ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ ދައްކަވާފައިވާ ކަމަށް މިއަދު އެމަނިކުފާނު ވިދާޅުވެއްޖެެއެވެ.

އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން ރައީސް ނަޝީދަށް އެންގެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނެވެ.

އެއީ ރައިސް ނަޝީދު އެމްޑީޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރައްވަން ކުރައްވާ އަމިއްލަ ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލިހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.

އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ބުނީ، މިދިޔަ އޮކްޓޯބަރު 31 ގައި ގއ. ވިލިނގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ކޫއްޑޫ އިން މާލެ އައި މަޖިލިހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީން އަންގާފައިވާ ކަމަށެވެ.

މަހާސިންތާ ނިންމާލެއްވުމަށް ފަހު، އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ބައިވެރިވި ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓު ކޮންމެ މީހަކަށް 1333ރ. ހަރަދުވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222ރ." އޭސީސީގެ ނިންމުމުގައިވެއެވެ.

އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީން އަންގާފައިވާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު އެ ފައިސާ ދައްކަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ަމާމީ

  ރައްޔިތުންގެ ފައިސާ އިން 2ރުފިޔާ ނެގިއަސް ވަގަކައްވާނީ.

  41
  2
 2. ބުލްބުލާ

  ކެނޭރީގޭ ނަށީދު ވީމާ ވަގަށް ނެގިއެއްޗެއް އަނބުރާދިނީމާ ދައުވާ ނުކުރެވޭ. މިއީ ކޮންކަހަލަ އަދުލު އިންސާފެއްގެ ވެރިބައެއް. ކިތަންމެ ވަރެއްވިޔަސް ވައްކަން ކޮށްފައި އެއޮތީ.

  23
  1
 3. ކޮރަލް

  އިއުތިރާފް ވެއްޖެ އެވެ. ބަލަން ޖެހޭ މައްސަލަ އެކެވެ. ތަގުގީގު ކުރަން ވީ އެވެ.

  22
  1
 4. ކާފަބޭ2020

  އެހެންވީމަ މިހާރުމިންގަނޑެއް ޚިޔާނާތްތެރިވާމީހުނަށް ކަނޑައެޅުނީތާ! ޚިޔާނާތްވެފަ އޭގެފައިދާނަގާފަ ލާރިކޮޅުދައްކާލީމަ ހުދުކާފޫރަށްވާހެންމައްސަލަހުލިވެނިމުނީދޯ؟ ދެންތިބިމީހުނަށްވެސް އެހެންވާންޖެހޭނެތާދޯ؟ 1ރުފިޔާއެކޭ މިލިއަންރުފިޔާއެކޭ ޚިޔާނާތްވާންޖެހޭނީހަމަޚިޔާނާތަށް އެހެންމީހުންވެސް އަވަހަށްލާރިކޮޅުދައްކާލާ އަދީބުވެސްލާރިކޮޅުދައްކާލީމަ އަލުންޓޫރިޒަމްމިނިސްޓަރުގެމަގާމު ލިބޭނެތާދޯ އަދިބަންދުގަހުރީތީ ބަދަލުގެގޮތުގައިކިހާވަރެއްލިބޭނެބާ؟

  11
 5. އެމަންޖެ

  ކަލޯ ތިޔައީ ހަރަދުކުރި ވަރެއްނު ކަލޭކޭވަރު ކަލެޔައް އެނގޭނީ ނިކަން ކެރެންޏާ ކާލިވަރު ބުނެލަބަލަ.

  18
  1
 6. ޙަޖަރަަ

  ބޮޑު ވަގު އަންނި މިގައުމުގެ ހަލާާކު

  20
  1
 7. ދަރަނި ދަންތުރަ

  ވަށްކަން ކުރިކަމަށް އެއްބަސްވީ ދެން އަވަހަށް ހުކުން ކުރޭ ބޮޑު ވަގު

  17
  1
 8. މާރިޔާ

  މިގައުމުގެ ބާގީ ލާދީނީ ނަސީދު.

  8
  1
 9. ާަބިޖޫ

  ހެ ހެ ހެ މުލުވަގަސް ކަޅުވަގަސް ދޮންވަގަކަސް ވަގު ވާނީ ވަގައް ބޮޑުވަގު ނަސީދު ލާރިގަންޑު ބަނޑުއަޅާލީމަ އެމް ޑީޕީ ޔައް އޯކޭ ރިހާކުރުފުޅިއެއް ވަގައްނެގީމަ ޖަލައް މީކޮންކަހަލަ ދެއުަޅިެއްނުވާ އިންސާފެއް މިކަހަލަ ދެއުޅިއެއްނުވާ ސަރުކަރަކުން ކުރާނީވެސް ކަޑަ ކަންތައް އަބުރަހާ އިސްތިއުފާ ދީފަގޮސް ގޭގަ އޮވެބަލަ

 10. ޙަލީ

  މިއީ ވައްކަމެއް ނޫންތަ

  5
  1
 11. ހާށަވިޔަނި

  ތިހެން ތިކަން އޮންނަނަމަ ވަރަށް ސަޅި. ފަޅާ އަރައިފިނަމަ އެއަދަދެއް ދައްކާނީ. ވެރިޔަކަށް އެއްދުވަސް ވަގަށް ހާސްދުވަސް. ފަޅާ އަރާދުވަހު ފައިސާ ދައްކާފަ އަނެއްކާ ކުރިޔަށްވުރެ ބާރަށް އުޅެގަންނަށްވީ. ފަސްއަހަރު ނިމޭއިރު ހުންނާނީ މުއްސަނދިވެފަ. އެންމެނާމެދު ތިއުސޫލު އޭސީސީން ގެންގުޅޭނެކަމަށް ފެނޭ. ޤާނޫނުގެ ކުރިމަތީގަ އެންމެން ހަމަހަމަވާނެ. އެމްޑީޕީ ކުރިމަތީގަ އެކަން އެހެންނުވިޔަސް.

 12. ދުރުގާތް

  ނަޝީދަކީ ދައުލަތުގެ ތަކެތިން ވައްކަން ކުރެއި. މިމައްސަލަ ނަޝީދުވީމާ ޝަރިއަތްނުކޮށް ނިންމާލީ. ޝަރިއަތް ތެދުވެރިކަމާއެކު ކުރިނަމަ ޙުކުމެއްއަންނާނެ، މީ މަކަރުހެދުމަކީ، ވައްކަން ކުރުމަކީ، ތަފާތުކުރުމަކީ، ހީލަތްތެރިކަމަކީ،

 13. އިންސާފުކޮބާ

  އެންމެހާ ޚިޔާނާތްތެރިންނަށާާއި ވަގުންނަށްވެސް އެއްހަމައެއް އޮނަނަންވާނެ. ކޮންމެ ވަގަކަށްވެސް އެވަގަކު ވައްކަންކުރިކަން ސާބިތުވުމަށްފަހު ވަގަށްނެގި މުދަލެއް ނުވަތަ ފައިސާއެއް އަނބުރާ ދިނުމުން މިނިވަންވާންޖެހޭނެ.