ރައީސް މައުމޫނާއި ރައީސް ވަހީދަށް ނިސްބަތްކޮށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ހަޑިހުތުރުބަސްތަކެއް ބުނެފިއެވެ.

މީރާގެ ބަހުގެ ހަމަލާތައް ކުރީގެ ރައީސުންނަށް އަމާޒުވެފައި ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދީފައިވާ ކަމަށް ވަހީދު މިއަދު ވިދާޅުވުމުން އެކަމަށް ރައްދު ދިނުމަށް ކުރި ޓްވީޓްތަކެއްގައެވެ.

މީރާ ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އޭނާގެ އައުވާނުންނާއި ހަމައަށް ދިއުމަށް ފަހު ދެން ދާނީ ރައީސް ވަހީދާއި ދިމާއަށް ކަމަށެވެ. އެހެންނަމަވެސް އޭނާ މިހެން ބުނެފައި ވަނީ ކޮން މާނައެއްގައިކަން މީރާ ސާފުކޮށްދީފައެއް ނުވެއެވެ. އޭނާގެ ޓްވީޓްގައި މުޖުތަމަޢުގެ އަޙްލާޤީ މިންގަނޑަށް ނުފެތޭ ބަސްތަކެއް ބޭނުން ކޮށްފައި ވެއެވެ.

މިއަދު ހެނދުނު ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. ދެ ބޭފުޅުންނަށް ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންނެވި ވަގުތެވެ.

ވަހީދުގެ ޓުވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފުލުހުންނާއި އެމްއެންޑީއެފާއި ހިއުމަން ރައިޓްސް ވޮޗާއި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގް ކުރައްވާފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

ފެބްރުއަރީ 7، 2012 ވަނަ ދުވަހު، ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ، އޭރު ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވުމާއި ހަމައަށް ވަހީދު ހުންނެވީ ނައިބު ރައީސަކަށެވެ.

ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ "ބަޣާވާތް" ކުރައްވައިގެން ކަމަށް އެމްޑީޕީގެ ސަޕޯޓަރުން އަބަދުވެސް ދިޔައީ ބުނަމުންނެވެ. އަދި ކުޑަ ދުވަސްކޮޅަކަށް އެމަނިކުފާނު ކުރެއްވި ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ވަރުގަދަ މުޒާހަރާތަކެއް ވެސް ބޭއްވިއެވެ. އެކަމަކު، ވަހީދު އޭރު ވެސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް ބަޣާވާތެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

66 ކޮމެންޓް

  1. ރާއްޖެތެރެ

    ކަލޭ އަޕްޕައަކީ ގޮތެއްފޮތެ ހުރިމީހެއްނުން.

    482
    22
    • އީތޭން

      އަންނި ގެ ދަރީގެ ވެސް ގޮތެއް ނެތް.... މޮޔަ ކުއްޖެއް ތޯއްޗެ 😅. ދިމާ ވީއިރުވެސް ހަމަ ހެން ހީނުވޭ... އައްޕަ އެކޭ އެއްގޮތް...

      220
      7
      • އަބްދުއްލަޠީފު

        އަލަގަހަކުން ކެޔޮ ނިރެއްނުފަޅާނެއެވެ. މިއީ މިކަހަލަ މީހުންނަށް ނިސްބަތްކޮށް ބޭނުން ކުރެވޭ ހަރުބަހެކެވެ. އަދި މިކަހަލަ އަޚުލާގީ ގޮތުން ދަށު ދަރަޖައިގެން ކަންތަކަށް މިނިވަން ޚިޔާލޭވެސް މިޒަމާނުގެ މީހުން ބުނެއުޅެއެވެ.

        14
        2
  2. ޚަންތާ

    ކަންތަކާ ޖެހުނީ!! ނަޝީދުމީ ރާއްޖެއަށް ޖެހިފައޮތް ރަނގަޅު ނުވާ ފާރުގަނޑެއް. . .

    472
    14
    • ދައްޖާލު ކެނަރީސް

      މި ކަމުން ސަލާމަތްވާން ދިވެހިން ތެދުވަން ވެއްޖެ މި ބީތާއިންނައް ބޮޑުތަނުން ނޫނެކޭ ބުނެ މި ގޮތެއްފޮތެއް ނެތް ބީތާތައް ބޭރުކުރަންވެއްޖެ

      199
      6
  3. ހުސޭނުބޭ

    ތިމާޔަށްވުރެ ރީތި އެހެން މީހަކު ނެތްކަމަށް ހީކުރާ މީހުން އަނެކުންނަށް ވަރަށް ހަޑިހުތުރު ބަސް ރައްދުކުރާނެ!

