ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން، އެމަނިކުފާނާ "ދިމާކޮށްލައިފި"އެވެ. މަޖިލިހުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައިގައި ގިނަ މެމްބަރުން ފާޑު ވިދާޅުވެފައި ވަނީ ވަހީދަށެވެ.

ރައީސް ވަހީދުގެ ވާހަކަ ކުއްލިއަކަށް އައީ، އިއްޔެ ހެނދުނު އުސްފަސްގަނޑު ސަރަހައްދަށް ކަސްރަތު ކުރެއްވުމަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ ސަޕޯޓަރަކު، އެމަނިކުފާނަށް ފުރައްސާރަ ކުރުމާ ގުޅިގެންނެވެ. ވަހީދު އެންމެ ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓަކު އެމަނިކުފާނަށް ހަމަލާ ދީފައިވާ ކަމަށެވެ. އެކަމަކު، އެމަނިކުފާނު އޮފީހުން ފަހުން ނެރުނު ބަޔާނުގައި ވިދާޅުވީ ހަމަލަ ދިނީ "އަނގަ" ބަހުން ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީ މެމްބަރުން ތުހުމަތު ކުރައްވަނީ ވަހީދު އިތުރުފުޅު ހެއްދެވި ކަމަށެވެ.

މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ "ބާޣީ" އަކާ ދިމާލަށް ގޮވޭނީ ބާޣީއަށް ކަމަށާއި "ތަންކޮޅެއް ބޮޑު ބާޣީއަކާ" ދިމާލަށް "ބޮޑު ބާޣީ" އޭ ގޮވޭނެ ކަމަށެވެ. އެއީ އަބުރަށް އަރައިގަތުން ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"އެކަން ނިމިގެން ދާނީ ކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިނގައި، އެ ތަހުގީގުގައި ކުށްތައް ބެލި، އެ ކުށްތަކަށް އެ ފަރާތްތަކަށް އަދަބު ލިބިގެން. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރިން ކުރެއްވި އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ ކަންކަމަކީ ބަޣާވާތަކަށް ނުވާނެ އެއްވެސް ސިފައެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިކަމަށް މިހާތަނަށް އިންސާފު ލިބިފައި ނުވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"މިކަން ހިނގައިދިޔަ ގޮތުގެ ތަފްސީލީ ތަހުގީގެއް އަދި މި ރާއްޖޭގައި ހިންގިފައެއް ނުވޭ،" އަސްލަމް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އަނގަ ބަހުން މީހަކާ ދިމާލަށް އެއްޗެކޭ ބުނީމަ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަނގަ ބަހުން ރާއްޖޭގައި ކިތައް އަންހެނުންނަށްތޯ މަގުމަތިން ދާ އިރު ފޮށި، އެތައް ހުތުރު އިބާރާތްތަކުން އެމީހުންނާ މެދުގައި މުއާމަލާތް ކުރަނީ؟ ކިތައް މައްސަލަތޯ ފުލުހުންނަށް ހުށަހަޅަނީ؟ ނަސޭހަތްދީފައި ފޮނުވާލަނީ ކިތައް މީހުންތޯ؟" މީކާއިލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ވަހީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޑިމޮކްރަޓިކް ވެރިކަން ޖަހައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންވެ، އެފަދަ ބޭފުޅަކަށް ބާޣީއޭ ގޮވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ފުރަތަމަ ތިމަންނައަށް (ވަހީދު) އެނގެން ޖެހޭ ކުރީ ކޮން ކަމެއް ކަން. ތިމަންނަ ބަޣާވާތްކޮށްފައި މީހުން އަޅާނުލައޭ ހިތަށް އަރާފައި މަގުމަތީގައި ހަމަޖެހިލައިގެން އުޅެން ވިސްނާނެ ކަމެއް ނެތް. ދިވެހި ރައްޔިތުން ހަނދާނެއް ނުނެތޭ. މާފެއް ނުކުރޭ. މާފެއް ނުވެސް ކުރާނެ. ހަނދާނެއް ނުނެތޭނެ. ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން ހަނދާން އެބަހުރި،" އިލްޔާސް ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ވަހީދަކީ "ކަޅު، ބޮޑު" ބާޣީއެއް ކަމަށެވެ. ވަހީދަކީ ހަމައެކަނި ބާޣީއެއް ނޫން ކަމަށާއި އެކަމުގައި ބައިވެރިވި އެންމެންނަށް ކިޔާނީ ބާގީއެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ދެކަނބަލުން މިއަދު ކަސްރަތު ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ހަތެއް ފެބްރުއަރީގައި އެމްޑީޕީގެ ވެރިކަން ހަރާން ބަޣާވާތަކުން ވައްޓާލުމަށް ފަހު، ޖެހިގެން އައި ދުވަހު ދިވެހި ރައްޔިތުންނަށް ކުރީ އަނިޔާ. ބޮލުގައި މުގުރުން ތަޅައި، ރޯ އަވަގުރާނަ ގޮވަމުން އެ ކުރީ ކޮން ކަމެއްތޯ؟" އަހުމަދު ޒާހިރު ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް މަޖިލިހަށް ހާޒިރުކޮށް ކަންތައް ހިނގައި ދިޔަ ގޮތް ސާފު ކުރަން ޖެހޭ ކަމަށެވެ. އަދި ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށް އެމަނިކުފާނު ކުރެއްވި ކަންކަމަށް އަދަބު ލިބެން ޖެހޭ ކަމަށް ޝިޔާން ވިދާޅުވިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ ވަހީދު ފެނިވަޑައިގަތީމަ، ކޮންމެ މީހަކު ވެސް ލޭ ކެކޭނެ ކަމަށެވެ. ވަހީދަކީ މާލޭގައި އުޅޭ އަންހެނުންނަށް އެންމެ ބޮޑަށް އަނިޔާ ކުރި ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް އޮފީސް ކައިރިއަށް އެއްވި އަންހެނުންގެ ގަޔަށް ފެން ހޮޅި ބޭނުންކޮށްގެން ފެން ޖެހިއިރު، އެކަންކަން ހަނދާން ނައްތާލައިގެން ތިބޭނީ ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހުސޭނުބޭ

