ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގައި "ބަޣާވާތް" ކުރެއްވި ބޭފުޅުންނަށް މާފު ނުކުރައްވާ ކަމަށާއި އެ ދުވަހު ހިނގައިދިޔަ ކަންކަމަށް އިންސާފު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސައިނަށް ހަމަލާދީފައިވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވައި އީވާ ވިދާޅުވީ ވަހީދު އިސްވެ ހުންނަވައިގެން ކުރެއްވި ބަޣާވާތް އެއްވެސް ހާލަތެއްގައި، ރައްޔިތަކު ހަނދާން ނެތިފައި ނުވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް އެހެން ގޮތެއް ހޯދަން ބޭނުންވީމަ، ކުރިއަށްދާން ބޭނުންވީމަ އަޅުގަނޑުމެން ކުރިއަށް ދިޔައީ. އޭގެ މާނައަކީ އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން މާފް ކުރީކީ ނޫން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ "އައިޕެޑަކާއި ދެ އޮރެންޖާ ދީފައި" އިންސާފުން މަހްރޫމެއްކޮށްލިއެއް ކަމަކު، އޭގެ މާނައަކީ މާފް ކުރީކީ ނޫން ކަމަށެވެ. އަދި ބޭ އިންސާފަށް އިންސާފު އަދިވެސް ބޭނުންވާ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވި ގޮތުގައި ވަހީދާ ދިމާލަށް "ކާޅޭ" ކިޔަނީ އެމަނިކުފާނު ކަޅުވެގެން ނޫނެވެ. ވަހީދާ ދިމާލަށް ކާޅޭ ކިޔަން ފެށީ ވެރިކަން ޖަހައިގަނެ، ވައްކަން ކުރެއްވީމަ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
"ބައެއްގެ އިންސާފާއި ބައެއްގެ ވޯޓާއި ބައެއްގެ އަސާސީ ހައްގު ޖަހައިގަތީމަ،" އީވާ ވިދާޅުވިއެވެ.
ވަހީދު ކަސްރަތު ކުރައްވަނިކޮށް، އެމަނިކުފާނަށް އެއްޗެހި ގޮވި، ވެރިކަން ކުރާ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް އިބްރާހީމް ޖައުފަރު (ޖޯރޭ) އަށް މީގެ އަށް އަހަރު ކުރިން އަނިޔާ ކުރިއިރު، އަދިވެސް އޭނާ އަށް އިންސާފު ނުލިބޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވި ގޮތުގައި، އަވަށްޓެރި ވެރިން ޓެގް ކުރައްވައި ރައީސް ވަހީދު ޓުވީޓު ކުރައްވަނީ "ކުޓުވާން" ވެގެންނެވެ. އަދި އެ ވެރިންނަކީ ބޮޑެތި އިންތިހާބުތައް ކާމިޔާބު ކުރެއްވި ވެރިންކަން ވަހީދަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
"މީނަ (ވަހީދު) ގެ މި ކުޓުވުން އަޑު އަހާނެ ފަސް ޕަސަންޓު މީހުން ވެސް ނުވި،" އީވާ ވިދާޅުވިއެވެ.
ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދުގެ އޮފީހުން ފަހުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އެކަމަކު، އެމަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ. ވަހީދުގެ ރާގު ބަދަލު ކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ވަހީދަށް އަމާޒުވެފައެވެ.
އީވާ ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލާ އިރު، ތަހުގީގު ހުއްޓާލަން ވާނީ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެސް ބަދަލުވި ގޮތް ތަހުގީގުކޮށްފައި ކަމަށެވެ.
ބާޣީ ވަހީދޭ، ޚާޅު ވަހީދޭ ގޮވަންޖެހުނީ ކީއްވެ. އެވެސް ތަހްްީގު ކުރަން ޖެހޭނެ.
