ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު، މުޙައްމަދު މުސްތަފާ ކޯޓުތަކަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެ ވަޑައިގެންފިއެވެ.

އިދިކޮޅު މުޒާހަރާ ކުރިއަށްދާ ސަރަޙައްދުގައި ހުންނަވައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ، މިއަދުވެސް ކޯޓުތަކުގައި ތިބި ފަރާތްތަކާއި ވާހަކަދެއްކެވި ކަމަށެވެ.

އަދި ކޯޓުތަކުގައި ތިއްބެވި ފަރާތްތަކާއި ވާހަކަދެއްކުމުން، ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާނެ ކަމަށް އެފަރާތްތަކުން ވިދާޅުވި ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، "އަޅުގަނޑު މިއަދުވެސް ކޯޓުތަކުގައި ތިއްބެވި ފަރާތްތަކާއި ވާހަކަދެއްކިން. ވިދާޅުވި އެއްބާރުލުން ނުދެއްވާނެ ކަމަށް" ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ، ޤާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ވައްޓާލަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" މުސްތަފާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މުސްތަފާ މިރޭ ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން ނިކުމެ ސަރުކާރު ވައްޓާލަންވީ ކަމަށެވެ.

"މިހާރު މުއްދަތެއްވެސް ޖަހާ ނުދެއެއް ނޫންތޯ؟، ކުރީގައި ބޭނުންވާ އިރަށް ޖަހައިދޭ. މިހާރު ކޯޓުތަކުން ދެނީ ދެ ދުވަސް، އެއީވެސް ރޭގަނޑު ހަޔަކުން، ހެނދުނު ހަޔަކަށް" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ ކުއްލި ގޮތަކަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ވަގުތެއްގައި، އަންގަން ޖެހޭ އެއްވެސް ފަރާތަކަށް އެންގުމަކާއި ނުލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވެ ޤައުމުގެ ހަމަޖެހުން ގެއްލޭފަދަ އަމުރެއް ކުރުމާއި ގުޅިގެން، އެ އަމުރުގެ ފަހަތުގައި ރިޝްވަތުގެ ނުބައި ރޭވުން ހިމެނޭ ކަމަށް ބެލެވިފައި ވަނިކޮށެވެ.

އެގޮތުން އެ އަމުރު ނެރުމުގެ އެތައް ދުވަހެއް ކުރިން، ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ކުރަން އުޅޭކަމުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ދިއުންވެސް ގުޅިފައި އޮތީ އެ ސަބަބާއި ކަމަށް ބެލެވުނެވެ.

ކޯޓުތަކުގެ ފަނޑިޔާރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި އިދިކޮޅު ބައެއް އިސް ބޭފުޅުން ހައްޔަރުވެސް ކޮށްފައިވާއިރު، އެ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތައްވެސް ފުލުހުން ވަނީ ހޯދާފައެވެ. ނަމަވެސް އެ ބޭފުޅުން ގެންދަވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ށުމޮން

    މިކަލޭގެ މިހިރީ ބުއްދި ގޯސް ވެފަ. ކޮބައިތަ މީނާގެ އާއިލާ މީހުން. މީނަ ގުރައިދޫ އަށް ގެންދޭ...

  2. ރައްޔިތުން

    ޢެކަމަކު މުސްތަފާ ކަލޭ މުއްދަޔެއް ނެތްގޮތަށް ހައްޔަރުކުރާނެ

  3. ޓިމަރަ

    ޤާނޫނީ އިމުގެ ތެރެއިންނޭ ބުނައިރު މިހުންނަނި ޑީލް ހަދައިގެން . މުސްތަފާ ދޭބަ ތިމަރަފުއްޓަށް. މުސްތަފާ މުސްތަފާ މެންތީ އިންޑިޔާ އިންް ސިފައިން މިޤައުމަށް އަރަންގޮވާލި އަގުނެތް ބައެކޭ

  4. ނުހާ

    ލަސްވެއްޖެ ދެފުއްކެހެރި މުސްތޮފާ ގުރައިދޫއަށްގެންދަން

  5. ހަޖަމް

    މީނަޔަކީ އަބަދު ގަހައް އަރާފަ ހުންނަމީހެއް.