    ބަކަރި ކޮއްޓަކީ މިނިކާތަނެއް! އެވަރުގެ ބަޔަކު މިއުޅެނީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރަން! ލޮލް

    57
    3
    • Anonymous

      ހަމަ ސަދޫމު. ޑރ ވަހީދު ގޯސްވާނީ. ސަދޫމުގެ ރައްޔިތުން ގޯހެއްނޫން. ބަކަރި ގެންދެވުނީ އެައިގެން ސަދޫމު ކައިރިއަށް އައިމަނު. ކުއްވެެިވާނީ ބަކަރީގެ ވެެިޔާ ފޭެުނުމީހާ އެކުރީ ހެޔޮކަމެއް. ޑރ ވަހީދު ހިނގަން ނުކުތުން ގޯސް. ފުރައްސާރަކުރެވުނީ ނުކުތީމަ. ފުރައްސާރަކުރިމީހާ ބަރާބަރު. އަނިޔާ ލިބުނު މީހާ އެއީ ކުއްވެރިއެއް. ހިފާ ހައްޔަރުކޮށް ކުޑަގޮޅީގަ ބައްވަންވީ. އަދުލު އިންސާފު މުސްލިމު ގައުމެއްގައި ހުރި ވަރު މިފެންނަނީ.

      19
      4
  2. ޒާ

    އެމްދީޕީއަކީ ހުޅުޖެހި ބައިގަނޑު

    57
    2
  3. Anonymous

    ލާހިކެއްނޫން ބާޣީ ވަހީދަކަށް ތިޔަ ގޮވެލި ހުއްޓުވާަކަށް. ބާޣީ ވަހީދު. ތިމަގު ބަންދު ކޮށްގެން ހިނގަން ޖެހޭނީ.

    8
    55
    • Anonymous

      އަންނި އަށް ގައުމް ނުހިންގި ގެން އިސްތިއުފާ ދިނީމަ ގޯސް ވަނީ ނައިބް ރައިސްތައް... އަންނި އަމިއްލަޔަށް ގެނައި ވެރިކަމުގެ ސިސްޓަމް އަންނި ފެއިލްކޮށް އިސްތިއުފާ ދިނީ....

      9
      2
  4. ާަަަުުބިސްބޮނޑި

    އެމްޑީޕީގެ ދުއްޕާން ވަރަށް ބޮޑުވެއްޖެ މިގައުމުގައި ޖަރީމާ ހިންގަން އެމްޑީޕީގެ މަޖިލީހުގެ މެންބަރުންނަށް ޖާގަދެވެގިން ނުވާނެ .