ސަގަރު ބާޣީ އަށް ދިވެހިން ވީ މާފު ކުރާށޯ! ގުރައިޝުވަންހައިގެ މުޝްރިކުންނާ މިބައިމީހުންނާ ކޮން ތަފާތެއް!
ހަޔާތުގެ ކަންފުޅެއްވެސް ނެތް ބަޔަކު މަޖިލީސް މިކިޔާ ބަކަރި ކޮށީގައި ތިބެގެން އަމިއްލައަށް މޮޅުވާހަކަ ދައްކަނީ. ގާނޫން މަތިކޮށްފައިވާ ޒިންމާ އަދާކުރަންވެސް ނޭނގޭ. ޔާﷲ މި އަންނަި ވަބާއިން މިގައުމު ސަލާމަތްކުެރައްވާށީ. މި އަންނިޒަމް ޢާއިލީ ވެރިކަން ނިންމަވާށީ އާމީން
ބަޢާވާތެއް ނުކުރާ ކަމަށްވެސް ކިޔާ އަޑުއިވޭ އަދި އެގޮތަށް ރިޕޯރޓެއްވެސް އެކުލަވާލެނު
ކަލޭ މާފު ނުކުރިއަސް އަހަރުމެނަށް ކޮންކަމެއް.. ކޮށްދެވުނު ކަމެއް ނެތް.. އަނގަތެޅޭނީ
150 އެއްހާ ކޮމެންޓު. 350 އެއްހާ ތަމްބްސައަޕް. އެވަރުން ހިތް ހަމަޖައްސާލާ. ދެން ލަލަލާ
މޫނުބުރުގާއަށް މަލާމަތްކުރިމީހާ އަނގަމަތީ ކޯއްޗެއް އަޅައިގެން؟؟؟
އިންސާނެއްގެ ފޫކޮޅުހަ ކޮޅުފައިންޖެހީ އިންސާފުން ދޯ؟ ލަދުހަޔާތްވެސް ނެތް އަންހެނެއް! މި ކެނެރީބައިގަޑަށް ހީވަނީ މިގައުމަކީ މިމީހުންގެ ވާރުތަ މުދަލޭ. އިންސާފަކީ މި މީހުން ހިތުހުރިގޮތަކަށް އުޅުމޭ! ﷲ ސބުހާނަހޫ ވަތަޢާލާ މި ބައިގަޑުގެ ސުންޕައިކަމުން މިގައުމް އަވަހަށް ސަލާމަތްކުރައްވައިފާދޭވެ
އިންސާފު ހޯދަން އަލުން އަނެއްކާ މީހެއްގެގައިގާ ކޮޅުފައިން ލަޑަންވީނުދޯ މޭމް؟؟
އީވާ އަންހެނަކަށް ވެހުރެ ކީއްތޯ ވަނީ މިހާރު ރާއްޖޭގައި އަންހެން ކުދިންނަށް މި ކުރަމުން އަންނަ ޖިންސީ ގޯނާ އާ ބެހޭ ގޮތުން މަޖްލީސް ގައި ވާހަކަ ދައްކަން.
ޢަރުތެރޭގަ ލީހިތި ރަހަ ހަނދާންވެގެން އުތުރިއަނީދޯ، ތިހެން އުޅެމުން ގޮސް އަނެއްކާވެސް ކަނޑުކޮހެއް ނުހަދާތި
ބޮޑުބޭބެ އިސްތިއުފާދިނީ މަސްތުވެހުރެ. އެކަމާ ވަޙީދާ ކީއް؟ މޮޔަފުޅުވީތޯ. ވަރަށް އަސަރެއްކުރޭދޯ އަދިވެސް. ތިހެން ތެޅިތެޅި ތިބެންޖެހޭނީ. ވާނެ އެއްވެސްކަމެއް ނޯންނާނެ. މިއަދުވެސް ކަސްރަތުކުރައްވަން ނިކުންނެވި. އެކަހަލަ ކަނޑުކޮހުންނަކަށް ނުސިހޭނެ.
