ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމަށް ފަހު ފެތުރުނީ ކޮރޯނާއަށް ވުރެ މާ ބޮޑު ވަބާއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމަށް ފަހު ފެތުރުނު ވަބާއިން އަދިވެސް ސަލާމަތް ނުވާކަމަށެވެ. ޝަރީފް ވަނީ ކުރީގެ ރައީސް އަދި މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި މީހުންނަކީ "ބާޣީން" ކަމަށް ސިފަ ކުރައްވައިފައެވެ.

އަދި ވަހީދުގެ ވެރިކަމަށް ފަހު ވައްކަމާއި ޚިޔާނާތް އިތުރުވިކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި އެތައް އުނދަގުލަކާ އާންމުންނަށް ކުރިމަތިވި ކަމަށާއި އެކަންކަމުން އަދިވެސް އަރައި ނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑު މިއަދު ހިތަށް އަަރަނީ ވަހީދު ވެރިކަމަށް ފަހު މި ފެތުރިފައިވާ ވަބާގެ ވާހަކަ. މިއީ އަޅުގަނޑުމެން ކޮރޯނާ ވައިރަސްއަށް ވުރެވެސް ބޮޑު ވަބާއެއް. އަޅުގަނޑުމެންނަށް ފެތުރިގެން ގޮސްފައި މިވަނީ. މިއުޅެނީ އަޅުގަނޑުމެންނަށް އެކަންތައްތަކުން އަރައިނުގަނެވިގެން." އޭނާ ވިދާޅުވިއެވެ.

ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާޣީން ތިއްބެވި ކަމަށް ވިދާޅުވެފައެވެ.

އަދި އެފަދަ ބަޔަކާއި އެކު ގާނޫނު ހަދަން މަސައްކަތް ކުރަން ޖެހުމުން ހިތްދަތިވާ ކަމަށާއި އެކުގައި މަސައްކަތް ކުރަނީ ހަމަޖެހުން ނަގާ ނުލަންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޢާވާތުގައި ބައިވެރިވި ގިނަ މީހުންނާ އެއްކޮށް އަޅުގަނޑުމެން މި މަޖިލީސް ކުރަން ޖެހެނީ. އަޅުގަަނޑުމެން ވަރަށް ހިތްދަތިވޭ، ހަގީގަތުގައި ބަޢާވާތްކޮށްގެން ތިބި ގާނޫނުއަސާސީ އާއި އެތައް ފަހަރަކު ހިލާފުވެފައި އެތައް ގާނޫނުތަކާއި ޚިލާފުވެފައި ތިބި ބަޔަކާއި އެކު ގާނޫނު ހަދާ މަޖިލީހުގައި އަޅުގަނޑުމެންނާއި އެކު މަޖިލީސްކުރަން ތިބޭތީވެ،" ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ެއެޑްވަޑް ބާމުންޑޭ

    ކެލާގައި ތާރުއަޅާފައި އޮތް މަގުތަކުމަތީ ހިނގާލާ، ސައިކަލް ދުއްވާލަން މިރަށަށް ދުރުވާނީ ކޮންއިރަކުންތޯ؟

    21
  2. Anonymous

    ޙާދަ ލަދުހަޔާތް ކުޑަ ބައެކޭ މޑޕ މީހުންނަކީ. ކަލޭމެންގެ ވެރިޔާ ނަށީދު އަމިައްލައައް އިސްތިއުފާ ދިނީ. އިތުރަށް ބަހުސްކުރާކައް ޖެހޭ ކަމެއް ނެތް. ކަލޭމެން ތީ މި ކުޑަކުޑަ ގައުމުގެ ހަލާކު. ޢެއްވެސް ފެންވަރެއް ހުރި ބައެއްވެސް ނޫން. ބާރު ލިބުނީމަ މޭ ފުއްޕާލާފަ އުޅެނީ.

