ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރީ ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.

ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި ބޭސްފަރުވާއަށް ލުތުފީ 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވުމުން މިދިޔަ އޭޕްރީލް މަހާ ހަމައަށް ފިލައިގެން އުޅެނިކޮށް، އޭނާ ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އޮންލައިންކޮށް ބޭއްވި އިރު، ލުތުފީ ހާޒިރުކޮށްފައި ވަނީ ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު އިންނެވީ ކްރިމިނަލް ކޯޓުގައެވެ. ދައުލަތުގެ ވަކީލުން ގޭގައި ތިބެގެން އަޑުއެހުމުގައި ބައިވެރިވިވެޑައިގެންނެވި އިރު، ޝަރީއަތް އާންމުކޮށް ހުޅުވައިލުމުގެ ގޮތުން އެ އަޑުއެހުން ބެލުމުގެ ފުރުސަތު އެކަމަށް އެދުނު މީހުންނަށް ވެސް ކޯޓުން ދިނެވެ.

ލުތުފީ ފިލި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނީ.

ޝަރީއަތް ފެށުނުތަނާ ހެން، އަލީ ރަޝީދު ވަނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ލުތުފީގެ އިއުތިރާޒެއް އޮތްތޯ ސުވާލު ކުރައްވައިފައެވެ. އަދި އެކަމުގެ ޖަވާބުގައި ލުތުފީ ބުނީ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

މައްސަލާގައި ލިޔުންތައް ލިބިފައިވޭތޯ ކަށަވަރު ކުރުމަށް ފަހު، ގާޒީ ވަނީ ލުތުފީ އަށް ވަކީލަކު ބޭނުންވޭތޯ ސުވާލުކޮށްފައެވެ. އަދި ޖަވާބުގައި ލުތުފީ ބުނީ ވަކީލަކު ބޭނުންވާ ކަމަށެވެ.

"އެކަންތައްތަކަށް އަޅުގަނޑަށް ފުރުސަތު ހޯއްދަވައި ދެއްވުމަށް ވެސް ދަންނަވަން،" ޖަލު ހެދުމުގައި ހާޒިރުކޮށްފައި އިން ލުތުފީ ބުންޏެވެ.

ލުތުފީ ފިލި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށާނެ

ގާޒީ އަލީ ރަޝީދު ނިންމެވީ ވަކީލަކު ހޯދުމަށް 10 ދުވަހުގެ ފުރުސަތެއް ލުތުފީއަށް ދޭށެވެ. އަދި ވަކީލަކު ހޯދުމަށް ފޯނު ކޯލް ދިނުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގަން ވެސް ގާޒީ ނިންމެވިއެވެ.

ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ދައުވާކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.

ލުތުފީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު ގާނޫނުލް އުގޫބާތުގައި އެކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެންމެ ކުޑަކޮށް ދެވޭނީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބެވެ.

ލުތުފީ ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން އޭނާ ވަނީ މިދިޔަ އަހަރުގެ މެއި މަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގޮސް ހިމާޔަތައް އެދިފައެވެ. އޭނާ ސަރުކާރުގެ ހިމާޔަތައް އެދުނީ ވިސާ ނެތި ސްރީލަންކާގައި ދިރިއުޅޭ މީހުން ހައްޔަރު ކުރަން ފެށުމުންނެވެ.

ނޮވެމްބަރ 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ފޮނުވުމުންނެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ މައްސަލާގައި ލުތުފީގެ މައްޗަށް ކޯޓުން މަރުގެ ޙުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އެ އަދަބު އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ފިލުވި މީހު ންނ ނާ މެދުވެސް ދަޢުވާ ކުރަ ންވާ ނެ

  20
 2. ސަމި

  ފިލުވި މީހު ންނ ނާ މެދުވެސް ދަޢުވާ ކުރަ ންވާ ނެ

  17
 3. ހުސޭނުބޭ

  ރަގަޅުވާނެ ޝަރީއަތް ނިމެންދެން މުލިއާގޭގައި އެއް އެދެއްގައި ނިންދަވައިގެން ގެންގެޅެގަ! ލޮލް!

