ރާއްޖެ އިން ބޭރުން ރާއްޖެ އަންނަ މީހުންނާއި، މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތައް ގޭގައި ކަރަންޓީން ކުރުމަށް ސަރުކާރުން ނިންމާފައި އޮތް އުސޫލު ތިން ވަނަ ފަހަރަށް ބަދަލު ކޮށްފިއެވެ.

މިރޭ އެންމެ ފަހުން އުސޫލަށް ގެނައި ބަދަލަކީ 24 ދުވަހު ގޭގައި ކަރަންޓީން ކުރުމުގެ ބަދަލުގައި 14 ދުވަހަށް ފަހު ކަރަންޓީންގައި ތިބޭ މީހުން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ނިންމުމެވެ.

ގޭގައި ކަރަންޓީން ކުރަން ނިންމި އުސޫލަށް ފުރަތަމަ ގެނައި ބަދަލަކީ ކަރަންޓީން ކުރާ މީހަކަށް ވެސް އަދި އެގޭގެ އިތުރު އެހެން މީހަކަށް ވެސް ގެއިން ބޭރަށް ނުނިކުމެވޭ ގޮތައް ނިންމި ނިންމުމެވެ. ނަމަވެސް ފަހުން ވަނީ ގޭގައި ތިބޭ މީހުން ވެސް އަދި ކަރަންޓީންގައި ހުންނަ މީހަކު ވެސް ބޭނުން ނަމަ ގެއިން ބޭރަށް ނިކުތުގެ ހުއްދަ ދީފައެވެ.

އެނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމުން އެޗްޕީއޭ އިން ވަނީ ކަރަންޓީން ކުރާ މީހުންނަށް ގެއިން ނުނިކުމެވޭ ގޮތައް، ނަމަވެސް ގޭގައި ދިރިއުޅޭ މީހުން ކޮންމެހެން ގެއިން ނިކުންނަން ޖެހިއްޖެނަމަ ގެއިން ނިކުތުމުގެ ހުއްދަ ދީފައެވެ. އެހުއްދަ ދީފައި އޮތް ނަމަވެސް މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ގޭގައި މީހަކު ކަރަންޓީން ކޮށްފިނަމަ އެގެއެއް ހުންނާނީ މޮނިޓަރިން ހާލަތުގައި ކަމަށެވެ. އެހެންކަމުން ގެއިން މީހުން ނިކުތުން މަނާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯގޯސް

  ސާބަހޭ މަޢިމޫނާ ކަނބުލޮވަރުގެ އަންހެނެ އް ހިޔެ އްނުވޭ ދެން އެޗްޕީ އޭ އައ އް އަންނާނެހެން ދެ އިރު ދެދަޅަ އައށް ބަޔާންނެރުމަ އް ކަނބުލޮވަރުގެ އަންހެނަކު ނެތް އަޅެ ސަތޭކަދުވަސް ހަމަޖަ އްސާލަބަލަ ދެންނެރޭ ބަޔާނެ އްގަ މިވެރިކަމަ އްވެސް ސަތޭކަދުވަސް ހަމަވިހެންވެސް ހީނުވެ އެއްނު

 2. ައަހަންމާ

  ކަމަކަށް އޮތީ ގުނބޯ ހެއްދުން

  10
 3. ފިލޯސަފަރު

  އިސްލާހުކޮށް އާ ވާޝަން ނެރުމަކީ އިންސާނުން ކުރާ އެކަޑަމިކް ކޮންމެ މަސައްކަތެއްގެ ވެސް އޮންނަ ކަމެއް. ތަޖުރިބާއާއި، އާވިސްނުންތައް އެކުލަވާލައިގެން ރަނގަޅު ޕްރޮޑަކްޓް އަޕްގްރޭޑް ކުރުމަކީ އާކަމެއް ކަމަށް ހީކޮށް ފަނާކުރުވަނިވި ފާޑުކިޔުމަކީ ވިސްނިމުގެ ކޮށިކަމެއް!

 4. މަބޭ

  މިހާރު އެޗްޕީއޭގެ އުސޫލުތަކަކީ މިގަރުނުގެ ޖޯކްއަކައްވެއްޖެ 24 ގަޑިއިރުތެރޭ 3 ފަހަރައއް ބަދަލުވެއްޖެ

  3
  1