ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިނަށް އިއްޔެ އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާދީފައިވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން، ހަލީމް ވަނީ އެހަމަލާ ކުށްވެރިކޮށް ބަޔާން ނެރުނީ ބަޣާވާތުގެ ބައިވެރިންކަމަށް ވެސް ސިފަކުރައްވާފައެވެ.

ވަކި ބޭފުޅެއްގެ ނަން ހަލީމްގެ ވާހަކައިގައި ވިދާޅު ނުވި ނަމަވެސް އޭނާ އެ ފާޑުކިޔުންތައް އަމާޒުކުރެއްވީ ރައީސް ވަހީދަށް ދިން ހަމަލާ ކުށްވެރި ކުރެއްވި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކަށެވެ.

ޖޭޕީ އާއި ރައީސް މައުމޫން ވެސް ވަނީ ރައީސް ވަހީދަށް ދިން ހަމަލާކުށްވެރިކުރައްވާފައެވެ.

"މި ރާއްޖޭގައި ވެންޓިލޭޓަރުގައި އޮވެގެންވެސް ވެރިކަންކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އިއްޔެ ބަޔާން ނެރުއްވާފައި އެބަހުރި. އިއްޔެ ބަޔާން ނެރުއްވި، އަޅުގަނޑަށް ހީވަނީ އޭގެ ތެރޭގައި އެއްލީޑަރު މިހާރުވެސް އޮންނަވާނީ ވެންޓިލޭޓަރުގައިހެން. އަމިއްލަ ހާލުގައި ހިނގާ ނޫޅުއްވޭ ބޭފުޅުން އެބަ ބަޔާން ނެރުއްވާ. އަދިވެސް ކުށްވެރިކުރައްވާފައި. ހުރިހާ ބަޣާވާތްކުރި ބޭފުޅުން ތިލަވެއްޖެ. އޮނަރަބްލް ޖައުފަރަށް އަޅުގަނޑު ފަސްފަށުން ޝުކުރިއްޔާ." އޭނާ ވިދާޅުވިއެވެ.

ރައީސް ވަހީދަށް ހަމަލާ ދިން ކަމަށް ބުނެ އާއްމު މީހަކަށް ކުރި ތުހުމަތުތަކަކީ ބަޣާވާތަކުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް އިންސާފު ހޯދުމަށް މަސައްކަތް ފަށަން ހުޅުވުނު ދޮރެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މަސައްކަތް މަޖިލީހުން މިހާރު ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުސޭނުބޭ

    އޭ ފީބިލަތްގަނޑާ! ފާދިއްޕޮޅުގައި ފެރީގެ ޚިދުމަތް ދޭނަމޭ ކިޔާފައި އެންމެ ފެރީދަތުރެއްވެސް ނުކޮށްދީ އަމިއްލަ ޕާޓީމީހުން ވެރިކަމަށް އައުމުން ތިމަންގެ ކުންފުންޏަށް އެކަމުން ގެއްކުންވެއްޖެއޭ ކިޔާ ބައިތުލްމާލުން އަލިފާނުގެ ގޮތުގައި 300 މިލިއަން ދިރުވާލައިގެން ތިހުރީ!

    96
    6
  2. އަސޭލާ

    ކަލެޔޯ

    40
    3
  3. Anonymous

    ބަގާވާތުގެ އަދީގަ ތިބި އެމެން ދިވެހިންނަށް އެނގޭ! ބޮދަކަށް ހުރީ ބާޣީ ވަހީދު. އެހެންވީމަ ގޮވާނެ. އެމީހަކަށް އަނިޔާވެ އިންސާފު ނުލިބުނީމަ އެމީހަކަށް ވީވަރެއް ކުރާނެ. މަހާނަމައްޗަށް މަޑިއަކަށްވެސް ޖެހޭނެ މީހުން ވެސް ތިބޭނެ.