    439
    13
    • އާދަނު

      ލޮލް.....ރީއްޗޭ،،،؟؟؟؟

      62
      11
  4. ނުހާ

    ގޮތެއް ފޮތެއް ނުހުންނާނެ އެއްނު ލާދީނީ އަންނި ގެ ދަރިއެއް ވީމަ ވަރަށް ގޮތްކުޑަ އަންހެނެއް ތީ

    456
    19
  5. މުރާދުބޭ

    މިރާއްޖޭގައި ފަހުގެ ތާރީޚެއްގައި ބަޣާވާތަކުން ވެރިކަން ވައްޓާފައި ނުވޭ! އެހެންނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވެއްޓީ ބަޣާވާތަކުން ކަމަށް އަބަދުވެސް އެމްޑީޕީއިން ބުނަމުންދޭ! މިމައްސަލާގައި ބޭރުގެ ޖަމާޢަތަކުން ރާއްޖޭގައި މިކަން ހިގައިދިޔަގޮތް އެމްޑީޕީއިންވެސް ބައިވެރިވެ ބެލިއިރުގައިވެސް ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަޢީ ބަޣާވަތަކުން ނޫންކަމުގައި އެރިޕޯޓުގައިވޭ! ކޮންމެއަކަސް ސިފައިންނާއި ފުލުހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާދެން އިސްތިއުފާ ދިނުންނޫން އެހެންގޮތެއް ނެތްކަމަށް އެދުމުން ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ޤާނޫނީގޮތުން ވެރިކަމަށް ދެން ވަޑައިގެންނެވީ ރައީސް ޑރ.ވަހީދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުން. އަދި ރައީސް ޔާމީނު ނަޝީދަށް ގުޅުއްވާ އިސްތިއުފާ ނުދެއްވުމަށް އިލްތިމާސް ކުރެއްވި ވާހަކަވެސް ރައީސް ޔާމީނުވިދާޅުވި. ރައީސް ޑރ. ވަހީދާށް އެމްޑީޕީގެ އެކްޓިވިސް ތާއަބަދު ދިމާކޮށް ހަޑިހުތުރު އެއްޗެހިގޮވުމަކީ މުޑުދާރުކަމެއް މިއަދު މުޅިޤައުމުގެ ހުރިހާބާރަކަށް އަތްބާނައިގެން ބާރުތަކަށް އެމްޑީޕީ ވަލުދޮރާށިން ވަދެގެން ވެރިވެގެން ތިއްބެވިއިރު. އަދިވެސް ލިބިފައިއޮތްބާރު ގެއްލިދާނެތީ އުޅޭހެން ހީވޭ! ޢިލްމެއްނެތަސް ޙިކްމަތްތެރިކަމެއް ހުރިއްޔާމު މިފަދަ ކަންތަކަށް ހިތްވަރު ނުދެއްވާނެ. ރައީސުންނަށް ދެއްވާ ހުރިހާއިނާޔަތަކާއި ފޭރާމެއް ޤާނޫނުން ދީފައިވާއިރު އެބޭކަލުންނަށް އެގޮތުތިއްބެވުމުގެ ޙިމާޔަތް ލިބިދިނުމަކީ ވަރަށް ރަގަޅުކަމެއް. ޝުކުރިއްޔާ

    113
    7
  6. ބޯހަލާކު

    ލަނޑަޔާވާނި ލަނޑަޔާ ބަފާގެ ހަޔާއްކުޑަކަން ދަރިގައިގަވެސް..