    53
    6
  5. ޙެޔޮ

    އޯކޭ ވަހީދު ބާޣީއެއްވީމަ ބާޣީ ، ދެން ކެނެރީގޭ ނަޝީދު އިސްތިއުފާދިނީ އަމިއްލައަށް ، އިސްތިއުފާދިން ހަމައެކަނި ދިވެހި ރައީސް އެއީ ، އިސްތިއުފާދިން ރައީސޭ ނުކިޔޭނެތޯ

    51
    4
  6. Anonymous

    މިގައުމުގެ ދަރިންގެ އަޚްލާޤީ ފެންވަރު މިފެންނަނީ. މަގުދައްކާ ގައުމުގެ ކުރިމަގު ބައްޓަންކުރަންތިބޭ މީހުންނަކީ ގޮތެއްފޮތެއް އަޚްލާގެއް ނެތް ބަޔަކަށްވީމާ ދެން ގައުމަށްވާނެ ގޮތް ވިސްނާލާ. ތިމާމެންނަށްވުރެ އުމުރުގެ ގޮތުންނާ އިލްމުގެ ގޮތުންނާއި، މަގާމުގެ ގޮތުންނާއި ހައިސިއްޔަތުގެ ގޮތުންވެސް އަރާހުރި ތިމާމެންގެ އަމިއްލަ ގައުމުގެ ވެރިކަންކޮށްފަހުރި މީހަކާ ދިމާއަށް ހުތުރުބަހުން މުހާތަބުކުރުމުން އޭގެން އަންގައިދެނީ ތިމަޖްލީހަކީ ބާޒާރުމަތީ ޖަގަހައަކަށްވުރެއްވެސް ދަށްފެންވަރުގެ ތަނެއްކަން. ރައްޔިތުން މިގޮތުގައި ތިބެއްޖެނަމަ މިގައުމު އޮޔާ ހިނގައިދާނެ. ވީ އެންމެ އަވަހަކަށް މި މަޖްލިސް އުވާލަން އެބަޖެހެ.

    39
    5
  7. މުހްއްމަދު

    މަޖުލިސް މެމްބަރުންގެ ރަހުމެއް ހަމްދަރުދީއެއް ކުލުނެއް އޯގާތެރި ކަމެއް ހިތްތިރިކަމެއް ދުރޫސުލްއަހުލާގެއް އެބަހުރިތަ މީސްމީޑިޔާގަޔާ އިއްޒަތްރި މެމްބަރުންގެ މަޖުލީހުގަ ރައީސް ވަހީދު ރޮލާ ކާލާފި؛ ސުބުހާނަﷲ ؛ ޔާﷲ ނަރަކައިގެ އަޒާބުން އަޅަމެން ދިންވާނދޭ؛ ޢާމީން

    37
    4
  8. ޖިމާ

    އަނގަބަހުންވެސް ހަމަލަ ދެވޭނެ ކަން ޓެރަރިޒަމް ގާނޫނުގެ 2 ވަނަ މާއްދާ ގެ (ޅ) ކިޔައިފި މީހަކަށް އެނގޭނެ!
    މިއަދު އެއިއްވީ ރައްޔިތުންގެ އަޑުބާ؟ ނޫނީ ކަނޑުވާލީ މަޖިލީހުގެ ހުރުމަތްބާ؟
    ނޫނޭ އަދިވެސް ރީދުލަށް ވޯޓުދޭތި!!!! އެބަ އާދޭ އިލެކްސަނެެއް1

    35
    4
  9. ކާފަ

    ލަދީނީވީމާ ލާދީނީއޭވެސް ގޮވޭނެ. ވަގުންވީމާ ވަގަށްވެސްގޮވޭނެ، އެއައްވުރެން ބޮޑުވަގެއް ވެއްޖެއްޔާ ވަގައްވެސް ގޮވޭނެ. ކޮބައިތަ ރައްޔިތުމް މަޖުލީހޭ އިއްޒައްތެރި މެމްބަރޭ ކިޔާއިރު އަޅެ ލަދު ހަޔާތުގެ އެތިފުކެއްވެސްނެތީތަ

    25
    4
  10. ސުޢޫދު

    މަޖިލީހުގަ ވެސްތިބީ އޭރުމަގުމަތީގަ އުޅުނުމީހުން އެހަޖަމުނުވެގެން އުޅެނީ ޑރވަހީދު ވަރުގެވެރިއެއް މިރާއްޖޭގެ ވެރިކަމެއްނުކުރޭ އިހުލާސްތެރި ތެދުވެރި ތައުލީމީ ތަޖުރިބާ ދުނިއޭގެ ފެންވަރުގަ ސިޔާސީމީހުންގެ ތެރެއަކުނެއް އަދިވެސް އެވަރު މީހެއް މީހަގީގަތަކީ އެބައުޅޭ އެބައުޅޭ މަޖިލީސްއެއް މިފެއްނަނީ

