ރައްޔިތުންގެ މަޖިލީހަށް އާންމުން ހުށަހަޅާ ސިޓީތަކުގެ މައްސަލަތައް މިހާރަށް ވުރެ އަވަސް ކުރެވޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އާންމުން ފޮނުވާ ސިޓީތަކުގެ މަސައްކަތް އަވަސް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާ ދެ ބޭފުޅުން އަރިހުގައި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ވާހަކަދައްކަވައިގެން އެ މައްސަލަތައް އަވަސް ކުރަން އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

އަދި މަޖިލީހަށް އާންމުން ފޮނުވާ ކޮންމެ ސިޓީއަކީ ވަކި މައްސަލައެއް ކަމަށް ބަލާ ނަމަ އެ މައްސަލަތައް ގިނަވެ، މައްސަތައް ކުރިއަށް ގެންދަން އުނދަގޫވާތީ އެ ނޫން ގޮތެއް އެކަމަށް އޮތްތޯ ވެސް ބައްލަވަމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮންމެ ސިޓީއަކީ ކޮމިޓީ ބައްދަލުވުމަށް ހެދެން ނެތް ކަމަށާއި ކޮންމެ ސިޓީއަކާ ގުޅިގެން ކޮމިޓީ ބައްދަލުވުމެއް ބާއްވާނަމަ މައްސަލަތައް ކުރިއަށް ގެންދަން އުނދަގޫވެ ކޮމިޓީތަކަށް ބުރަ ބޮޑުވާނެ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ކޮމިޓީތަކުގައި އާއްމުން ފޮނުއްވަވާ ސިޓީ އެބަ ހުރި. އަދި އެއީ ރާއްޖޭގެ ރައްޔިތުންނަށް ހުޅުވިފައި އޮތް މަގެއް. ޝަކުވާ އުފުލުމަށް ރާއްޖޭގެ ރައްޔިތުންނަށް މި މަޖިލީހަށް ސިޓީބިޓީ ހުށަހަޅުއްވާ ހެއްދެވޭނެ. އެ މައްސަލަތައް އުސޫލެއްގެ ގޮތުން އަޅުގަނޑު ކަންކުރަމުން މި އަންނަ ގޮތަކީ މައްސަލަ އާއި ގުޅޭ ކޮމިޓީއަކަށް އެ މައްސަލައެއް ފޮނުވަނީ. ނަމަވެސް އެނގިވަޑައިގަންނަވާނެ މައްސަލަތައް ވަރަށް ގިނަ ވާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޗުއްޓީ އެއް ނެތި މަޖިލީހުގެ މެމްބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބަޑާދޫ

  ވަކިމައްސަލަ ވަކިމީހުންގެ ކޮބާ ސިޔާމައް ހަމަލާދިންމައްސަލަ މިއިންސާފްތޯ.

 2. ބަޑާދޫ

  ވަކިމައްސަލަ ވަކިމީހުންގެ ކޮބާ ސިޔާމައް ހަމަލާދިންމައްސަލަ މިއިންސާފްތޯ. ނިކަން ޢަދުލް އިންސާފް ޤާއިމްކުރެބަލަ މާތް ﷲ ގަނދީ ހުވާކޮށްގެން ތިބެ ތިމާމެންނަށް ކުރެވުނު ކޮށެއްނެތިގެން ވާހަކަ ދެއްކުމަކީ މާތް ﷲ އެކަންބައްލަވާ ވޮޑިގެން ވާނެ ކަން ތިޔަމައިކްކައިރިއަށް ކހުޓިހުރެ މިއަދު ބޭނުންހާ އެއްޗެއް ކިޔުމަކީ ވަރަށް ލަތުގެ ކަންފުޅެއްވެސް ނެތް ދަށުދަރަޖާގެ ކަމެއް

 3. އެމަންޖެ

  ބޭކާރު ލާދީނީ މީހަކު ރައީސް އަކައް ހުރެގެން ރައްޔިތުން ކީކުރަން މިމުޅި ގައުމައްވެސް ކަމެއް ނުކޮއްދެވޭނެ ، އިސްތިއުފާ ކެނެރީ ނަސީދު.

 4. ރައްޔިތުން

  ތިޔަ އުޅެނީ ކޮންމެވެސް މީހަކު ލައްވާ ކޮންމެވެސް ކަމަކު ސިޓީ އެެއް ވައްދަން، ދެން އެސިޓީގެ ކަންކަން ބަލަން، ދެން އެމީހެއް ބްލެކްމެއިލް ކުރަން ނޫނީ ޓާގެޓް ކޮށްގެން އެމީހަކު މަޝްރަޙުން ގެއްލުވާލާނެ އުކުޅެއް ކްރިއޭޓިވް ކުރަން،

 5. ބެއްޔާ

  ތިއަށްވުރެ ރަނގަޅުވާނެ ބޮޑުވަޒީރުގެ ކަންތައްތައް އަވަސްކުރިއްޔާ. ރަނގަޅަށްވިއްޔާ ޖޯރޭމެން ލައްވާ ސިޓީ ހުށަހަޅަިއގެން ކޮންމެވެސް ޖަރީމާއެއް ފަށަން ތައްޔާރުވަނީ. ބޮޑުވަޒީރު އޮޅާލަންވީނުން.

 6. ހުސޭނުބޭ

  މިއީ ކޯންޗެއް އެނގިގެން މިތަނަށް އަރާއިންނަ މިހެއްތަ؟ އެއްފަހަރު ބުނާނެ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ނުފޮނުވޭނެޔޭ! އަނެއްފަހަރު ބުނާނެ އަމިއްލަ މީހުން ފޮނުވާ ސިޓީތަކަށް އަވަހަށް ޖަވާބުދޭނަމޭ! އަޅެ އަބަދު ހިދުކޮޅުގައި އިންނާނީ!

 7. އަހްމަދު

  ޕާޓީ ކުދިން ފޮނުވާ ސިޓީތަކަށް އަމަލު ކުރައްވާ އެހެން ސިޓީތައް އެއްއަކުރު މަދޭ ކިޔާފަ ކެންސަލްކުރީމާ ނިމުނީ. މިހާރުވެސް ތިޔަހަދަނީ އެހެން.

 8. ރއީސް މުކޮސް

  މަގުމަތީީ ކޯޓެއްހަދާފަ މީީނަޔާ ހިންގަންހަވާލް ކުރަންވީ . މަޖލހުގެ މުޅި މެންޑޭޓް އޮޅުވައިލައިފ.......މީނަ ހަމައިގަ ހުންނަ އެންމެހިނދުކޮޅެއްވެސް ނާންނަނީބާ މިހާރު.....