    431
    15
  7. Anonymous

    ބަފަޔެކޭ އެއއއ އްގޮތަ ދަރިންގެ އަޙުލާގުވެސް ހާދަ ދަށޭ ދޯ ؟ ކީކޭ ބުނާނި ދޯ

    394
    18
  8. ޅަތީފް

    ބަފާގެ ހުރި ލަފާކަން ދަރިންގެވެސް ހުންނާނެތާ ދޯ މިކަމަކާ ހަ އިރާން ވާކަ އްނުޖެހޭ

    400
    16
    • ނާހަމަ ތެދު

      ޢަސްލުވެސް. ބައްޕަގެ ހުންނަ ގޮތްކުޑަ ހަޑި މުޑުދާރުކަން ދަރިން ގައިގަވެސް. ރާއްޖޭގައި އެހެން މީހުންވެސް ވެރިކަން ކޮށްފި ދޯ. އެމީހުންގެ ދަރިންވެސް ތިވައްތަރަކަށް ނޫޅޭ. އަންނިގެ ދަރީންގެ ބަހުރުވަވެސް އެހާ ހުތުރު. ކުރިން ކިޔާނެ ހަޑިކޮށް ވާހަކަ ދެއްކީމަ ބާޒާރުމަތީ ބަހުރުވައިންނޭ ވާހަކަ އެދައްކަނީ. ބާޒާރުމަތީ ބަހުރުވަވެސް ތިޔައްތުރެއް ރީތި ވާނެ. ލައިލާ އަށްވެސް އެކުދިންނަށް ރީތި ބަހުރުވައިން ވާހަކަ ދައްކަން ދަސްކޮށްދެވެންވާނެދޯ. ގައުމެއްގެ ވެރިކަން 2 އަހަރު ވިޔަސް ކޮށްފަ ހުރި މީހެއްގެ ދަރިކަނބަލެއް ވިއްޔާ އެއީ.

      144
      5
  9. Anonymous

    ވަކަރުގޭ މީހުންގެ ދަރިންވެސް ވާނީ ވަކަރުގޭ ކުދިންނަށް.

    153
    6
  10. ބޭޗާރާ

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ. ޖަނަވާރަކަށް އިންސާނަކު އުފަންނުވާނެއެވެ.

    148
    8
  11. ސަމި

    އެ އެއ އްޗަކުން ނިކުންނާނީ އެ އެއޗެ އްގަ ހުރި ދިޔަ އެއއ އް

    134
    3
  12. ޙަަރުން

    މިގައުމުގެ ދީނާ އިސްތިގްލާލާ ކޫޅެން ރާވާއިގެން ތާ މިތިބީ.ބަލަމާ ކަލޭ ބައްޕަ ބޮޑުވަޒީރުކަން ކުރޭތޯ.....އަންހެނުންނަށް ވެސް ހުރި ހުތުރެއް ތި މުޅި ބާޢީ އާއިލާތީ...

    122
    4
  13. ޑަރޭ

    އަލަގަހަކުން ކެޔޮނިރެ އް ނުފަޅާނެކަން ދަންނަންވާނެ.....

    114
    6
  14. ހަބޭސް

    ކަލޭގެ އަޕްޕައަކީ ގޮތެއްފޮތެއް ހުރިމީހެއްނޫޫން ކަލޭވެސް ހަމައެހެން ދޯ

    119
    4
  15. Anonymous

    ކުރީގެ ރ.މައުމޫނުއާއި އެމަނިކުފާނުގެ އަޢުވާނުންނަކީ ފަހަކަށްއައިސް ތިޔަ ކަނބުލޯގެ ބައްޕާފުޅު ރ.ނަޝީދުގެވެސް އަޢުވާނުން ނޫންތޯ؟؟؟ކަނބުލޯގެ ބައްޕާފުޅު ރ.ނަޝީދު ތަންފީޒުކުރަން ޖެހުނު ދިގުމުއްދަތުގެ ޙުކުމުން ސަލާމަތްވެ މިއަދު އެމަގާމުގައި ހުރެވުނީ ރ.މައުމޫނުއާއި އޭނަގެ އަޢުވާނުންގެ މަސައްކަތާއި ހޭދަކުރި ލާރިތަކުން ހުޅުވުނު ދޮރަކުން ނޫނޭ ބުނެވޭކަށްނެތެވެ، އެކަމުގައި ރ.ޔާމީނުގެ ވެރިކަން ބަދަލުކުރަން ރ.މައުމޫނު ކުރެއްވި ބުރަމަސައްކަތާއި ހޭދަކުރި ރިޝްވަތު ފައިސާފުނިތަކެއްގެ ސަބަބުވާކަން ކަނބުލޮއަށް ހަމަ ނެއެނގެނީބާއޭ؟؟؟؟

    116
    5
  16. ސަދސަ

    އެއިގެ އަންހެން ވައްތަރު ދޯ ؟

    106
    5
  17. ސަމިި

    މިކަހަލ ލަދު ކުޑަ މީހުންނާ ދިމާލަށްވެސް މި މިލިޔަނީ .ދަރިކަނބަލުންނޭ މި ނޫސް ތަކުންވެސް .މީ ދިވެހި ބަހަށްވެސް ކުރެވޭ މަލާމާތެ އް

