ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ކަސްތަރު ކުރެއްވުމަށް ނިކުމެވަޑައިގަތުމުން "ބާޣީ" އަށް ގޮވައި ފުރައްސާރަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ސިރާޖު ވިދާޅުވީ ރައީސް ވަހީދު އުސްފަސްގަނޑަށް ކަސްރަތު ކުރައްވަން ވަޑައިގަންނަވާ އިރު، އެންމެން ގޮސް އެމަނިކުފާނަށް ބާޣީއަސް ގޮވައި ފުރައްސާރަ ކުރުމަށް ގޮވާލައްވާ ކަމަށެވެ.
އަދި ހަމައެކަނި އެމަނިކުފާނަށް ފުރައްސާރަކުރާނީ އެމްޑީޕީގެ އެކްޓިވިސްޓު ނޫން ކަމަށާއި، އޭނާ ވެސް ހިމެނޭހެން އެންމެން ބާޣީއަށް ގޮވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ.
"އަދި އަޅުގަނޑު ހަމަ ގޮވާލަން، ބާޣީ ވަހީދު ކަސްރަތުކުރަން އުސްފަސްގަނޑަށް ދަންޏާ އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް ފެންނަހާ ބަޔަކު އެތަނަށް ގޮސް ކަމާ ކަންފަށާ އެތަނަށް ގޮސް ބާޣީ ވަހީދަށް ބާޣީ ވަހީދު ގޮވަން" ސިރާޖް ވިދާޅުވިއެެވެ.
ސިރާޖް ވިދާޅުވީ "ބާޣީ ވަހީދަށް ބާޣީ ވަހީދު ނޫން" އެހެން އެއްޗެއް ވިދާޅު ނުވެވޭނެ ކަމަށާއި 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ ވަހީދު ފަހަތުގައި ހުންވައިގެން އޭރުގެ އިދިކޮޅާ ގުޅިގެން ހިންގި ބަޣާވާތަކުން ކަމަށެވެ.
އަދި އެ ދުވަހު ބަޣާވާތްކުރި ފުލުހުން އަދިވެސް ތިބީ ފުލުހުންގެ އިސް ސަފުގައި ކަމަށާއި، ފުލުހުންގެ އިދާރާ އިސްލާހުކުރާ ކަމަށްވާނަމަ ފުލުހުންގެ ތެރޭގައި ތިބި "ބާޣީން" މަގާމުން ވަކިކުރަން ޖެހޭ ކަމަށް އޭނާވިދާޅުވިއެވެ.
ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ ފެބްރުއަރީ 7، 2012 ވަނަ ދުވަހުއެވެ. އެމްޑީޕީ އިން މިހާތަނަށް ބުނަމުން އަންނަނީ އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން އަދި ފުލުހުންނާއި ސިފައިން ގުޅިގެން ބަޣާވާތްކޮށްގެން ކަމަށެވެ.
ދުރޫސުލް އަހްލާޤްގެ ކަންފުޅެއް ވެސް ނެތް ދެން ކިހިނެއް ދަރިޔަކު ތަރުބިއްޔަތު ކުރާނީ
އަސްތާ ކީރިތި ކުރައްވާ މީހަތޯ މިއީ ތިއޮތީ ތިމީހާގެ ހިތްތިރިކަން ފެއްނަންދޯ މިކަހަލަ ޖާހިލުން ތި ޕާޓީގައި ތިބޭނީ
ދިވެހި ގަމާރުން ދިވެހި ގައުމު މިހަވާލުކުރީ ޖާހިލުން ތަކަކާ. ދެން މިގައުމަށްވާނެގޮތާމެދު ވިސްނާލާ. ވަލުޖަނަވާރުން މިގައުމުގައި ދެން އުޅޭނީ.
އެމްޑީޕީއަށް އެއްޗެކޭ ބުނީމަ ޒާތީވަނީ، އެކަމަކު މިމީހުން އެއްޗެކޭ ބުނީމަ އެއީ އަދުލު އިންސާފު، ހައްގު މިންވަރު. ޒާތީ އެއްވެސް ކަމެއް ނެތް. މުނާފިގު ވިޔަސް ބޮޑުވަރު.
އިންސާނުންގެ ސޫރައިގައި ހައިވާނުން އުޅެއޭ ބުނާތީއަހަން. މިއަދު އެހަގީގަތް ފެނި އަންތަރީސް ވެއްޖެ. ގާނޫނު ކިތަންމެވަރަކަށް ކިޔެވިއަސް ބުއްދީގަ ކަންފުޅެއް ނެތިއްޔާ ކީއްދޯ ކުރާނީ.
ޤުރުޢާން ސޫރަތް 104 އާޔަތް 1
﴿1﴾ وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.
