ދިވެހި ފިލްމީ ތަރިންގެ ފަރާތުން ފުލުހުންނަށް މާސްކާއި އަންގި، އަދި ސެނެޓައިޒާ ފުޅި ހަދިޔާކޮށްފިއެވެ.

ފިލްމީ ތަރިންގެ ފަރާތުން މި ތަކެތި ހަދިޔާ ކުރުމުން ފުލުހުން ވަނީ ފިލްމީ ފަންނާނުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ފުލުހުންގެ ފަރާތުން މި ތަކެއްޗާއި ހަވާލުވި އިސް ފަރާތްތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނެެވެ.

އަދި ފުލުހުންނާއި މި ތަކެތި ހަވާލުކުރުމުގައި ދިވެހި ފިލްމީ ތަރިންގެ ފަރާތުން ބައިވެރިވެފައި ވަނީ، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މަޝްހޫރު ފެޝަން ޑިޒައިނާ ޖާދުﷲ އާއި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ރައީސް އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.

ރާއްޖޭގެ ހުރިހާ ފަންނާނުންގެ ނަމުގައި ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 1،000 ސާޖިކަލް މާސްކާއި 1،000 އަންގީގެ އިތުރުން 1،000 ސެނިޓައިޒާ ފުޅިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ އެންމެ މުހިންމު ތަކެތީގެ ތެރޭގައި ހިމެނޭ މި ތަކެތި ފުލުހުންނަށް ހަދިޔާކޮށްފައިވާއިރު، ދިވެހި ފިލްމީ ފަންނާނުންގެ އެހީތެރިކަން އަބަދުވެސް މިފަދަ ކަންކަމަށް ލިބިގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

މީގެ ކުރިންވެސް ބައެއް އަމިއްލަ ފަރާތްތަކާއި،ކުންފުނިތަކުން ފުލުހުންނަށް ކޮވިޑް-19 އާދެކޮލަށް ބޭނުންކުރެވިދާނެ ތަކެތި ހަދިޔާކޮށްފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސި

    އިތުބާރު ކުރެވެންނެތް ޕޮލިހުންކަށް، ފޭކް މުވައްސަސާއެއް ތީ! ރަތްޔަތުންނައް ޑީލްކުރާކައްނޭގޭ!

    14
    1
  2. ޅަތީފާ

    ފިލްމީ ދާއިރާއެކޭ ޕޮލިސްޓޭޝަ ނެކޭ ނުހު ން ނާ ނެ ތަފާތެއް ސީޕީ ހަމީދުމެ ންވެސް ކުޅުއްވަ ނީ ފިލްމް އެހެ ންވީމަ ލަ ނ ޑަޔާވާ ނީ ހަމަ ލަ ނޑަޔާ

  3. އަހާލީ

    މި ލޮކޮޑައުންތެރޭ ފިލްމީ ތަރިން ކޯއްޗެއް ވިއްކާތީ ތި ސާމާނު ތައް ލިބުނީ. ގައިމު ސަރުކާރުން މުސާރަދޭ ބައެއްވެސް ނޫން. ފިލްމެއް އެޅުވެނީކީ ނޫން. އިންޑިޔާ ފިލްމީތަރިން ގޮތް ހުސްވެ އަމިއްލަޔަށް މަރުވާއިރު. މި މީހުންނަށް ކޮންތާކުން ލިބޭ ބައިވަރުތަކެއް. ޔުމްނާ މައުމޫނު އުތަ؟

  4. ބ

    ހޮލީވުޑާއި ބޮލީވުޑްގަވެސް މިހާރު ތިޚަބަރު ވަރަށް ހިނގަމުން އެބަދެއެވެ. ދިވެހި ފިލްމު އިންޑަސްޓުރީ "ފްލައިވުޑް" ގެ ފަރާތުން ތިވަރުގެ ހަދިޔާއެއް ދިނީމަ އެމީހުންވެސް އެމީހުންގެ ސިފައިންނަށް ހަދިޔާދޭން ރާވަނީއެވެ.