61 ރަށެއްގައި ގާއިމު ކުރުމަށް ނިންމާފައިވާ އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު މިއަދު ރާއްޖެ ގެނެސްފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، 61 ރަށެއްގައި ގާއިމު ކުރުމަށް ނިންމާފައިވާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

މިތަކެތި ރާއްޖެ އައުމުން އޮގަސްޓް މަހުގެ ތެރޭގައި މި މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓަރު ވަނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

"އުއްމީދު ކުރަނީ މި ޕްރޮޖެކްޓްގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް" މަހުލޫފު ކުރެއްވި ޓްވިޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައުޓްޑޯ ޖިމްތައް ގާއިމްކުރުމަށްޓަކައި ސާމާނު ހޯދުމަށް ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވީ ސޮއިކުރެވިގެން ދިޔައީ 9 މިލިއަން ރުފިޔާގެ އެއްބަސްވުމުއްގައި ކަމަށާއި ނަމަވެސް ޖިމްތައް ރަށްތަކުގައި އިންސްޓޯލް ކުރުމުގެ ޚަރަދާއެކު އިތުރަށް 20 ވަަރަކަށް މިލިއަން ރުފިޔާ މިކަމަށް ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައިކާ..

    ޖިމެއް ނޫނ ން ހަދަ ންވީކީއެއް.. ވަޒީފާ އުފެދޭކަހަލަ ފެކްޓަރީއެއް ނަމަވެސް ކޮ ންމެވެސް އިގުތިސޯދީ ހަރުދަ ނާ ކަމެއް ރަށައް ބޭ ނު ންވަ ނީ.. ކާ ންބޯ ން އާމްދަ ނީއެއް ނެތި ކޮ ން ޖިމެއް ހަދާކައް.