ފަހަކަށްއައިސް ވަރަށް ބޮޑަށް ރޭވިގެން ސަރުކާރާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ފަރާތްތަކާއި ދިމާކޮށް ޙަމަލާތައް އަމާޒުކުރަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިގޮތަށް ބުނީ، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަންމަނިކާއި އަނބިކަނބަލުންނާއި ދިމާކޮށް ހަޑިހުތުރުބަހުން އެއްޗެތި ކިޔާ ހަމަލާދޭން އުޅުނު މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރި ކޮށް ނެރުނު ބަޔާނުގައެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. ދެ ބޭފުޅުންނަށް ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންނެވި ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ކޯލިޝަނުން ބުނީ، އެ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ރައީސް ވަހީދަށް ހަމަލާ ދީ، މިޢަމަލު ހިންގި ފަރާތުގެ މައްސަލަ ބައްލަވާ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

"މިފަހަކަށްއައިސް ވަރަށް ބޮޑަށް ރޭވިގެން ސަރުކާރާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ފަރާތަކަށް ތަފާތު ގޮތްގަތަށް ދިމާކޮށް ޙަމަލާތައް އަމާޒުކުރަމުން ގެންދާކަން ފާހަގަކުރަމެެވެ". އެ ބަނާނުގައި ވެއެވެ.

އެ ކޯލިޝަނުން ވަނީ ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުޙައްޤުން ޖަލަށް ލުމުގެ އިތުރުން، ޕީޕީއެމް ގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމަށް މަޖިލީހުގައި ދެވުނު ޙަމަލާއާއި، ކުރީގެ ހައުސިންގ މިނިސްޓަރ، ޕީޕީއެމް ގެ ނާއިބު ރައީސް ފުލުހަށް ހާޒިރު ކުރުން ފަދަ ކަންކަން ހިނގަމުން ދާތީ އާއި ރައީސް ވަޙީދަށް ދެވުނު ޙަމަލާ ދިފާޢުކޮށް އެމްޑީޕީގެ އިސް ފަރާތަކުން ވާހަކަ ދައްކަމުން ގެންދާތީ، ރައީސް ވަޙީދަށް ދެވުނު ޙަމަލާއަކީވެސް މިރޭވުމުގެ ދަށުން ކުރެވުނު ކަމެއްކަމަށް ބެލެވޭ ކަަމަށް ބުނެފައެވެ.

"މިފުރުޞަތުގައި، ކުރީގެ ރައީސުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ފަރާތުން ފަރުވާކުޑަނުކުރައްވާ، އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރައްވާ، މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށްވެސް ގޮވާލަމެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަުމަދު

    އެއްލޯ ޖައުފަރު އެންމެ ފަހުން މީހެއްގެ ލޯމަތި ފަޅާލޯ ރައީސް ޔާމިން ސަރިއަތް އޮތް ދުވަހު ޕީ ޕީ އެމް އޮފީސް ކައިރިން އެމީހާ އެކަން ޕޮލިހަށް ހުށަހެޅި އެކަމު ނުބެލި އޭނަ ގެ ލޮލަށް މާލައިން ފަރުވާ ނުހޯދިގެން އެންމެ ފަހުން ފަރުވާ ހޯދީ އިންޑީޔާއިން

  2. ޙަަރުން

    ކޮންއެއްލޯ ޖައުފަރެއް ސައިޒު ވާ ދުވަސް ވަރަށް ކައިރިވެއްޖެ...