ދިވެހި ފުލުހުންގެ މުއައްސަސާގެ އިންޓެލިޖެންސްގެ ވެރިންނަކީ ސިޔާސީ މީހުންނަށް ވުރެ ސިޔާސީ ބައެއް ކަމަށް ވިދާޅުވެ އެ އިދާރާއަށް ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް ޢަބްދުﷲ ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލިހުގައި ކުރިއަށް ދިޔަ ޖަލްސާގައި ޔައުގޫބް ވިދާޅުވީ 2013 ގައި ފުލުހުންގެ އިންޓެލިޖެންސަށް ބިނާކޮށް ބޮޑު އިންތިޚާބެއް ބާތިލްކުރި ކަމަށާއި އިންޓެލިޖެންސް ކަހަލަ މުހިންމު ތަނެއްގައި ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ތިބުން ބަލައިނުގަނެވޭނެ ކަމަށެވެ.

ފަހަކަށް އައިސް ފުލުހުން ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާކަން ފާހަގަކުރެވޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެގޮތުން ކެމްޕެއިންތަކުގައި ވެސް ބައެއް ފުލުހުން ވަރަށް އިސްވެ އުޅޭތީ، ޔައުގޫބް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

" މިހާރު ކަންކަން ހިނގައިދާ ގޮތަށް، މިހާރު މި ރާއްޖޭގައި ޚާއްސަކޮށް އަޅުގަނޑަށް ފާހަގަކުރެވޭ މި ރާއްޖޭގައި ފުލުހުން ވަރަށް ގިނައިން ސިޔާސީ ކަންކަމުގައި އުޅޭކަން. ވަރަށް ގިނަ ފަހަރު ސިޔާސީ މި ހުރިހާ ބޮޑެތި ކެމްޕެއިންތަކުގައި އާއި ކަންކަމުގައި ވަރަށް ގިނައިން ފުލުހުން އުޅޭ. އަޅުގަނޑު ގަބޫލު ކުރަނީ މި ބިލުން އެކަމަށް ހައްލު އަންނާނެ ކަމަށް،" ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން ޔައުގޫބް ވަނީ ފުލުހުންގެ ފެންވަރާއި ޝަރުތުތަކާ މެދު ވެސް ސުވާލު އުފައްދަވައިފައެވެ.

ގްރޭޑް 10 ނިންމުމަށް ފަހު ހަދާ ހަ މަސް ދުވަހުގެ ޓްރެއިނިންއަކުން ފުލުހުންގެ އިދާރާއަށް ވަދެވޭ އިރު، ގާނޫނު ތަންފީޒް ކުރަން ތިބޭ ބަޔަކަށް އެއީ އެންމެ އެކަށީގެންވާ ޝަރުތުތައްތޯ އޭނާ ސުވާލުކުރެއްވިއެވެ.

ފުލުހުންގެ ތެރެއިން ތަހުގީގީ މަސައްކަތްތައް ކުރާ ފުލުހުންގެ ތައުލީމީ ފެންވަރަށް ޚާއްސަ އިސްކަމެއް ދީގެން ރަނގަޅުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ފުލުހުން އަމަލީ ގޮތުން ބައިވެރިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލާމު

    ސިޔާސީ މީހުން ބުނާ ގޮތް އިނޓެލިޖެންސް އިން ނުހެދީމަ ގޯސް ވަނީ އެވެ.

    10
  2. ރައްޔިތުން

    އަޖައިބެއް، ފުލުހުން ގެ އިދާރާ އަށް ގްރޭޑް 10 ނިންމާފައި ވަދެ ގާނޫނު ތަންފީޒް ނުކުރެވޭކަމަށް މަޖްލީސް އިން ގޮވާލާއިރު ގްރޭޑް 10 އެއްވެސް ނުނިންމާ ނުވަތަ ގާނޫނީގޮތުން އެއްވެސް އިލްމެއް ލިބިގެން ނުވާބަޔަކު ރައްޔިތުން މަޖްލީސްގައި ތިބެގެން ރައްޔިތުންނަށް ފައިދާކުރާނެ ގާނޫނެއް ހެދޭނެބާ، އެވަރުވެސް މި މީހުންނަށް ނޭނގޭ،

    22
  3. ެެއެމްސީ:- އިންޓެލް ހެޑް

    އޭ މިހިރަފެންނަ އެކައުންޓެންޓް ޔައުޤޫބެވެ. ޔައުޤޫބުގެ ދާއިރާއިން ވާހަކަދައްކަބަލަ. މީރާ އާއި އޯޑިޓް ފާމްތަކާއި ބެހިބަލަ. ނޭނގޭ ވާހަކަދައްވާނަމަ އަނގަ އޮޅިގެން ކިޔޭ ނުކިޔޭ އެއް ނޭނގޭނެ. ކަލޭމެން ނުކުރާ ސިޔާސީ އެއް ބަޔަކު ވެފައި ނެތް އަދިއެއް އިނގޭ ޔައުޤޫބާ!