    115
    6
  18. ބުއްޅަ އެކްސް

    މިމަންޖެ އަށް ދުރުސުލް އަޚްލާގު ދަސްކޮށްދޭންފެނޭ ހާދަ ގަބުޅިޔޭދޯ އަވަހަށް އާދޭ ހެޔޮލަފާ އަޚުލާގު ރަގަޅު ކުއްޖަކަށް ހަދާދީފާނަށް މިހާރު މަންޖެދެކެ އިބިލީސްވެސް ބިރުގަންނާނެ

    110
    3
  19. ހަމައެއްގޮތް

    މުސްކުޅިންބުނާ ހަރުބަހެއްއޮވޭ އެއީއަލަގަހަކުންކެޔޮނިރެއްނުފަޅާނެޔޭ

    95
    3
  20. ދޭސީ

    މިހާރު ކޯވިޑް19 އަށް ވުރެ ނަޝީދުގެ ނުރައްކާބޮޑު...

    106
    5
  21. މުނިޔަވަސް

    ކަލޭ އައއްޕަ ގޮތް މިހާރުވެސް އެނގިއްޖެ ކަލެޔަށް ދީފަ ހުރި ތަރުބިއްޔަތުންވެސް. އަހަރެމެން ލަދުގަނޭ. އެމްޑީޕީ އަކަސް ކަލޭ ބައްޕަ ޖަހާހާ ބެރަކަށް އެންމެންނެއް ނުނަށާނަން މިހާރަކު. މިވެރިކަންވެސް ވައްޓާލާފަ މައިތިރި ވާނީ

    101
    6
  22. 😲😲

    😂😂😂 އޭއްޗަށް ލިބުނީ ހަމަ އޭތި😲😲😲

    88
    3
  23. ދުންތަރި

    ކެޔުގަހަކުން އަލަގަހެއް ނުފަޅާނެ ނަޝީދުގެ ދަރިން ނަޝިދަށްބ=ވުރެ ގޮތްކުޑަވާނެ އެއީ ޝައްކެއްއޮތްކަމެއްނޫން ނަޝީދުގެ ޢަމަލްތަކާ ބަސްމަގަކީ ދިވެހިންނަށް އެޅޭނެކަމެއްނޫން ނަޝީދުގެ ދަރިން އެއާސްވުރެ ކުރީގައުޅޭނީ އެހެންތާވާނީ ލާދީނީ މީހުނާ ލާދީނީ މީހުންގެ ދަރިގެ ކިބައިގަ ހުންނާނީ އެ ސިފަ ލަދުހަޔާތެއް ނުހުންނާނެ ކިޔާކަށް ވަކި އެއްޗެސް ކުރާކަށްވަކިކަމެއްނޯންނާނެ މިފަދަ މީހުގެ ދީނީ ޢަޤީދާ ވަރަށް ބަލިކަށިވާނެ

    76
    1
  24. ކުރި

    މީރާގެ ކޮލިޓީ ތިހަރަގެންވ ފެންނަނީ. ބަ އްޕަކަހަލަ ގޮތެ އް ފޮތެ އްވ ނެތް ދަރި އެ އް. މިގަ އުމުގަވ ރަ އީސްކަންކުރި މީހެ އްގެ ދަރިޔެކޭ ބުނާތީވެސްވ ލަދުގަނޭ.

    91
    3
  25. ބޯކިބާ

    ތާކުން ކަނބިއްޔެއް ގޮވާލިއަސް ކަލޭމެން ނޫހުގަ ޖަހަންޖެހޭވިއްޔާ.

    82
    3
  26. ރައްޔިތުން

    އާއިލީ ޒާތީ ވީ ދޯ.

    51
    2
  27. މޫސަ

    އަލަ ގަހަކުން ކެޔޮނިރެ އް ނުފަޅާނެ. ބަފާގެ ހުރި ހަޔާތް ކުޑަ ކަމާ ލާދީނީ ކަން އެބަހުރި. އައ އުރަ ނިވާ ނުކޮށް ވި އްޔާ މަގުތަކުގަ ތެޅިބާލަނީ

    72
    3
  28. ސާމިޔާ

    ލަދުހަޔާތުގެކަންފުޅެއްވެސް ނެތީއޭ ދޯ ؟

    81
    3
  29. ޢަނިލް

    ކޮ އެފުޅާ އަލަގަހަކުން ކެޔޮނިރެ އް ނުފަޅާނެ....
    އެކަމް އެކަން މަޢުމޫން އަށް ވެސް ނޭގޭ....
    ޢަދިވެސް އަންނި އާ އެކު

    68
    3
  30. ޞަމަދުބެ

    މުޠުލަޤަށްވެސް ބާޣީއެއް ވަހީދަކީ. ކޮމެންޓު ނުޖެހިޔަސް ހަގީގަތްވާނީ ހަގީގަތަށް.

