ހެލްތް ޕްރޮޓަޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުމާލޭގައި ބަންދުކޮށްފައި އޮތް ސަރަހައްދެގައި ހަމަނުޖެހުން ހިންގި މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް އެ ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ އެންގުމަށް "ކޯޑަން" ކޮށްފައިވާ ސަރަހައްދެއްގައި ހަމަ ނުޖެހުން ހިންގައި ފުލުހުންގެ ދައުރަށް ހުރަސް އެޅި މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ފުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 17:10 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.
ހުޅުމާލެއިން ބަޔަކު މީހުންނާއި ފުލުހުންނާއި ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑީއޯއެއް މިހާރު މީސްމީޑިއާގައި ދަަނީ ދައުރުވަމުންނެވެ.
މި ހަމަ ނުޖެހުމުގައި ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވަނީ ޖަނަވާރުންނާއި މެދު އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވާހަކަދައްކާފައެެވެ.
ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭގެ އެންގުމަށް ބަންދު ކޮށްފައިވާ ސަރަހައްދުތަކުގައި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުން ގެންދެއެވެ.
ފުލުހުން އަމިއްލައަށް ބަޔާންނެރުނަސް ވީޑިއޯ އިން ފެންނަނީ ފުލުހަކު މައިތިރިނުވެގެން އެހެންފުލުހުން އޭނަހިފަައްޓާ މަންޒަރު
ހައްޔަރުކުރީ ގެއުވާލި ކަމަށްބުނާ ރިލްވާންގެ ތަހުގީގަށް ހައްޔަރުކުރި ނޫރޭ ކަމަށްވަނީ ..އެއީ އެމްޑީޕީގެ ރަތްލާޖެހި މީހެއް.!
އެއުޅޭ އެމްޑީޕީ މީހުންތަށް ވެރިކަމަށް އައިސް ޤާނޫނަށް ވުރެ މތީ ބަޔެއްކަމަށް ހެދިގެން އުޅޭ މަންޒަރު މަށަށް ފެންނަނީ
މިއަދު މަޖިލީހުގައި ފުލުހުންގެ އަގުވައްޓާލާން އޮރެންޖުކުލައިގެ ސޯޓްލައްވަން ގޮވައި އެއީ މަސްތުވާތަކެއްޗާ ވައްކަންކުރާ ބަޔެކޭގޮވައި ގޮވިހަޅޭކުގެއަޑުއިވުނީމާ ރައްޔިތުންނަށް މިހާރު ތިބެވެނީއެއް ނޫން. މަޖިލީހުގައި މިހާރުކުރަނީ ކޮންނަމެއް