަކީ ރާއްޖެ ދުށް އަގު ހުރި ޝަހްސިއްޔަތެއް ކަން ސިފަ ކުރައްވައިފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ވަހީދު، ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް ހެނދުނު 7:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. އެމްޑީޕީގެ އެކްޓިވިސްޓު ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވި ގޮތުގައި އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަށް އެ ހަޑި އަމަލު ފެންނާނެއެވެ.
ސުރުހީ އަކަށް އެރު ން 2023 ގެ ތައްޔާރީތައް. ޢިލްމުވެރިޔެކޯ މީ. ޢެކަމް އެކްޓިވިސްޓް އެއް އުޅޭ ވައްތަރައް އުޅެވެ ނީ
ސާބަހޭ. އިލްމުވެރިން ވެއްޖެއްޔާ ހަމަ އެކަނި ދީނީކަންކަމުގަތަ ބަސްބުނެވެނީ. ރަނގަޅު ނުރަނގަޅު ކަންކަމުގަ އެންމެންނަށްވެސް ބަސްބުނެވޭނެ. ދީނީކަންކަމުގަ ވެސް އެއްޗެކޭ ބުނެފިއްޔާވެސް ސަލާމަތެއް ނޯވޭ. ތިމީހުންނަށް އެކައްޗެއްވެސް ނޭގޭ އިރުވެސް ތިމީހުންގެ ލީޑަރުންނާ(އަންނި، ޔާމީން) ދިމާލަށް އެއްޗެކޭ ކިޔައިފީޔާ ތިމީހުންވަރުގެ އިލްމުރިވެނިންނެށް މިދުނިޔެއަކުވެސް ނުތިބޭނެ. އެހެޔޮ ރަނގަޅު އެއްކަން ނުކުރިޔަސް
ބަޤާވާތުގެ ބައިވެރިންނަށް ވަރަށް އަސަރު ކުރާނެ. ފުރަތަމަ ޓްވީޓް ގައި ބުނީ ހަމަލާ ދިނީއޭ. ދެން ބުނީ ހަމަލާ ނުދެއޭ އެއްޗެހި ކީއޭ؟ ދޮގުހަދައިގެން މުޖުތަމާއުގައި ބައިބައިވުން އުފައްދައި ފިތުނަފަސާދަ އުފައްދަން ވަހީދު މަސައްކަތް ކުރި މައްސަލަ ބަލަންޖެހޭނެ.
މައިބަދަބިނދިގެން އިނގިރޭވިލާތުގަ ގޮނޑިދުއްވިކަންތާ ފެބް8ގަ ދައުލަތުގެމުދަލަށް ގެއްލުންދިންކަންތައްވެސް ތަޅާނެކުދިންކޮޅެއްހޯދައިގެން މަޖިލިސްތެރޭގަ އެކުރިކަންތައްވެސް ބަލަންވާނެދޯ؟
ބަޣީ ވަހީދޭ ގޮވައިގެންތަ ފިޔަވަޅު އަލަނި. ސަހީމު ކަލޭގެ ކިޔާބަލަ. ގޮވާނަން. ގޮވާނަން، ގޮވާނަން. ފިޔަވަޅެއްވެސް ނޭޅޭނޭ.
ކަލޭ ކަންކަމަށް ތިޔަ ގޮވާލަމުން ހިނގަނީ ކޮން ހައިސިއްޔަތަކުންތަ؟
ސަހީމޫ. ކަލޭ ކިތޭވަރށް އުޅުނަސް އަދި 2023 ހުގަ ހަލެއަށް ވޯޓެއް ދޭނެމީހުން ގެ އަދަދު %5 ވެސް ހަމަނުވާނެ. އަދި ހަމަ ޓުވީޓުން ފޭސްބުކުން ނޫހުގެ ސުރުޚީން ހިފަހައްޓަން ޖެހޭނީ. ބާޣީ ވަހީދަށް ސަލަމް. އެއްކަމެއްވެސް ނުކުރެވޭނެ ބާޣީ ވަހީދު ގޮވައިގެން.
އާނ ފަހެ. ކަންތައްތައް ވާނީ ލާދީނީ ނަޝީދު ގޮވައިގެންތާ ދޯ؟
ކޮންމެކަމަކަށް ޝަހީމު ނުބޭނުނަސް ފުދޭ..
ޝަހީމުވެސް އެމްޑީޕީއާ އިދިކޮޅަށް އެއްޗެއް ބުނަންވެއްޖެޔާ ހުންނާނީ އެންމެ ކުރީ ސަފުގަ. ޝޭޙަކަށްވެ ހުރެ ދީނީ ކަންކަމުގަ ހައްޕު ކިޔައިގެން ހުރޭ