    14
    99
  31. ނަބީހް

    އަލަގަހަކުން ފަޅާފަ އި ހުރި އަލަ ނިރެ އް

    67
    3
  32. އަލީ

    މީހާއައްވުރެމީހާގެއަނގަ.........

    61
    1
  33. ދޮގު

    ބަފާގެ ހުރި ހަޔާތްކުޑަކަން އެބަހުރި. އެކަން މިހިރަ ފެންނަނީތާ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. ދެން ވިސްނަބަލަ މިގައުމުގެ މުސްތަގުބަލު އޮންނާނެގޮތް

    71
    4
  34. ނަސްރު

    ލަސްނުކޮށް ތި ބައިގަނޑު މިޤައުމުން ބޭރުކުރަން އެބަ ޖެހޭ.. ތި ގޮތްކުޑަ އަންހެނާޔަށް ބުނެލަން އޮތީ މަރުވާނެ ކަން ހަނދާން ބަހައްޓާށޭ.. އެ އައް ފަހު އަދި ދުނިޔެ ފެށުނިއްޔޭ.. އަވަހަށް ތައުބާވެ މީހާގެ ނަފްސު ތޯހިރު ކުރާށޭ.. ތި މަންޖެ ބައްޕަ އަކީވެސް ކާފަރަކަށް ވުރެ ނުބައި މީ ހެކޭ އެމީހާ އަށް ވެސް ނަސޭޙަތް ތެރިވެ ތައުބާ ވުމަށް އަވަސް ކުރާށޭ.. ވަﷲ އައުލަމް.

    67
    2
  35. މަރީ..

    ފެން ނުވަރާ މޫނު ނުދޮވެ ހުރެގެން އަނެކުމްނަށް މަޅާމާތް ކުރުން ތީ ބަލައިގަންނަ ކަމެއް ނޫން. ބޮލު ފުނާ ނާޅާތާ ޝޭމްޕޫ ކޮޅެއް ލީ ދުވަހެއް ހަނދާން އެބަބުރިތަ.. ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ

    64
    3
  36. ކުރަފި ކެރަފާ

    މިދެން ކާކު...

    59
    1
  37. އެޖެންޓް 19

    އެހެންވެގެން ނޫންތޯ މުސްކުޅިންބުނެ އުޅެނީ އަލަގަހަކުން ކުޔޮ ނިރެއް ނުފަޅާނޭ އެއެއްޗެއްގެ ހުރި ދިޔައެއް އެއެއްޗަކުން ނުކުންނާނީ

    62
    3
  38. ާބޭކާރު

    ނަސީދު ގެ ވެރިކަން ވެއްޓުނީ ނަސީދު އަމިއްލަޔަށް ފޭއްސި އިލޮށި އަމިއްލަ ލޮލަށް ހެރިގެން. ޥަހީދާ މައުމޫނާ ނަސިދުގެ ދަރި ދިމާކުރުމަކީ ގޮތްކުޑަކަން. ގާނޫނުެަސާސީ ގަޑުބަޑުކޮށް ބާރުތަެއް އަތައް ނެގިކަމަށް ނަސީދު ލިއުނު ލިއުމުގެ ކޮޕީ ހަވީރު ނޫހުން ނަގާފަ މިއޮތީ .ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށްނެގިކަމަށް ލިއުއްވާ ގާނޫނުެަސާސީ ވަނީ ހުއްޓިފާ ކަމަށް ނަސީދު އިއުލާން ކުރެއްވުމުން ހައްގުތަކާ މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާއާ ،ވަޒީރުން ނާ ކޯޓްތަކާ މިނިވަން މުވައްސަސާތައް ނެތިގެންދާނެ.މަގާމް ތައް ދިރި ހުންނާނީ ގާނޫނުއަސާސީ އަށް އަމަލުކުރެވެމުންދާނަމަ.ގާނޫނުއަސާސީ ދުސްތޫރު ހުއްޓުވައިފިނަމަ ބާރުތައް ގަޑުބަޑުކޮށް އަތަށްނަގައިނަމަ ގާނުނު އަސާސީގަ ކަނޑައެލިފައިވާ ހައްގުތަކާ މަގާމް ތަކެއް ނުހުންނާނެ އެ އަމަލު ހިންގެވިފަރާތެއް އޮޓަމެޓިކުން ހުންނާނީ މަގާމުން ވަކިވެފަ.ދެން ހުންނާނީ ބާގީ ޑިކްޓޭޓަރެެއް. 7 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ގާނޫނުއަސާސީ އަލުން ހިންގަންފަށާ ބާރުތައް އަލުން އިއާދަ ކުރެވުނު ދުވަސް