ޅިޔަނު........ ބޮޑުބޭބެއެއްނޫން
އީވާ އަކީވެސް ބާގާވާތެއް މިގައުމައް ޖެހިފަހުރި.
މުޅިރާއްޖޭގައި އެމްޑީޕީ ބައިގަނޑު ނުކުމެ ހުޅުޖެހި މައްސަލަވެސް ބަލަންޖެހޭނެ. އީވާ އަށް ކެއްކުރެވޭނެބާ؟
ހަމަލޮލަށް ފެންނަ ގޮތަށް މީޑިޔާ ކުރިމަތީގަ ނަޝީދު އިސްތިޣުފާދިނީ. އިސްތިޣުފާދީފަ ބަޣާވަތޭކިޔާ އޮޅުވާލުމުން އެމައްސަލަ ބަލަން ނުޖެހޭތަ. އިސްތިޣުފާދިން ދުވަހުގެ ފަހުދުވަހު ގައުމުގަ ހިންގި ހުޅުޖެހުމުގެ ޙާދިސާ އަކީ ފުޅާދާއިރާއެއްގަ ތަޙުގީގު ކުރަންޖެހޭ ކަމެއް. ކީއްވެ އެވާހަކަ ނުދައްކަނީ.
އީވާމެން އިސްވެތިބެ، އެމްޑީޕީން ޗާޖުކޮށްފައި އެދުވަހު ނެރުނު ޖޯރޭމެން ފުލުހުން މައިތިރި ނުކުރިނަމަ މާލެ އޮންނާނީ އަންދާ އަޅިއައް ހަދާލާފައި، އެކަން ރާވާފައި ދަރުބާރުގެއިން ނައްޓާލީ، ފުރަތަމަ ފެށީ އައްޑޫގައި ހުޅުޖަހަން، އެހެންކަމުން ޖޯރޭމެން އެދުވަހު މައިތިރިކުރި ފުލުހުންނަށް ސެލިއުޓްކުރަން
އޮޅުވާލަން ނޫޅެ! ބަޣާވާތެއްވިއްޔާ ބޭރުގެ މީޑިޔާތަކުން ވަގުތުން އެހެން ގޮވަން ފަށާނެ! ބޭރުގެ އެއްވެސް ޗެނެލަކުން ތިހެން ބުނެފައެއްނުވޭ! ކުޑަމިނުން ޑެންމާކު މީހުންވެސް ނުބުނޭ! ތިހެން ބުނަނީ ހަމައެކަނި ކެނެރީގޭ މީޑިއާއިން އެކަނި! ދެޕީސް ގައި އުޅޭ މީހުންނަށް ބަޣާވާތް ވަކިކުރާކަށްވެސް ނޭގޭނެ!
ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހި މީހުންނަށްވެސް މާފު ނުކުރާނެ ދިވެހި ރައްޔިތުންނެއް.
ކޮންބައެއްތަ؟ މިބާއިގަނޑަށް ވޯޓްދިނީ.
މުޅިގައުމު ހަލާކުވެއްޖެ.ހަލާކުވަމުން މިދަނީ...
ޠާﷲ މިމުސީބާތުން އަޅަމެން ސަލާމަތް ކޮށްދެއްވާފާނދޭވެ....
އިންސާފަ ކީ އިންތިޚާބަ ކާނުލައި އަންނިއަށް ވެރި ކަން ހަވާލު ކުރުންބާ؟
ދެ އޮރެންޖަ ކީ ކަލެއަށް އިންސާފަ ކަށް ވާވަރު އެއޮތީ ކަލެއަށް ލިބިފައެއްނުދޯ؟
މީނާގެ އާއިލާއިން ކުރި ބަޢާވާތަށް މާފްކުރަނީ ކޮންބައެއްތޯ؟
ބަލާ ވެރިކަމެއް ގެނައި ރީނދޫ ބައިގަނޑު ކޮންހާ ވަހަކައެއް؟ ރައީސް ޔާމީން މިގައުމުގެ ރައީސް ކަމަށް އައިއްސަ ކާކުތޯ ބަގާވާތް ކުރީ ކަން ދައްކާލާނެ. ކެއްކޮއްލާތި!
