ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަމަށް އާމިނަތު އަމީނާ (އަނާ) މިއަދު އައްޔަން ކުރައްވައިފިއެވެ.

އަނާ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަދި އަނާއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި އަނާ އެ މަގާމަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ވީޓީވީގެ ސީނިއާ އެޑިޓަރެއްގެ މަގާމުގެ އިތުރުން އެ ސްޓޭޝަނުގެ ޕްރައިމް ޓައިމް ނިއުސް އެންކަރެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ އަނާ ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައެވެ. އަދި ނޫސްވެރިކަމުން މާސްޓާސް ޑިގްރީ ހާސިލްކޮށް އަދި ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު އަނާ ހާސިލްކުރެއްވިއެވެ.

އެގޮތުން 2016 ވަނަ އަހަރު ބެސްޓް ވީޑިއޯ ޖާނަލިސްޓުގެ އެވޯޑް އަދި 2018 ވަނަ އަހަރު އިޖްތިމާއީ ދާއިރާ އިން ބެސްޓް ވީޑިއޯ ޖާނަލިސްޓުގެ އެވޯޑް ހޯދިއެވެ.

އަނާއަކީ ޚަބަރު ކިއުމާއި، ޕްރޮގްރާމްތައް ހުށަހެޅުމާއި، ޕްރޮގްރާމްތައް އުފެއްދުމުގައި ރާއްޖޭގެ މަޝްހޫރު މޫނެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސ

    އަނާ ރަނގަޅުވާނެ. އައްޗާވާނެ. ވެރިން ބުނާގޮތް ހަދާދޭނެ. ވެރިން ބޭނުންވާނީ އެގޮތަތާ. ދެއްތޯ؟

    16
    3
  2. އަހުމަދު

    މަރުޙަބާ ކަމަނާއަށް ، އަދި ކާމިޔާބީއަށް އެދެން

    10
    6
  3. ނޭނގޭ

    ތިކަހަލަ ވަޒީފާތަކަށް އުމުރުހަމަނުވާ ފުރާވަރުގެ ކުދިންލައިގެން މިނިވަން މުައައްސަސާތައް ބޮއްސުންލައި ނިމިއްޖެ، ތައުލީމު ހުރެދާނެ. އެކަމަކަު މުައައްސަސާއެއްގެ އިސްމަގާމުތަކަކަށް ކަމަކުނުދާނެ، އެހެންވެގެން މިއުޅެނީ ކަންކަން ރަނގަޅުނުކުރެވިގެން. ގާބިލުކަން ނެތީމަ. މީހުން ނެތީކީވެސްނޫން. އެކްޓިވިސްޓުން ލާންޖެހޭތީ ވާގޮތެއްމީ، ރާއްޖެ މިކަމުން އަރައިގަނެވޭތޯ ކޮން ބައެއްބާ ނިކުންނާނީ

    12
    6
    • ޙހ

      ހުރިހާވިޔާފާރި ވެރިން ތިބީ އަތްދަށު ލާފަ. ސިޔާސީ ވެފަ. ޢިޚްލާސްތެެިކަމެއް ނެތްއެމީހުން ގައިގަ ވެސް. ދެން ޖެހޭނީ ބަޔަކު ޤުުބާްންވަން.

  4. އެމަންޖެ

    އަންނިއެއީ އެއްޗެއްގޭމީހެއްތަ އަބަދު ހިނދުކޮޅު އައިސްހުނނާނީ.

  5. ތަފާސްހިސާބު

    އަހަރެން މިއުޅޭނީ ބަލަން ވެގެން. ޔާމީން ވެރިކަމުތޯ ނޫނީ އެމްޑީޕީ ވެރކަމުތޯ ބުރުގާ ނާޅާ އަނހެނުން އެންެމެ ގިނައިން ސަރުކާރުގެ އިސް މަޤާމުތަކަށް ލަނީ.

  6. ދަރި

    ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މިފަދަ މަގާމުތަކަށް އަންނަނީ ހަރު މީޙުން ކުރިމަތިލި މަތީ ތަުލީމް ލިބިފައި ތިބި ހަރު މީޙުންވެސް އަދި އެއް ވެސް ޕާޓީ އަކާއި ނުގުޅޭ މީހުންވެސް އެފަދަ މީޙުން ލާނަމަ ރަނގަޅު ... ބްރޯޑް ކަމަށް މަަރިޔަމް ވަހީދާ ނުލިވެގެން ނޫސް ވެރިން އުޅުނު އިރުވެސް ހީވީ އެހެން ކަމެއް ހެން މިހަާރު އެހެރީ ލާފައި ކޮންކަމެއ ްވަނީ ކަހާތަން ހިރުވާވެސް ނުލާ ... ކޮންމެ މީހެއްގެ މުސާރައަށް 40 ރުފިޔާ ރަނގަޅުތާ