    59
    2
  39. ދިވެހި ރައްޔިތެއް

    ހަރުބަހެއްގަ އޮވޭ "އަލަގަހަކުން ކެޔޮނިރެއްނުފަޅާނޭ"
    ބަލާވެރިކަން ދަރިދަރިކޮޅަށް ދާންދެން ދެމިގެންދާތަން ތިޔަފެންނަނީ. ދިވެހިރައްޔިތުން ި ޤައުމުގެ މުސްތަޤުބަލާދޭތެރެ ނުވިސްނާނަންތޯ؟ މީ ހިތާހިތާ އަބަދުވެސް ކުރެވޭ ސުވާލެއް. މި ޤައުމުގެ ވެރިކަމަކީ ކެނެރީގޭ ނަޝީދުގެ ތަރިކައެއްނޫން، މީ އަހަރެމެންނާ އަހަރެމެންގެދަރީންގެވެސްވެސް ޤައުމު.

    60
    2
  40. ޢާދަނު

    ކެޔޮގަހަކުން އަލަނިރެއްނުފަޅާނެ

    51
    2
  41. މާރިޔާ، ނުވި ދޮންމަންމަ

    މި އީ ވަރަށް ހަޔާތްކުޑަ އެ އްޗެ އް.

    64
    2
  42. އަޙްމަދު

    ޖަންގަލީގެގޮތްގަޑުމީނާގަހުރީލަދުވެތިދޯ
    އއއ

    57
    3
  43. މާލޭސޮރު

    މިދައިތަވެސް ވަރަށް ވޭ ޤައުމުގެ ރައީސްކަމުގަ ހުންނަ ހިތް

    64
    2
  44. މީނާ

    ބަލަ މީރާ މީހުންނާ ރިވެތިބަހުން މުއާމަލާތްކުރަން ދަސްކޮށްދޭ ކޯހެއް ހަދަންވީނު ތިޔޮއްޅަ ޢުމުރުގައި މާސިޔާސީވެގެން ބޮޑެއްކުޑައެއް ވަކިނުވާ ހިސާބަށްދަނީ އަނެއްކާ ރަނގަޅުތަ މަންޖެ

    24
    2
  45. ރާނީ

    މިމަންޖެ ގޮވައިގެންގޮސް ރީތިބަހުން މުއާމަލާތް ކުރަން ދަސްކޮށްދޭ ކޯހެއްހައްދުވަންވެއްޖެ ބޮޑެތިމީހުންނަށް އިހްތިރާމްކުރަން ނޭގުމަކީ މީހާގައިވާ އުނިސިފައެއް ކަމަނާ ހަމައިގައިތަ ހުންނެވީ

    22
    2
  46. ކިނޮޅަހު ބޭރި

    ބަފައެކޭ ދަރިއެކޭ އެއްގޮތް. ގޮތެއް ފޮތެއް ނެތް. މިފަދަ އެއްޗެހިންނާ ހެދި ލަދުން ބޯހަލާކު.

    28
    2
  47. ކަނބާ

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަން އެންމެނަށްވެސް އެނގެންޖެހޭނެއެވެ.

    21
    2
  48. ހަސަން

    މުޑު ދާރުއެޢްޗަކުން ނުކުންނާނީ މޫޑުދާރު އެއްޗެއް

    26
    3
  49. ދަރަނި ދަންތުރަ

    ކެޔޮ ގަހަކުން އަލަ ނިރެއް ނުފަޅާނެ ....

    22
    2
  50. Anonymous

    މިއެއް ނުގުޑާނެ. 400 ތަމްބްސް އަޕް. 200 ކޮމެންޓު. ތީ ތަ ޢަދަދަކީ. %40 ވޯޓަކީ އަހަރުމެން. ދަންނާތި.