  6. ނުވާނެއޭ

    މުސްތަފާ ކޮން ރަށެއްތޭ މާލެ އެއް ނޫން ދޯ. ކްރިމިނަލް ކޯޓް ހުންނަނީ ކޮން ރަށެއްގައި ތޭ. މާލޭގައި ދޯ. ދެން އެހެން ވެއްޖެނަމަ މުއްދަތު ޖަހާ ދޭން ޖެހޭނީ. މިހާރު އެތަނުގެ ގާޒީ އަކަށް ހުރި ސައުތު ވިންގްގެ ގާޒީ އެއްލާލާނަން އެއްލާލާ މަމެން ބޭނުންވާ ގާޒީ އަކު ލާނަން އެތަނަށް. ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރުމަށް ޓަކައި ޝަރުއީ ދާއިރާ ވެސް އޯވަރ ހޯލް ކުރާނަން މަމެން އެޗެޕްޓަރ ވެސް މަމެން މިދަނީ އޯޕަން ކޮށްގެން އެޗެޕްޓަރ ވެސް ރީޑް ކުރަމުންނޭ. އޭ ހުކުމޭ މެންނޭ އެވްރީ ސްޓެޕް ޔޫ ޓޭކް އެވްރީ ކަޓް ޔޫ ޓޭކް އެވްރީ ބްރައިބް ޔޫ ޓޭކް ވީ ވިލްބީ ވޮޗިންގް ޔޫ އޯއް ކާންޓް ޔޫ ސީ ޔޫ ހޭވް ޓު ނޯ ދިސް. ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާނަން ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން. ހަނދާން ނައްތާލަން ޖެހޭނީ ހުކުމޭ މެން އެކަން.

    • ލޮލް ބޮލް

      ހަހަހަ ލަވް ޔޮ ކޮމެންޓްސް ސޯ މަޗް...ގިނަ ގިނައިން ކޮމެންޓްކޮށްބަ ޕްލީސް

  7. ހާސްކަނޑާ

    މުސްތޯ.. ކަލެއާއީ ކޯޓުތަކުގެ މީހުންނާއީ އޮތީ ކޮންގުޅުމެއްތޯ ފުލުހުންނައް އެބަޖެހޭ ތަފްސީލުކޮއް ކީޔާދޭން..

  8. ވަރަތުނަމް

    މިހިރީ މި މީހުންގެ ހާލަކީ! މިފަދަ މީހުން ހޮވި ދާއިރާތަކަށް އައްސަރިބަހާއި ސާބަސް. އަދަބެއް އަހުލާގެއް ނެތި ގަހުގައްބުރަށް ބޮޑުވެފައި ތިބި ޖާހިލުންގެ ސިފަ ނޫން ދެން ކޮންއެއްޗެއްބާ މި މީހުންގެ ކިބައިން ފެންންނީ؟

  9. ފާތުން

    ތިމަރަފުށީ މީހުންތިބޭނީ ތިމަރަފުށީގަ. މާލެ އައިސް މިތަން ހަލަބޮލިކުރަން ނޫޅެ.

  10. އިބްރާހިމު

    ތިޔޮތީ އަމިއްލައަށް އެއްބަސްވެފަ. މިހާރު ހެއްކެއްބޭނުމެއްނުވާނެ. އަވަހަށް ހައްޔަރުކޮށް ޖަލަށްލާ. އަމިއްލަޔަށް ބޮޑިބުއި. ހެ ހެ.

  11. ޤައުމުގެ ލޯ

    ސްޕްރީމް ކޯޓްއިން އަމުރެއް ނެރުމުގެ ކުރީން އަންގަންޖެހޭ ފަރަތެއް އޮންނަކަމެއް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނެތް ނޫސްވެރިކަމަކީ މިނިވަންކަމާއިއެކު ވަކިފަރާތަކަށް ނުޖެހިކުރަންޖެހޭކަމެއް ވިސްނާލުން ރަގަޅު.

