4000 ބަސްތާގެ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް އެއްފަރާތަަށް އަރިވުމާއެކު ދޯންޏަށް ބަރުކޮށްފައިވާ ހިލަ އާއި ހިލަވެލި ބަސްތާތައް ކަނޑަށް ދޫވެއްޖެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
މިހާދިސާ ދިމާވީ މާލެއިން ފުރައިގެން ފ.ނިލަންދޫއަށް ދަތުރުކުރި "އެއިމް ކާރގޯ 1" ނަަމަކަށް ކިޔާ ދޯންޏަކަށެވެ. އެދޯންޏަށް ދިޔަވާތީ އެމްްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
"މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:50 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން ދޯނި އޮތް ސަރަޙައްދަށް ގޮސް ޕަމްޕު ބަހައްޓައިގެން ދޯނީގައި ހެދިފައިވާ ދިޔަ ގަނޑު ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. 95 ފޫޓުގެ މި ދޯންޏަށް ދިޔަވާން ފަށާފައިވަނީ ދޯންޏަށް ބަރު ކޮށްފައިވާ މުދަލުގެ ސަބަބުން ބަރުބޮޑު ވެގެން ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށާއި އަދި ދޯނީގައި ހެދިފައިވާ ދިޔަގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން އިތުރު ސަލާމަތްތެރިކަން ހޯދުމުގެ ގޮތުން ކ.ވާގަލި ކައިރީ ފަޅަކަށް ދޯނި މިހާރު ވަނީ ބީއްސާލާފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ތީގަވެސް ކުއްވެރިވާނީ ޔާމީނުގެ ސަރުކާރު!
ތިޔަހެން ވާނީ. ސަރުކާރުގެ ލާރިގަޑު ކާލީމާ. ޢެއެއްޗެއް އައި ގޮތަކަށް އެއެއްޗެއް ހިގައިދާނެ.
ޢަލިފާން ވެސް ކެވިއްޖެއްޔާ އޯކޭ ވާނެ. ޖޭފޯ ކަމުނުދިޔައީ ތިހެން ނޫޅުނީމާ...