    13
    88
  4. ކާފަބޭ2020

    ދޮންބިލެތާ! ތިޔަބުނާ ވެންޓިލޭޓަރުގަތިބިމީހުންގެ އެހީތެރިކަމާއެކު ތިޔަތަނަށްވަދެވިގެންތިޔައުޅެނީ ! ވެރިކަމަށް ތިޔައާދެވުނީވެސް ވެންޓިލޭޓަރުގަތިބިމީހުންގެބުރަމަސައްކަތުން! ޤާސިމާމައުމޫނާވިސްނަވާ! ތިޔައޮތީ 7 ފަހަރަށްވެސްކަށިިޖަހާފަ އެކަމަކުވެސް އަމިއްލައެދުމާހެދިތަދު ގަބޫލުކުރާނެހިތްވަރެއް ވެންޓިލޭޓަރުގަތިބިބައެއްގެ ނުހުންނާނެތާ!؟

    41
    5
  5. ސާމިޔާ

    ބިލެއްމަނިއްޕުޅުވެސް ހީކުރާގޮތް އޮތަ ....

    69
    5
  6. ހުވާ

    ގަ ދަބަސް ނުބުނޭ، ކުރިން ވެންޓިލޭރުގަ އޮންނަން ޖެހޭނީ ތިޔަ މުޑު ދާރު ބައިގަނޑު ނޫންކަމެއްވެސް ނޭނގެ، ﷲއީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ.

    82
    5
    • އަހްމަދު

      މިހާރުވެސް މިސަރުކާރު މިއޮތީ ވެސްޓިލޭޓަރުގައި އަދުތޯ މާދަން ވެފާ.

      43
      3
  7. ބެއްޔާ

    ހީލަތުން 300 މިލިޔަން ރުފިޔާ ދިރުވާލިއިރު ވެންޓިލޭޓަރަށް ލާނެކަން ހަނދާނެއްނެތްތާ. އަދި ކަންތައްތައް އޮތީ ކުރިޔަށް. ކާކުކަމެއް ނޭނގޭ ކުރިން ވެންޓިލޭޓަރަށް ލާންޖެހޭނީ.

    34
    3
  8. ބިލެތުގެ ދާމޫގަނޑު

    ބަލަގަ ނުކިޔަވާ ތިބޭ ކުދިންވެސް މަޖިލިސް އަށް ވަންނަން ބޭނުންވޭ މަވެސް އުޅެނީ ނުކިޔަވާ ފައިގަތަޅާ ކުޅެން އެކަމު މަވެސް ބޭނުން މަޖިލިސް އަށް އަރާ ކޮސްގޮވަން ވަރަށް ސަލާމް.

    32
    2
  9. މުފައްކިރު.

    އިޖްތިމާޢީ ޢަދާލަތު ރޫޅި ގަދަރާ އިޙްތިރާމް ވެއްޔާ މޮޑެވި ގައުމެއްގެ ސިފަ އަށްވުރެ ބަނދަރުމަތީ ސިފަ ޢާއްމުވެ މިވެރިކަމުގަ ހިގާ ކަންކަމުގެ ސަބަބުން ރައްޔިތެއްގެ ދަރަޖާގަ ގައުމުގަ ހުންނަންވެސް ލަދުގެންފި.

    28
    1
  10. އަލީ ނާޒިމް

    ވެރިކަމާ ދަންޖެހޭ މީހުން އެބަފެނޭ! އަމިއްލަ ޕާޓީގެ ވެރިކަމުގައިވެސް ހައިޖާނު ހިނގައިގެން ނަމަވެސް ބޮޑު ވަޒީރުކަން ހޯދަން!!

    32
    1
  11. ޒަބީބު

    މިމީހުންގެ ނަޒަރުގައި ނަޝީދު ނޫން އެހެން ހުރިހާ އެންމެން ތިބެނީ ވެރިކަމާހެދި ބޫތުކައިފަ. އެކަމަކު ހަޤިޤަތަކީ އަސްލު ވެރިކަމާހެދި ބޫތުކައިފަ ހުރީވެސް ވެރިކަން ނުލިބިގެން ކެއްމަދުވެގެން ބައާވާތްކުރަނީވެސް ދެވެނަ އެހެން މީހެއް ނޫން - ހަމަ ނަޝީދު.