  12. Anonymous

    އަނގަ ހުތުރުމީހެއް. އިންސާނާގެ މޫނުހުތުރުކުވެދާނެ ހެއްދެވިގޮތުން. އިންތިހާއަށް ކަޅުވަމުންދާ ކަމަށްވަންޏާ ވިސްނާލަންޖެހޭނެ

  13. ހަަސަން

    މުސްޠަފާބޭ ހާދަ ކަޑައޭ...

  14. އަބުރުފުޅު

    އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން.. ސަރުކާރުގެ އިސްބޭފުޅުންވެސް ގުޅާ ކަންކަމާ ސައްލާކުރާކަމަށް އަޑު އަހަން..

  15. މީ މަގޭވެސް ޤައުމް

    މި މުސްތަފާ ވެއްޖެ ބޮޑު މުޞީބާތަކަށް. މި ގޮތެއް ފޮތެއް ނެތް ދެ ފުއް ކެހެރި މީހާގެ ފަރާތުން އަޅަމެން ސަލާމަތް ކުރައްވަފާނދޭ.. އާމީން

  16. ޖޖޖ

    މިއީ ނުބައިކަމުން މިގައުމުން ނައްތާލަންވެފަހުރި އަނގަ ހުތުރު އަޚްލާޤުނުބައިމީހެއް.

  17. އަހުމަދު

    ކްރިމިނަލް ކޯރޓުގެ އަގު އެވައްޓާލީ މުސްތޮފާ! މިކަމާ ކޯޓުން ބަޔާނެއް ނުނެރެފިނަމަ ބެލެވޭނީ ގާޒީން މިިކަމުގައި އިދިކޮޅު ފަރާތްތަކާ ބައިވެރިވާކަމަށް.

    • ތުއްތަފާ

      ވަރަށް ރަނގަޅު ޕޮއިންޓެއް. ބަލަންވާނެ މިކަން. ކްރިމިނަލް ކޯޓުން އެއްޗެއް ނުނެރެފިއްޔާ މީޑިއާކޮށްގެންވެސް މިކަން ހަލުވަންވާނެ.

  18. ނަދާ

    މުސްތަފާ ތިމަރަފުށި

  19. ތުއްތަފާ

    ކަލޭގެ ގެއިން ވައްކަން ކޮށްގެން ގެންދާ މީހާއަށް މުއްދަތު ނުދިނީމަ ޔާމީން ހުންނާނީ ނުކައި ނުބޮއެ.

  20. ކޭޖޭ

    އެމޮޔަ މިހާރުން މިހަާރައް ހަޔަރު ކުރޭ އެހުރީ ބޯގޮވާފާ

  21. 7777

    ތިމީހުން ރަނގަޅެއްނުވާނެ. ރައޫފު ބުނީ އޭނަ ހުންނާނަމޯ މަޖްލިސް މެމްބަރަކަށް ޕޮލިސްކުދިން ދައުލަތާ ދެކޮޅުވެ ވަޒީފާއިން ވަކިވިއަސް ރަނގަޅުވާނެއޯ. މަހައްދާށޯ އެއީއޯ ދިވެހިންގެ ޝަރަފަކީ. ލަދުހަޔާތް ނެތްކަން. ރައޫފު މެމްބަރުކަމުން ވަކިވެ މަހައްގޮސް ހުރެގެން އެހެން މީހުނަށް މަހައްދާން ގޮވާބަލަ.

  22. ކެނަރީ ސޮނިބެ

    މުސްތަފާބެއަކަށް ދެދުވަހަކީކޮބައިކަންވެސް ނޭގުނު، މީއަޅުގަނޑުމެންހޮވާފަ ތިއްބެވި މެންބަރުގެ ފެންވަރު!!!!!!!!!!!!!!!!!!!!!!!!!!!!!!