    12
    4
  11. ޖިންނި

    ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ބަދަލުގަ އަމިއްލަ ޒާތީ ކަންކަމަށް އިސްކަންދޭ ލާދީނީ ޕާޓީ އެއް އެމް ޑީ ޕީ އަކީ

    13
    4
  12. ޑރ. ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ކޯނީ ރިޕޯރޓް އަކީ ސައްޙަ އެއްޗެއް ނޫން. ސައްޙަ އެއްޗަކަށް ނުވާ ގޮތަކީ މައުމޫނު ގެ ޑިފެންސް މިނިސްޓަރ އިސްމާޢީލް ޝަފީޢު، ލީޑް ކުރައްވައިގެން ލިޔުނު ރިޕޯރޓް އަކަށް ވާތީ. މައުމޫނު އަކީ ބަގާވާތުގައި ބައިވެރިވި މީހެއް ކަމުގެ ބޮޑެތި ހެކި އެބަ ހުރި. ވީމާ ސްޕްރީމް ކޯރޓުން ކަނޑަ އަޅާ ބަޔަކު، ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ކޯނީ ރިޕޯރޓު އަލުން ލިޔެ، މަޖްބޫރީ ހާލަތަކުން ވެރިކަން ބަދަލުވި ކަމަށްވާ ހިނދު، ވަހީދު އަކީ ރައީސް ކަން ކުރި މީހަކަށް ނުވާނެ! އަދި މިހާތަނަށް ބެލެވޭނީ ނައިބު ރައީސް އެއް ކަމުގައި! ވީމާ މިހާރު އޮތް ކޯނީ ރިޕޯރޓް އަކީ ސައްޙަ އެއްޗެއް ނޫން ކަމަށް ބޮޑެތި ހެކި ހުރީމާ، އެގޮތަށް މަޖްލިހުން ފާސްކޮށް، ވަހީދު އަކީ ރައީސް ކަން ކުރި މީހެއް ނޫން ކަމަށް މަޖްލިހުގެ ވޯޓަކުން ހަދަން ޖެހޭ. އެއީ ރައްޔިތުން ގެ ޖީބުން މިހާ ބޮޑު "މުސާރަ" އެއް ނޫނީ އެލަވަންސް އެއް މިހާރު ވެސް "ނުހައްޤުން" ވަހީދު އަށް ދޭން ޖެހޭތީ!

    5
    17
    • ޙަސަނު

      ނިއުޔޯރކް ގަ ހުރެ އިޒްރޭލް ޙިމާޔަތް ކުރާ ބަޔަކު އަހުރެމެން ދިވެހީންގެ ދާޚިލީ ކަންތަކާއި ނުބެހި ހުރެބަލަ

      5
      2
  13. Anonymous

    އެހެންވިއިރު ގަންބޯ އެކޭ ވަހީދުއެކޭ ވާން ޖެހޭނީ ހަމަހަމަ!

    12
    2
  14. އެމަންޖެ

    ދެން އެހެންވީމަ އެއްމެ ބޮޑު ބާޢީ އަކީ ކެނެރީގޭ ނަސީދު ، ދެން އޭނަގެ މޑޕ އައުވާނުން.

    5
    1
  15. ސައީދު

    ކަލޯ ިފުލުހުންގެ ޚްތިސާސުން ބޭރު މަސްއަލައެއްތީ ސިވިލް ކޯޓަށް އަބުރުގެ މަްއަލަ އެއްވިއްޔާ ދޭހުށަހަޅަން. ބާޣީ އަކަށް ނުކިޔާނެ ދޯ ނަީއެއްނޫނޭ.

    1
    2
  16. ޝައްފަ

    ޑޮކްޓަރ ރާމީ ތިޔަ ވިދާޅުވީ ތެދުފުޅެއް. ވަހީދު އަކީ ރައީސް ކަން ކުރި މީހެއް ނޫން. ނައިބް ރައީސް އެއް. ގާނޫން އަކީ އިންސާނުން ހަދާ އެއްޗެއް !

