ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދަށް ލުއި ކަމެއް ދިން ކަމުގައިވީ ނަމަވެސް ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނައިބު ރައީސް ނައިބު ފައިސަލް ނަސީމް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަބަންދަށް ލުއިކަމެއް ލިބުނު ކަމުގައިވިޔަސް، ސަމާލުކަމެއް ދޭންވީ އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ކަމަށެވެ. އަދި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަަށަވަރުކުރުމުގެ މުހިންމު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަލި ފެތުރުނަ ނުދިނުމަށް ސިއްހީ ފަރާތްތަކުން ދެއްވަމުން އަންނަ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކުރި ފުރަބަންދަށް ވަނީ ލުއިތަކެއް ދީފައެވެ.

މި ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެގޮތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވެފައިވާ މީހުންގެ ތެރޭގައިވެސް ގިނަ އަދަދަކަށް އުުރުން ދުވަސްވީ މީހުން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ތިކަމެއް ހިޔެއްނުވޭ ވާނެހެން ދިވެހިން ތިވާހަކަ އަޑުއަހާނެ ، އެކަމަކު މިއުޅޭބަންގާޅީން އެއް ނާހާާނެ އެއީ މިޤައުމުން ހުރިހާކަމެއް ކުރަން ހުއްދަދީފައި ތިބޭބައެއް ހިތައްނައަރާ ކަމެއްވެގެން އުޅޭހެންވެސް ، ފުލުހުންވެސް އުމީހުންކުރާކަމަކަށް މާބޮދު ސަމާލުކަމެއް ނުދޭހެން ހީވަނީ މިއޮތީވާޢައުމެއް، އިކޮނޮމިކު މިނިސްޓަރު ބަންގާޅިންގެކަންތަކާއި ވަރަށް ބިޒީކޮށް އުޅުއްވަނީ ، ވިދާޅުވަނީ ޤަވައިދުގެ ތެރެއަށް ވައްދާނީޔޭ ހެހެ.