    އަނެއްކޮޅުން ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ ވެރިކަން ހިންގަން ފެށުމާއި ހިސާބުން އެމްޑީޕީ ތެރޭގައި ނަޝީދު ނޫން އެހެން އޮޕްޝަން ހުރިކަން އެމްޑީޕީގެ ޢާއްމު މެމްބަރުންނަށް މިހާރު ވާނީ ކަށަވަރު ވެފައި. ވީމާ މިހާރު ނަޝީދުގެ މަޤްބޫލް ކަން ޕާޓީ ތެރޭގައި ގެއްލިގެން ދާން ފެށުމާއި އެކު ދަރިފުޅާއި ދެން ތިބި ނަޝީދުގެ ފަލްސަފާ އަށް ތާއިދުކުރާ މަދު ބަޔަކު ނެރެގެން އަލުން ބާޣާވާތުގެ ކާޑު އެހެން ގޮތަކަށް ކުޅެން ފެށީ. މިއަށް ކިޔާނީ ބާރިހާކުރު އާފުޅިގައި ވިއްކުން. އެހެންތާ ވާނީ ޕޮޕިއުލަރިޓީ ބޫސްޓް ކުރަން ބަޣާވާތުގެ ކާޑު ނޫން އެހެން އެއްވެސް އެއްޗެއް މިހާރު ނެތް ވިއްޔާ! އަނެއް ކޮޅުން ކޮށި ދަނޑު ގެއްލި، މަރިޔަމބު ގެއްލި ކަތިވަޅިވެސް އެއޮއްގެން ގެއްލެނީ ވިއްޔާ! ނޫނޭ އަންނިއަށް ވާ ސާބަސް. ވެރިކަމާހެދި ބޫތުކެޔަސް ތިޔައީ ދެން ބޮޑުވަރު. މިހާރު ތިޔަ ބާޣާވާގެ ވާހަކަ ޤާބޫލުކުރަނީ ދަރިފުޅާއި ބޮންޑޭއާއި ދޮންބި އެކަނި.

    31
    1
  12. މުހަންމަދު ނަސީދު

    ގަ ދަބަސް ނުބުނޭ، ކުރިން ވެންޓިލޭރުގަ އޮންނަން ޖެހޭނީ ތިޔަ މުޑު ދާރުމީހާ ނޫންކަމެއްވެސް ނޭނގެ، ﷲއީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ހުކުރުމިސްކިކާރީ ދޮގުހުވާކުރިހެން ތިއުޅެނީ އަދިވެސް ބިލެއްމަނިއްޕުޅުވެސް ހީކުރާގޮތްދޯ.....

    26
    2
  13. ޒިންދަގީ

    ސުބުޙާނަﷲ މިގައުމުގެ ޙާލަތު މިހާރު އޮތް ހިސާބު ނިކަން ދެކިބަލަ މިހިރަ މީހާވެސް މި ބުނަނީ "އޮނަރަބްލް ޖައުފަރަށް އަޅުގަނޑު ފަސްފަށުން ޝުކުރިއްޔާ." ބާޣީން މިވަނީ ޣާޒީންނަށް ހަދާފަ. ޣާޒީން މިވަނީ ބާޣީނަށް ހަދާފަ. ބިލެތަކީ ވަރުކަނދު ޅޮސް ނުވަތަ މުރަނގަފަދަ އާރުނުލާ ތަކެއްޗަށް އަރުވާ އެއްޗަކަށްވާތީ ކަންނޭނގެ މި މިސްމީހުން މިފަދަ ގޮތްގޮތަށް އޮށްތަރެއްނެތް ގޮތްގޮތަށް އަނގަ ތަޅަނީ. ހައްތަހާވެސް ބުއްޅަބޭގެ ގޮނޑިކޮއްކޮއިން.