    2
    4
  17. ފަރާ

    ކިތަންމެވަރަކަށްކަރުންނޫނާރު ހިލޭ ވަރަށް ބާޣާވާތޭ ކިޔާހަޅޭލަވާ ހެދިޔަސް ރައީސް މުޙަންމަދުވަހީދުހަސަން މަނިކު ދިވެހި ރާއްޖޭގެ ރައީސް ކަންނުކުރާ ކަމަކަށް ނުވާނެ. ތިކިޔާގޮވެލިފަތި ޤަބޫލުކުރާނީ މިރާއްޖޭގައުޅޭރީނދޫހުމުގެ ވަބާޖެހިފަ ތިބި މީހުންއެކަނި. މިހާރުގެމަޖްލިސްގެ ގިނަ މެމްބަރުންނާ ރިޔާސަތުގެއަޚްލާގީ ފެންވަރު ދަށްކަމުން މަޖްލިސް ލައިވްބަލަން ފޫހިވާ ގިނަރައްޔިތުން ތަކެއް އެބަތިބި. ކިތަންމެ ދެރަވިއަސް ތައުލީމީ ފެންވަރާއި އަޚްލާގީ ގޮތުން ރައީސްވަހީދު އާ ގާތްކުރެވޭވަރުގެ އެންމެމެމްބަރެއްވެސް ތި މަޖްލިސް ގައިނެތް.

    6
    1
  18. އަޑަފި

    އަޅުގަނޑުމެންގެ އަޑުއަހަނީ، ކޮއްޓެއްގައި ގެންގުޅޭ ހަތަރެސްފައިޖަހައިގެން އުޅޭ އެއްޗެހިތަކާއި، ތިޔަ މަޖުލިހުގައި އުޅުއްވާ އިއްޒަތްތެރި މެމްބަރުނެކޭ ހަމަ ތަފާތެއްނެވެ. އެއްފަހަރު ގޮވާނެ، ބަހައިއިއިއި، އަނެއްފަހަރު އަހައިއިއި، މީހަކު ލާދީނީއޭ ގަންޖާބޯއޭ ކިޔައިފިއްޔާ ތި ތަނުގައި ތިބި ރީދޫ އިއްޒަތްތެރި މެންކަރިންތައް ހީވަނީ އެހެންކަމެއްވެގެން އުޅޭހެން. އެކަމަކު ތިމާމެން ނުރުހޭ މީހަކަ ދިމާލަށް ތިޔަ މަޖިލިސްކޮށީގައި ހަމަ ހިތައްއެރި އެއްޗެއް ގޮވަންވީ.

    1
    2
  19. Anonymous

    މަޖުލީހުން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް

    3
    1
  20. ބޮއިކަޓްޢަލީ

    މަޖުލިސް ތެރޭވެސް ބޭރުގައި ވިޔަސް ރައީސް ކަން ކޮށްފައި ތިބޭމީހުންގެ ނަމުގެ ކުރިޔަށް ރައީސް ބޭނުންކުރަންޖެހޭ.. ޤާނޫނު ހެދި މީހުންވެސް މިވަރު ނޭންގޭ، ގޮވަންޏާ ގޮވަންޖެހޭނީ ރައީސް ބާޤީ ވަހީދު..

    1
    2
  21. މަމޮޅު

    ބަލަ ކަލެއަކައްނޭންގޭތަ ނަޝީދު އިސްތިއުފާދިނީ ކެބިނެޓު ކުރިމަތީ ހުރެގެން އޭނާގެރަސްމީއޮފީހުގަކަން ކެބިނެޓު ކުރިމަތީގަހުރެދޭ އިސްތިއުފާ ދުނިޔޭގެކޮންޤައުމަކުންބާ ބަޢާވާތެއްގެ ގޮތުގަބަލައިގަންނަނީ

    5
    1
  22. ޒަރީރް

    އެމްޑީޕީ މީހުން ހިތްހަމަޖެހޭނީ މުހަންމަދު އަމީނައް ހެދިހެން ރައީސް ވަހީދައްވެސް ހެދުނު ދުވަހަކު. އެފަދަ ބަޔަކާއި ގުޅިގެން އުޅުނު ކޮންމެ މީހަކައް މިފަދަ ހިތި ތަޖުރިބާ ކުރުން ވަރައް ގާތް. އެމްޑީޕީއަކީ ޒަމާނުއްސުރެ ދިވެހީން ދިރިއުޅެމުން އައި މުޖުތަމައުގެ އެކަކު އަނެކަކައަ އިހްތިރާމް ކުރުމުގެ އާދަ ނެތިކޮއް ގައުމާއި އާއިލާތަކާއި ރަހުމަތްތެރިން ނާއި އަވައްޓެރީން ބައިބައިކޮއް ގުޅުންތައް ފަސާދަކުރި ނުބައި މީހުންތަކެވެ. ދެން ވަހީދުވެސަ އެވެރިންގެ މީހަކައް ވެގެން ވެރިކަން ހޯދުމައް އުޅުނީ.. ދެން އެމީހުންވެސް ވަކި ވަހީދަކައް ހެވެއް އެދޭނެތަ. ؟