[އަލް ހުމަޒަ ސޫރަތުގެ1]
ތަންކޮޅެއް ބަސްމަގު ރަގަޅު ކޮއްބަލަ މަޖިލިހައް ވަދެވުނޭ ކިއާފަ ޖަނަވާރުން ނައް ވެގެން ނުވާނެ ތިތަން މިހާރު ފެންނަނީ ޖަނަވާރުންގެ އުސޫލާ އެއްގޮތައް އަހަރުމެން ތިބޭނަން ކިހާ ދުވަހަކު ތިބެވޭތޯ.
ސިރާޖު ކަލޭ ނޫނަސް އަހަރުމެންނަށްވެސް އިނގޭނެ ކަލޭފަހަތުން ދުވަން.
ކަލޭމެންނަށް ލާދީނީ އޭ ކިޔަން މަވެސް ގޮވާލަން.
ސިރާޖު މީނަ ހޮވިފައިވާ ދާއިރާއަށް ހޮވަން ވޯޓް ދިން ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް، މިހާރު އެރައްޔިތުން ހިތާމަކުރާނެކަން ޔަގީސް ދާއިރާއަށް ކޮއްދޭން ވައުދުވި ކަންތައްމަތިން ހަނދާން ނައްތާލާފަ މުޅިންވެސް ވަޙުޝީ އަނގަ ފުޅާކުރުން ނޫންކަމެއް ނުދެއްކޭ
މީނައަށް ކިޔަންވީ ބޮޑު މޮޔަ
އެހާބޮޑުނުކޮށް ކުޑަކޮށްލާފަ ކުޑަދައްޖާލު ކިޔަންވީނު.
ވަކީލަކަސް ޖާހިލުކަން ބޮޑީ ހަމަ ދުރޫސުލް އަޚްލާގުގެ ކަންފުޅެއްވެސް ނެތް ﷲ އަންގަވާފައި ވަނީ ދޫރައްކާތެރިކޮއް އެހެންމީހުންގެ އަބުރު ނުކަތިލުމައް މީނާ ކިޔެވީ ކޮންފޮތަކުން
މީހާދަ ފުއްޕާ މނާފުކެކޭއަދިި.....މިމީހުނަށް މިތިބެނީ ވަރަށް ބޮޑަށް ސައޒްއޮޅިފަ.....ހަމަ އެވެރިންގެ ރޫހާނ މަރުމޯލު ފަދައން.
މަގޭ ކައިރިއަށް ހަމަ އަންނަނީ ހިނި. ފުލުހުންނާއި އެމީހުންގެ އާއިލާތައް މި ޖާހިލުންނަށް ވޯޓް ދިނީ. މިގައުމުގައި ތިބި އެންމެ ނިކަމެތިންގެ ވޯޓް މިމީހުނަށް ދިނީ. ބޯކައިލައިގެން މަޖްލިހަށްވަދެ މިދިމާކުރަނީ މިނިކަމތިންތަކުގެ ދުވަސްދުއްވާލަން.
ކޮންފަދަ ޖާހިލު ގޮތެއްފޮތެއްނެތް ބައެއް. ސުބުހާނަﷲ. މީހުންގެ އަބުރަށް އަރައިގަނެ ފުރައްސާރަކުރުމަކީ ކީރިތި ﷲ ނަހީކުރައްވާފައިވާކަމެއް. މަޖިލިހަކީ ﷲ ގެ އަމުރުފުޅުތައް މުގުރަން ގޮވާލާ ނުބައިތަނަކަށް ވަމުން މިދަނީ.
މި ފާޑުގެ އަޚުލާގެއް ނެތް ބީތާއެއް މަޖިލީހަށް ހޮވުނީތީ ދާއި ރާގެ ރައްޔިތުން ލަގުގަނޭ
މަޖިލީހުގެ މެންބަރުން ދެފަރާތުގައި ދެ އަހިފަތް ޖަހައިގެން ލަކުޑި މަރަވަޅިއަކަށް އަރައިގެން މޫނުގައި ދެލިކުރަހައިގެން މަޖިލީހަށް ދާންޖެހޭގޮތަށް ގާނޫނެއް ހަދާލަން މަޖްލީހަށް ދަންނަވާލަން. ޕާސަނަލިޓީއާ އަޚްލާގާ ސިފައާ ވަރަށް ގުޅޭނެ.
ސާބަސް ސަވާބުގިނަކުރަންަަަަ އަވަހަށް ސުވަރުގެއަށްވަންނަންތަ މީހުންގެ މަސްކަނީ؟ ހިތާމަހުރި.
ތިޔަހެން ތިޔަބުނާމީހާއަށް އެންމެ ރަގަޅު ރައީސް ، ވެލާނާގެއިން އެއްޗެއް ގެންދިޔަ މަސްއަލާގައި ކުށްވެރިވެ އަދަބުވެސް ލިބިފައިވޭ. އެރައީސް މަގުމަތިން ފެނިގެން މީހަކު ވަގަށް ގޮވައިފިއްޔާ ތިޔަމީހާއަށް ހަޖަމްވާނެބާ..!!! ގައިމު އެއީ ތެދު ޙަޤީޤަތެއް.