    13
    1
  51. ރާކަނި

    ކަމަނާގެ ބައްޕާ ފުޅާއެކު އިގިރޭސި ވިލާތުގެ ފައްޅިއަށް ވަޑައިގެން އުޅުއްވާ ގޮތަށް މިލޮބުވެތި ފަސްގަޑުގައި ނޫޅުއްވޭނެ ނޫންތޯ؟ އަޚްލާޤަކީ މީހާ މާތްކޮށް ދޭ އެއްޗެއް ތިވަޑައިގެންނެވޭ މަގަކީ މާތާހިރު މަގެއްނޫން. ހަމަ ބުއްދީގައި ނުހުންނަވާ ވަގުތު ތަކުގައި ގޯސް ހެއްދެވޭނެ އެކަން ކަމަނާވެސް ޤަބޫލުކުރައްވާ. މީހުންނަށް މަލާމާތްކުރުމާއި ހުތުރު ބަސްތައް މިއަދު ބޭނުންކުރައްވާ ނަމަ މާދަމާ ކަމަނާގެ ދަރީން ހަމަ އެމަގުން ހިގާނެ.

    23
    1
  52. ރަޝާދު

    މި މަންޖެއަކީ އޭނާގެ ބަފާކަހަލަ ގޮތްކުޑަ މީހެއް. ވެރިކަމާއި ތޮޅެވޭތޯ އަނގަ ފުޅީކުރަން ފެށީތާ؟

    29
    2
  53. އަހަމެދު ފުޅު

    މިޢާޓިކަލް ކީއިރު ރިއީސް ނަސީދު ދަރިފުޅު ބުނީ ކީކޭކަމެއް ނެެއްސާފުވާކައް ހުތުރު ކިހާ ހުތުރު ކަންެ ؟ މުގުތަމައު ބަލާނުގަންނަ ހުތުރު ކޮންވާހަކައެއް؟

    5
    13
  54. ަަައަސްލޭ

    ލާދީނީވެގެން ވެރިކަންކުރަން ރައްޔަތުން ނުރުހިގެން ވެރިކަމުން ބޭލީމަ ބާޤީންނޭ ކިޔާނެކަމެއް ނެތް ނަޝީދަކީ ވެރިކަން ކުރެވޭވަރުގެ މީހެއްނޫން

    22
    2
  55. ހަސަނު

    ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގެ ނެގީމާ

    20
    1
  56. އިބޫ

    ދުނބުރިއެއް ކިތައްމެ ވަރަކަށް ދޮންކުރިއަސް އަނބަކަށް ނުވާނެ ތިޔަ މީރާ ދުވަހަކުވެސް ރަނގަޅެއް ނުވާނެ

    20
  57. ސޯޅަ ގެވަޅު

    މުސްކުޅި ބަހެއްގައިބުނޭ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނޭ. އަހިވަކާ ޖެހި އަހިވައް ފާވާނޭ. ދަރިންކޮޅުގެ ކިބައިފެންނަނީ ނުބައި އަޚްލާޤެއް. ކައިރިވާ ކޮންމެ މީހަކީވެސް ފަޟީހަތްވެ. މުޖުތަމަޢު ބަލައި ނުގަންނަ ފެންވަރަށް އަޚްލަޤު ދައްވެއްޖެ މީހެއް.

    8
    1
  58. އަބުޅޯ

    ކޮބައިތަ ތިބުނާ ރަގަޅު ދަރިންނަކީ؟ އެދުވަހު ކަންހިނގި ގޮތް އެކުދިންގެ ލޯމަތިންނޭ ހިނގާ ދިޔައީ .

    3
    7
  59. ދުނިޔޭގައި

    މީހުން މަޝްހޫރުކަން ހޯދުމަށާއި ތިމާ އަކީ އަނެކުންގެ ކުރިމަތީ މޯލު މީހެއްކަމަށް ދެއްކުމަށް މަލާމާތާ ފުރައްސާރަ ކުރުމަކީ ކޮށްއުޅޭ ކަމެކެވެ. އެގޕތުން ހަޑިހުތުރު ބަހުން މުޚާޠަބުކޮށް އަގުވައްޓައިލުމަ މަސައްކަތް ކުރުމުން ގެއްލެނީ ތިމާގެ އަގުކަން ނުވިސްނެއެވެ. ޚުދު ތިމާއަކީ ކާކުކަން ވިސްނުމުގެ ކުރިން އަނެކުންނަށް އެއްޗެތި ގޮވައި މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ ތިމާއަށް އެކަމުގައި ފަހުން ހިތާމަ ކުރަން ޖެހޭ ކަންކަމެވެ.
    ކޮންމެއަކަސް ނަޝީދަކީ ރާއްޖޭގެ ނާތަހުޛީބު ބައްޕަ އެވެ. އެންމެ ގޮތްކުޑަ ރައީސެވެ. އެންމެ އަނިޔާވެރި ވެރިމީހާއެވެ. ތަންދޮރު ނުދަންނަ މީހާއެވެ.