  10
  1
 4. ކެނެރީކިސްތާން ޕްރެސް އެޕިސޯޑު 2

  ބުއްޅަ އާ ލުތުފީ އަކީ ޙަޤީގަތުގަވެސް ވަން ބްލަޑް ބްރަދާސް
  ބުއްޅަމެން ލުތުފީދެކެ ވާ ލޯތްބެއްގެ ސަބަބުން އެހެންވެގެން 4 މަހަށް ޖަލަށް ލާފަ މިނިވަންކުރަން އެތެޅިގަަންނަނީ.
  ލުތުފީ ހިތް އެދޭހާ ކަމެއް އޭނަގެ ކޮއްކޮ ކިނބޫ ކޮށްދޭން އެހުރީ ތައްޔާރަށް ވިއްޔާ
  ކިނބޫ ރައްޔިތުން ހައްދާލަން ވެގެން ލުތުފީ ދެކެ ރުޅި އާދެޔޭ ބުނީ ، އަސްލު ކިނބޫ އޭނާގެ ހިތުގައި ބޮޑުބޭބެ އަށް ޙާއްސަ ލޯތްބެއް ދޭ ، ރާއްޖޭގައި އުފެދުނު އެންމެ ނުރައްކާތެރި ޑްރެކިއުލާއަކީ ހާޖަރާގޭ ބަޑިބާޢީ ލުތުފީ ކަމާމެދު ޝައްކެއްނެތް

  14
 5. ބީރުބޮލް

  ފިލިކަމަށް ސާބިތުވާނެކަމާމެދު ސުވާލުއުފެދެއި.

  15
 6. ނަސީދު

  ޢަންނިފޮނުވާ

 7. ކިހާދެރަ

  ފިލީތަ؟ ފިލުވީތަ؟

 8. ޅުތު

  ތިހިއެއްނުވޭ ލުތުފީ ހެނެއް.. ފުރަތަމަ އޭނަތޯ ބަލަމާ ހިގާ. ޢެހެން ދިވެހިންނައް ޔަގީންތޯ... ވެދާނެ އުޅުމެއްހެން.. ނުބައިމާހެއް ގެނެސްގެން ޑުރާމާ ކުލެނީބާ...

 9. ބެއްޔާ

  މީނަޔައްވެސް ވަކީލުކަންކޮއްދޭނެވަކީލުންވާނެދޯ ކަނޑައެޅިގެން މީ ބާޢީޔެއްކަންއެގޭއިރުވެސް މީނަގެ ދިފާޢުގަ ވާހަކަދައްކާނެދޯ ޢުމުރުދުވަހުގެޖަލުހުކުމެއްގަހުރިމީހަކު ފިލައިގެން ދާނީ އަނެއްކާ އަނެއްރޭވުން ރާވަންވެގެންކަމާމެދު ޝައްކެއްނެތް ތީޢުމުރައްޖަލުގަހުންނަންޖެހޭމީހެއް

 10. ދަރި

  މިކަހަލަ ކޮންމެ ކަމެއް ބަލަނީ ގާޒީ އަލީ ރަޝީދު ތޯ ،،، މިކަމުގައ ފިލުވަން އެހީތެރިވި މީޙުންނަ ދައުވާ ނުއުފުލާތަ.....އެންބަސީގައި ފިލުވު މީހުންނަށް ދައުވާ ނުކުރޭ ކިހާ އިންސާފު ތޯ އިންސާފުގެ މަގުން ހިނގަނީ.....

 11. އިންސާފު

  މީނަ ލަންކާގެ ހައިކޮމިޝަނަށް ދިއުމުން އެއީ ސަރުކާރަށް ފިލައިގެން އޫޅޭމީހެއްކަން އެނގިހުރެ އިތުރަށް ފޮރުވީމާދޯ ގިނަދުވަސްތަކެއް ވަންދެން ހައިކޮމިޝަނުގަ އުޅެވުނީ އޭނަ ފޮރުވިބައެއްވެސް ޝަރިއަތް ކުރިމައްޗަށް ގެނެވޭނެދޯ

 12. ކަރުނަޔާނުލާ

  ތިޔައީ މަޅިއެއް ތިޔަމަޅީގައި ރަށްޔަތުން ޖެއްސުމަށް ކުރާ ދައުވާއެއް ހަމަތިގޮތަށް އެމްޑީއެން ވެސްއުވާލިނޫންތޯ ކަލޭމެންނަށް ތާއަބަދު ވެރިކަމުގައި ނުތިބެވޭނެކަން ހަނދާނަށް ގެނައުން މުހިއްމު އަދި މިކަމުގައި ސުކޫތެއް ގެނައުން ވަރަށްމުހިއްމު.