އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ސިޔާސީ ހަރަކާތްތައް ހިންގަން މަޝްވަރާކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެގޮތުން ކައުންސިލް ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި ހެނދުނު 11:00 އިން 12:00 އަށް ކުރިއަށް ގެންދިޔަ ކަމަށް އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ. އަދި މި ދަންފަޅީގައި މަޝްވަރާ ކުރެވުނީ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ހިންގުމާ ގުޅޭ ގޮތުން ކަމަށް ބަޔާނުގައިވެއެވެ.
ދެ ވަނަ ދަންފަޅި 2:00 ޖަހާ އިރު އޮންނަ އިރު، ބައްދަލުވުން އޮންނާނީ އޮންލައިންކޮށް ކަމަށް ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ވީހާ އަވަހަކަށް ސިޔާސީ އެއްވުން
ތަކާއި ޖަދަލުކުރުންތައް ފަށަންވީއެވެ ސަރުކާރުގެ ނޭއްގާނީ
އަނިޔާވެރިކަން ހުއްޓުވައި އަވަސް އިތިޚާބެއް ބޭއްވުމުގެ
ތައްޔާރީތައް ހަމަޖެއްސުމަށް އިދިކޮޅު ކޯޝަނަށް ގޮވާލަމެވެ.
އަވަސްކުރޭ މިސަރުކާރުގެ ޖާހިލުކަން މުޅިގައުމަށް ފޯރައިފި.