    26
    1
  14. ހައްވަ

    ވެރިކަން ބޭނުން ނުވަނީ އަންނިދޯ؟ އެހެންވެދޯ އަބަދާ އަބަދު އެކަމަށް އަންނިއާ ކަލޭމެން މަރުފަލި ޖަހަނީ. މާތްﷲ އިރާދަފުޅުގައި އޮތް މީހަކު ވެންޓިލޭޓަރަށް ލާން ޖެހޭނެ. ކަލޭކަމަށްވެސް ހަމަ ވެދާނެ!

    31
    1
  15. އަހްމަދު

    ވެންޓިލޭޓަރުގައި ބަޔަކު ތޮބިކަމުގައި ވިޔަސް ކާކުތޯ ކުރިން މަރުވާނީ މީނާއަށް އެނގެނީބާ! ކިތަންމެ ގަދަފަދަކޮށް ކަލޭ ހުއްޓަސް ހަމަ ދާދި ކުޑަ ސިކުންތު ކޮޅަކުން ދާންޖެހިދާނެ!

    29
    1
  16. ޢބުރާހިމްބެ

    މިކަލޭގެކިޔާ އެއްޗެހިވެސް ނޫސްތަކައްއަރާތަ ތަންތާތިބޭޖާހިލުންގެވާހަކަ ލިޔާކައްނުވާނެ

    22
    1
  17. ވަގު

    ވެރިކަމާ ހެދި ހޭބަލިވެ ގެން ވަގަށް ވެރިކަން ފޭރިގަތީ ވޯޓުން ވައްކަންކޮށްގެން ވެރިކަމާއިހެދި އުޅެނީ ކޮންބައެއް ކަމެއް ނޭނގުނު އިއްޒަތް ތެރިމެންބަރު ތިހުންނެވީ ހަމައިގަތޯ؟

    24
    1
  18. ފުތާބެއްޔާ

    އެ ބޭފުޅާ ނޭވާހޮޅިއަށް އެޅިފަ އޮތަސް ގޮސް އާދޭސްކޮށްގެން ނޫން ގޮތަކަށް ތި ރީދޫ ޕާޓީއަށް ވެރިކަމަކަށް އާދެވެނީއެއްނޫން. އެހެންވީމަ ދެންވެސް ހަމަ ވެރިކަން ބޭނުންވީމަ ދާން ޖެހޭނީ އެބޭފުޅުން ކައިރިޔަށް ސަލާން ޖަހަން.

    13
    1
  19. ރާއްޖެ

    ކަލޭ މަރުވުމުގެ ކުރިން ވެންޓިލޭޓަރަށް ނުލާނެ ކަމުގެ ކޮން ގެރެންޓީއެއް އޮތީ؟

    14
    2
  20. ޙަސަނާ

    މިހިރަ ބިލެތާ އަހުލާގެއްނެތް މީހާ ރާއަތޮޅުރައްޔިތުންނައްފެރީގެހިދުމަތެއް ނުލިބިގެން ސަރުކާރުގަ އާދޭސްކޮއް އެކަމުގެ ހައްލު ހޯދާދިނުމަކި ކާލެއައްބަދަލުގެ ގޮތުގަ 300 މިލިއަން ލިބެންޖެހޭކަމެއްތޯ ދިޔަވާ 4 ދޯނި ހިފައިގެން ގޮސް 4 އަތޮލުގެ ވެރިޔަކައް ތިޔަބިލެއްދޯ ހުރި ބޮޑުމޔސާރަނަގައިގެން މާލޭގަ މަމީ އެމްޑީޕީ ބޮޑެކޭ ބުނާކޮންމެމީހަކައް ބަދަލުދީ ބައެތުލްމާލުދަވާލަންވެސް ވެންޓިލޭޓަރުގައޮވެގެންވެސް ތިބައިގަޑު ދުވާނެ