އެއްވެސް ފަރާތަކަށް ޒާތީ މަންފާއެއްވާ ގޮތައް އެއްވެސް އިކުއުޕްމަންޓެއް ހޯދާފައެއް ނުވާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
އެހޮސްޕިޓަލުން މިހެން ވިދާޅުވެފައި ވަނީ ހޮސްޕިޓަލަށް ބޭނުންވާ އިކްއުޕްމަންޓްތަކެއް ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ހޯދަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންގެ ފޮޓޯއާންމުކޮށް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.
އައިޖީއެމްއެޗުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ބައެއް ފަރާތްތަކަށް ޒާތީ މަންފާ ލިބޭ ގޮތަށް އައިޖީއެމްއެޗުން އެއްވެސް އިކިއުޕްމެންޓެއް ހޯދައިފައި ނުވާނޭ ކަމަށާއި، އަދި މިފަދައިން ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ފޮޓޯ އާންމުކޮށް ދައްކަމުން އަންނަ ވާހަކަތައް ކުއްވެރި ކުރާ ކަމަށެވެ. އަދި އެފަދައިން އަޑުތައް ފެތުރިގެން ދިއުމަކީ އެ ހޮސްޕިޓަލުން ނުހަނު ހިތާމަ ކުރާ ކަމެއް ކަމުގައި ވެސ ްބަޔާނުގައި ވެއެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ބަޔާނުގައި ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ހޮސްޕިޓަލުން މެޑިކަލް އިކްއުޕްމެންޓްތަކައި ކޮންސިއުމަބަލްސް ހޯދުމުގައި އަމަލުކުރަމުން އަންނަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
އަދި މިފަދަ އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިގަމުދާކަމަށް ޝައްކު ކުރެއްވިއްޖެ ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހެޅުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ކަމަށާއި، އެފަދަ ކަމެއް އެ ހޮސްޕިޓަލުންވެސް ހިންގައިފިކަަމަށްވާނަަމަ މައްސަލަ އޭސީސީއަށް ހުށަހަޅައިގެން ބަލައިދިނުމަށް އެދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލަތައް އޭސީސީއަށް ހުށަހެޅުމަކީ އެ ހޮސްޕިޓަލުން އަބަދުވެސް މަރުހަބާ ކިޔާ ކަމެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މިފަދަ ވާހަކަތައް އެއްވެސް ހަގީގަތެއް އޮޅުންފިލުވުމަކާއި ނުލައި ބައެއް ނޫސްތަކުން ރިޕޯޓުކުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކާއި ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ހާދަ ދޮގުވަސް ދުވައޭ
މިކަލޭގެ ދައްކާ ވާހަކަ އަޑުއަހާނީ ކާކު؟ ދޮގުހަދަނީ! މީނާއަކީ މިއީ އޭރު އެއަރޕޯޓްސް ކޮމްޕެނީގެ އިސްމަގާމުގައި ހުރެ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލި އެގްރިމަންޓްގައި ސޮއިކުރި މީހާއެއްނު!! ރައްޔިތުން އެދުވަސްމަތިން ހަނދާން ނުނެތޭ! އެއިރު އެކަންކުރި މީހުންނަށް ރިޝްވަތުގެ ގޮތުގައި 70 ވަރަކަށް މިލިއަން ޑޮލަރު އެކުންފުނިން ދިންކަމަށްވޭ!! މިއޮތީ ވަރުގަދަ ބަލާވެރިކަމެއް!!
ދޮގެއްވެސް ނޫން! ހުޅަނގު ފަރާތަށް ނޫނީ ދެކުނު ފަރާތަށް ފައިދާވާގޮތަށް އިކްއިޕްމަންޓް ހޯދާފައެއް ނޯންނާނެ! އެ ހޯދީ މީހަކަށް ފައިދާވާގޮތަށް!
ސީ.އޯ.ކާރިން އަހާ ބަލަ ވަކި ބަޔަކަށް ފައިދާވާގޮތަށް ނޫނީ ކީއްވެހޭ އަމިއްލަ ކުންފުނި ހަދައިގެން މެޑިކަލް ސަޕްލައި ވިޔަފާރީގެ ތެރެއަށް ވަދެގެން ތިއުޅެނީ.
ތިވާހަކަ ދެއްކީމަ ބަނޑޮހުގެ ވެރިޔާ ވަހީދުދީން އައީ ހިނި. މީވަރަށް ވާހަކަ.
ނޫނޭ އަހަރަމެންނަށް އިނގޭ ތިކަން ކުރާގޮތް މައި ފްްރެންޑް. ފިނޭންސް މިނިސްޓަރ އަމީރު ކުރާގޮތްވެސް އިނގޭ. މީ 2020 ކުރީ ޒަމާނުގައި ރައްޔިތުންނަށް އޮޅުވައިލެވޭނީ