ކޮންމެ ދިވެހި ރައްޔިތަކަށް މިނިވަން ކަމާ އެކީ މަގުމަތީގައި ހިނގާ އުޅެވެން ވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވަނީ ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ދިން ހަމަލާ މިނިސްޓަރު މަހުލޫފު ވަނީ ކުށްވެރި ކުރައްވާފައެވެ.

މިނިސްޓަރު ކުރެއްވި ޓްވިޓުގައި ވިދާޅުވީ، "ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިނިވަން ކަމާއެކު ހިނގާ ބިނގާވެ އުޅެވެން ވާނެ ކަމަށާއި އައުގުރާނަ ގޮވާ ގަޔަށް ބޮލަށް އަރާ ހިސާބަށް ދެވިގެން ނުވާނެ" ކަމަށެވެ.

އެފަދަ އެތަށް ކަމެއް އޭނާއަސްވެސް ދިމާވެފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރެއްްވަފައެވެ. އަދި ހެދިފައިވާ ގާނޫނުތަކަށް އެންމެންވެސް ބޯލަނބަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަހީދަށް ދިން ހަމަލާ މަހުލޫފުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫންވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ރައީސް ވަހީދުގެ ހާލު ބައްލަވާލައްވާފައެވެ.

ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް ހެނދުނު 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން މިހާރު އެބޭފުޅުން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    ދިވެހިންގެ އެތައްބަޔެއްގަ ކަރުަގައި ހިތިރަހަލައްވާލި އެކަންޔަޤިންވީ 5% ން ބަޢާވަތްކުރީ ގަސްދުަގައި

    2
    1
  2. ބައުދާދު

    މިނިވަންކަން ކަށަވަރުކުރަން އައީ ކަލޭމެން ދެން ތިވީދެނީ ކޯއްޗެކޭ ކިޔާފައި.

  3. Anonymous

    ހިނގާބަލަ. ހިނގަންވީނު. ބޭރަށް ނިކުންނަންޔާ އަޑުއިވޭނެ. ބައެއްފަހަރު ހިތާނުވާ އަޑުވެސް އިވޭނެ. އެންމެނަކު ތިބޭނީކީ ބާޣީ ވަހީދަށް ޣާޒީ ވަހީދޭ ގޮވާގޮތަކަށް ނޫން އެނގޭތޯ. ފްރީޑަމް އޮފް އެކްސްޕްރެޝާން. ގަޔަކު އަތެއް ނުލައެއްނު. ވަރަށް ވެދުން.

    2
    3
  4. ކައުންސެލަރު

    ސޯލިހަކަށް ނުކެރުނުދޯ އެކަން ކުށްވެރިކުރާކަށް. ސުލޯ.ހު

  5. މުފައްކިރު.

    މެންދުރުގެ އިރު ފަދައިން އަނިޔާވެރި ކަން ލިބެމުންދާ ރައީސް ޔާމީނާ މެދު މަޙުލޫފު މެން ބަހެއް ނުބުނެ ތިބީ ކީއްވެތޯ.

  6. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާގުރައްދޭ

    މިރާއްޖެ ދުވަހަ ކުވެސް ހަމަޖެހުމެއްނުލިބޭނެ ރައްޔަތުންގެއަހުލާގީއްޔަތު މިވަނީފުނޑާއަޅާލާފަ އަބަދުވެސް އިވެނީފެންނަނީ މީހުންގެ އަބުރު ކަތިލާތަން ރޯމާދުވާލު ލަދެއްހަޔާތެއްނެތި ވަލު ކުއްތާތަ ކެއްހެން ނު ކުމެމައެއް ބަފައެއްދަރިއެއްނުބަލާ ﷲހަރާމް ކުރެއްވިހާގޮތަ ކަށްއުޅެމުންދަނީ ސަރު ކާއްރުގެޒިމްމާއަ ކީ ކޮބައި ކުއް ކުރާއްމީހާއަ ކީ ވެރި ކަން ކުރާ ބައިގެމީހެއްނަމަ އެވަނީ މައުސޫމް ކުނޑަ ކުއްޖަ ކަށް މިހެންތޯ އިންސާފް ގާއިމް ކުރަނީ

  7. ާޒަކީ

    ކަލޭ ނުބުނިއްޔާ އަހަރުންނައް ނޭނގުނީސް، މިނިވަން ކަމާ އެކު މަގުމަތީ ހިނގޭނެ ކަން..

  8. ދަނުސް

    ސުކުރިއްޔާ ތިޔަ ދިން ފުރުސަތައް.. ހެހެހޭ

  9. Anonymous

    ދިވެއްސަކަށް ވާނީ ހަޔާތް ކުޑަ އެމްޑީއެން އާއި އެމްޑީޕީ މީހުން. ދެން ތިބީ ކީ ދިވެހިންނެއްނޫން. އެހެންވީމާ ދިވެއްސަކަށް ވީތީ ލިބުން ހައްޤު މިނިވަންކަމެއް ލިބޭކަށް ނުޖެހޭނެ.!