    6
    2
  60. އައްޓަމަސް

    "މުޖުތަމަޢުގެ އަޙްލާޤީ މިންގަނޑަށް ނުފެތޭ ބަސްތަކެއް ބޭނުން ކޮށްފައި ވެއެވެ". މީރާ ލައިލާ ނަޝީދުބުނިކަމަށް ނޫހުގައިއޮތީމައި ހައިރާންވެއްޖައިން،ކޮބާބާ ތިބުނާ މުޖުތަމުގެ އަޚުލާގީ މިންގަނޑަކީ؟
    1- މަޖިލިސްގައި މެމްބަރުން އެކިޔާލާ "ބެރެކިރައިވަރު" ތައްތަ؟
    2- މީޑިޔާތަކުގައި ސިޔާސީމީހުން (ޖާބިރުމެންފަދަ) އަމުނާލާ "ބަނދިވަރު" ތަ؟
    3- ކަންކަންމަތީގައި ޒުވާނުންގެ އަނގަމަޖާކުރުމުގައި ބޭނުންކުރާ "ބަސްމަގު" ތަ؟
    4- ރައްރަށުގެ ހޮޅުއަށިތަކުގައި އަނގަމަޖާކޮއްލުމުގައި ބޭނުްންކުރާ "ފާތިހާފުޅު" ތައްތަ؟
    5- ނުވަތަ ގޭތެރޭގައި ދެމަފިރިން ހިތްހަމަނުޖެހިލީމައި ކުދިދަރިން ތިބިކަންވެސް ރޭކާނުލާ އެކިޔާލާ "ހަމްދު ސަނާތައް"ބާ؟
    ތިޔަބުނާ އަޙްލާޤީ މިންގަނޑެއް މިތާއެބައޮތްތަ އެއްކަމެއްގައިވެސް؟
    ހ- ޓުއަރިސްޓުން ހެދުންއަޅަން ގަވާއިދެއްހަދައިގެން ޓުއަރިސްޓުންނަށް ލީފުލެޓުހަދާފައި ބެހީމައި އެވެރިން އެގޮތަށް ހެދުންއަޅައިގެން ރަށަކަށްއަރާއިރަށް އެމީހުންނަށް ފެންނަނީ އެޔާއިދިކޮލަށް މުޖުތައުގެ ހެދުންތައް ހުއްޓައި!
    ށ- ޓުއަރިސްޓަކު "ލޯކަލުބީޗު"އަކަށްގޮސް މޫދަށް އެރެންބަލާއިރު "ނޯބިކިނީ" ބޯޑުހުންނާނެ އެކަމަކު އޭނައަށް ފެންނާނީ ދިވެހިން ފޮތިކޮޅަކުން "ލަނގޮޓިމަރައިގެން" ކުދިދަރިން ބިކިނީލައްވައިގެން މޫދުގައި ތިއްބާ
    ނ- ހޮޓާތަކުގައި "ސިގިރެޓުބުއިންމަނާ" ޖަހާފައިހުއްޓަ ބޭރުމީހަކު ވަންނައިރު މިފެންނަނީ އެންމެން "ދުންއަރުވަނިކޮށް"
    ކޮންމެވެސް ކޮމްންޓުވެރިއަކު މަށަށް އެބުނާ މުޖުތަމުއުގެ "އަޚުލާގީމިންގަނޑު" ބުނެދީބަލަ

    2
    3
  61. ޖާބިރު

    ތިއީ ތެދެއްނަމަ އެ ޓްވީޓްގެ ފޮޓޯއެއް ނުޖެހީ ކީއްވެ؟ ހަޑި ބަސްތައް ކަނޑާފަ ޖެހޭނެއެންނު. ދޮގެއްހެން ހާދަ ހީވެޔޭ. އެހެން ނޫންނަމަ ތިޔަ ވައިރަލް ވެގެން ފޭސްބުކާ ވައިބާ ގަ ވެސް އުޅޭނެ

    1
    1