އީވާ މެންނަށް ހައްގު އިންސާފު ﷲ ދެއްވާނެ ކަން ކަށަވަރު. އެދުވަހުން އެނގޭނެ ތިމާމެންގެ ފެންވަރު. ބަގާވާތް ދީނާ ދެކޮޅަށް ކުރަމުން އަމިއްލަ އެދުމާގެން މިތާ އަޑުނަގާ ހަޅޭލަވާ ... އާހިރަތުގާ އިނދަ ޖެހޭނީ ހަމަ ކަލޭމެން.
ހުރިހާ ބާރެއް ދިނީމަ ތިގޮތަށް މަގުމަތިން ދިމާކުރުމަކީ ވަރަށް ހުތުރު ގޮތެއް. އިންސާފުގެ ކުރިމައްޗަށް ގޮސް ތިބުނާކަމެއް ސާބިތުކޮށްބަލަ.
ބަލަ ކޮންތާކު ކުރި ބަޢާވާތެއްހޭ ؟ ކަލޭގެ އަންނި ބޭބެ އިސްތިއުފާ ދިނީ ވާނުވާގަތޯ؟ ކަލޭގެ އަންނި ބޭބެ އަށް މައާފު ކުރާނެ ކަމެއްބެތް ވަހީދަށް ވެރިކަން ހަވާލުކުރީތީ ބަލަ އމޑޕ މީހުންގެ ލޮލުގެ ފެނުމުގައިވެސް މައްސަލަ އެބައުޅޭ އިމޯޝަނަލް ޗަރޖްވެފަ ތިބޭ ބައެއް އެހެން ނޫނީ ދެން މުޅި ގައުމުގެ ރައްޔިތުން ކުރިމަތީގައި ހިންގާދިޔަ ކަމެއް ބަދަލުކުރަން އމޑޕ މީހުން އުޅުނަސް އެކަމެއް ނުވާނެ
މި އަންހެން އެތި ޖަލުގަ އޮންނާނެ ދުވަހަކަށް މަ އިންތިޒާރު މިކުރަނީ. އރދަ ކުރެއްވީޔާ މާލަސްތަކެއް ނުވެ ބޮޑުމަންޒަރު މަށައް ފެންނާނެ
މިގައުމުގައި ކުރިހުރިހާބަޢާވާަތެއް މުގޫ އޮތީކެނެރީގޭގަ ދެން ކޮންބަޢާވަތެކޭތިކިޔަނީ ކަލޭމެންގެ ކިބައިން މިޤައުމު ސަލާމަތް ކުރަން ރަތްޔަތުން ނިކުންނަންވެއްޖެ ވަރުގަދަ މުސީބާތެއް
ކަލެ އަށް ހޯދޭނެ އިންސާފެށް އޮންނާނެތަ؟ އިންސާފޯ. ޢިސްތަށްޓޭ ކިޔާބަލަ..
މީހުންނާ ދިމާލައް ކަޅޭ ކިޔާ އިރު މީ ވަރަށް ދޮން ބައެއް ވިއްޔަ.... އަންނި އިސްތިއުފާ ދިނީ އަމިއްލަޔަށް....
ކަމަނާ އުޅުއްވނީ ކާކު މާފަށް އެދޭނެކަމަށްތޯ ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އަމިށްލަޔަށް އިސްތިއުފާ ދެއްވިމީހެއްގެވާހަކަނޫންތޯ ތިދަށކަވަނީ ވެރިކަމަށް ތަސައްރަފުނުފުދޭ ކޮންމެ މީހަކަށްވެސް އަމިއްލަޔަށް އެކަހަލަ ގަޅިޖެހޭނެ.
އިވާ ކޮން އިންސާފެއް ގެ ވާހަކަ... ކަލެއައް ވެރިކަން ދޭންވީ