    26
    2
  3. ސީދާ ސާދާ

    އޭތް މިހިރަ ދޮގުވެރިޔާ. ރައީސް ވަހީދަކީ ނަޝީދު ސަރުކާރުގެ ނައިބުރައީސް. ވީމާ ޤާނޫނުގައި ވާގޮތުން ނަޝީދު އިސްތިއުފާ ދިނުމުން ދެން ވެރިކަމަށް އަންނާނީ ވަޙީދު. ވަޙީދަކީ ބާޣީއަކަށް ވަންޏާ ނަޝީދަކީ އެއަޑްވުރެ އަދި މާބޮޑު ބާޣީއެއް. ވީމާ ކަލޭމެން މާމޮޅުކަމަކަށް ހެދިގެން އެހެން މީހުންނަށް ބާޣީންނަށް ނުގޮވާ މަޑުން ހުރެވޭތޯ ބަލާ. ގުދޯގުދޯ ނުގޮވާ މަޑުންތިބޭ. މިއަދު މިގައުމުގައި މިވަނީ ބާޣީން ޣާޒީންނަށް ހަދާފަ. ޣާޒީން ބާޣީންނަށް ހަދާފަ. ސިއްރުތައް ދެނެވޮޑިގެންވާ ކަލާނގެ ކަލޭމެންގެ ހިތުގައި ފޮރުވާފައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާކަން ހަނދާންކޮށް ބިރުވެތިވޭ. ތިގޮތަށް މާ މަ ވެގަނެގެން އެކަލާނގެ އަށް ބިރުވެތި ވުމެއްނެތި މާ ފުއްޕާފަ އުޅެނިކޮށް އެކަލާނގެ ހިތްޕަވައިގެންފާނެ. އެކަލާނގެއަށް ބިރުވެތިވޭ..........................ޝަރީފޫޫފޫފޫފޫފޫފޫ... ..................................

    29
  4. ޜަޓޫ

    ޢެބަޖެހޭ ތިބޭފުޅާ ގުރީންހައުސް ގެ ލާރިގަޑު ކާލި މައްސަލަވެސް ބަލަން..

    24
  5. ކެނެރީގެ ވަގު

    މިހާރުވެސް ކުރަނީ ވައްކަން

    24
  6. ސަމާ

    ކޮވިޑަށް ވުރެ ބޮޑު ވަބާ އަކީ އަންނި

    26
    1
  7. ކާނަލް ގޮނޑޭ.

    މަނިކުފާނު މިނިސްޓްރީ އޮފްފިޝަރީޒް އެންޑް އެގްރިކަލްޗަރގަ ވަޒީފާ އަދާކުރެއްވިއިރު އެކިއެކި ޕްރޮޖެކްޓް ތަކަށް ހިލޭ އެހީގެ ގޮތުގައި ބޭރުން ލިބުނު އެއްވެސް ފައިސާއެއް ވަގަށް ބޭނުން ކުރެއްވިންތޯ؟ އަދި މިއަދު މަނިކުފާނު މިފެންނަ މުއްސަނދި ކަމުގެ ފެށުމަކީ އެފައިސާތޯ.؟

    14
  8. އަހުމަދު

    މި މަޖުލީހުގެ ލާދީނީ ޕާޓިގެ މެންބަރުންނަށްވުރެ ބޮޑު ވަބާއެއް ނުދެކެން!.

    16
  9. ކަލޯވާނުގަހުރެބަލަ

    ބަލަ އިއްޒަތްތެރި މެންބަރު ތިވީދާޅުވި ގޮތަށް ހަމަ އިނދިކޮ ޅުގައި ތިބިމެންބަރުން ނަށްވެސް ބުނެވިދާނެ ނޫންތޯ ކޮވިޑް-19އަކީ އެމްޑީޕީ ވޯޓުން ވައްކަންކޮށް ވޯޓު ކަރުދާސްތައް އަންދާލާ ދިވެހިރާއްޖޭގެ ގިނަރައްޔިތުތަކެއް ރައީސްޔާމީން އަށް ދިން ވޯޓުތައް އޮޅުވާ ލީމަ ކުރިމަތިވި މުސީބާތެއް ކޮވިޑް-19 އަކީ އިޒަތްތެރި މެންބަރުުވެސް ތިހިރީ ހަމާއިގަކަން އެގެނީ ކިނެތް!

  10. ޅަތީފާ

    ހަޔާތުގަވެސް މިވަރުގެ ހަޔާތްކުޑަބައެއް މަނުދެކެން ކަލޭމެންގެ ވަބާއަކީ ފަހުގެ ޒަމާނެއްގަ އައިސްގެންއުޅެ އެންމެބޮޑު ވަބާ ކަލޭމެންގެ ކިބައިން އަޅަމެންގެ މާތްވެގެންވާ އިސްލާމްދީނާ ދިވެހިގައުމާ އަޅުގަނޑުމެން ސަލާމަތް ކަރައްވާފާންދޭވެ. އާމީން

    14
    1
  11. ތުއްމެޓާ

    ތިޝަރީފުއަށް ކެވުނު ވަރު ގިނަވީކަމަށް ތިވާނީ!

    15
    1
  12. ޖާޒީރާ ބޯއީ

    މިކަހަލަގެ މީހުންގެ މައްސަލަތަށް ފުރަތަމަބަލަންވީ، ކޮންމެވެސް ތާކުން އެތިވަރުތަކެއް ދިރުވާލާގެން ހުންނަނީ

    1
    1
  13. ޟަރީމާ

    ޢަންނި އަކީ ބޮޑުބާޣީއޭނާބާލާ