    23
  4. ސައްތާރު

    ކަލޭގެ ފެންވަރު ކިޔާދީބަލަ؟

    15
  5. ރައްޔިތުން

    ގާނޫނު ހަދާ މަޖިލީހުގަ ތިތިބީ ގާނޫނީ އަލިފު ނުދަންނަ ޖާހިލުން

    16
    2
  6. ސޫބެ

    މިކަހަލަ ތަނެ އް ދޮރެ އް ދޮރާ އްޓެ އް ނުދަންނަ މީހުން ތިޔަ ބަކަރި ކޮށީގަ ގިނަ އީ.

  7. ޙަސަނާ

    މިގައުމު ހަޅާކުކުރަމުން ގެންދާ ބައިގަޑަކި އިލްމެއްހިލްމެއްނެތް ލަޓޯފަޓޯއިން ގައުމުގެ ގާނޫނުހަދާމަޖިލިސް އައް ވަދެ ހިންގާ ދަންނަ ނުދަންނަ ތިބެ ކުރާކަންކަމުން އަގައޮރިކޮއްފަ އިއްޒަތްތެރި ރައީސް ކިއަން އެކަނިދަސްވެފަތިބި ގަމާރުތަކެއް ހަމަ ހިނިއަންނަނީ މިބައިމީހުންފެނުނަސް އަމިެްލައެދުމިންފޯވެފަ ޖީބުފުރަނީ ޕާޓީ ކޮންމެ މެމްބަރެއްގެ އާއިލާއަކުން 20 ކައްމީހުން ވަޒީފާ ހޯދައިދީގެން ޖާހު ފުޅާކުރަނީ އަގަނުތާޅާތިބެބަލާ..

  8. ޢަބުދު

    ޕޮލިސް ކަމިޝަނަރ އަކީ ކުރީގެ އިންޓެލިޖަންސް ޑިޕަރޓްމަންޓްގެ ވެރިޔާ
    ޢެބޭފުޅާ ސިޔާސީތޯ

    • ޢަލީ

      މިހާރުވެސް.

  9. ޤާނޫނު

    Thiya yaugoobakee gaanoonee gothun konfaaheh libigen majleehah kurimathilaigen hovunu meehehbaaaa

  10. ޢަބްދުﷲ

    މަޖިލިސްގަތިބި ގާނޫނީ ވަކީލުން ނައްވުރެ ޕޮލިސް ގަ ގާނޫނީވަކީލުން ވެސް ގިނަވާނެ އެކައުންޓެންޓުން ވެސް ގިނަވާނެ ޑޮކްޓަރުން ވެސް އަދި ތި ރޯނު އެސުރުންހަދާ ޤާނޫނުތަކުގަ ހުންނަ ބާގަނޑުތައް ބައްދާގެން އެ ތަންފީޒު ކުރަން ދަންނަ މީހުން ވެސް ގިނަވާނެ.... ތިތާއުޅެނީ ހިކިބިލެތާ ބޯދިގޭ ކަހަލަ މީހުން

  11. ދުންތަރި

    ފުލުހުންގެ އިންޓެލިޖެންސްގެ ވެރިން ސިޔާސީވެގެންތާ އެމްސީ ހަމީދު އެމްޑީޕީއަށް ދައުލަތުގެ ސިއްރުމައުލޫމާތު ދިނީ އަދި އެހިޔާނާތުގެ ބަދަލުގަ މިހާރު ކޮމިޝަނަރކަން އެމްޑީޕީން ދިނީ މީ ފެންނަންހުރި ޙަޤީޤަތްތައް މިކަހަލަ ވާހަކަ އެމްޑީޕީ މުޖުރިމުން ދެއްކީމާ މަންޒަރުއެހާ ރީއްޗެއްނުވާނެ