ދިވެހި ފުލުހުން ތިބެން ޖެހޭނީ ސޯޓު ލައިގެން، ދަނޑިބުރި ދީފައި މަގުމައްޗަށް ނެރެފައި ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ފުލުހުންނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ވޭތުވެދިޔަ 30 އަހަރުގައިވެސް ފެނިގެންދަނީ މީހުންނަށް އަނިޔާ ކުރާ މީހުންނަށް އެއްވެސް ކަހަލަ އަދަބެއް ނުލިބި މިނިވަން ކަމާއި އެކީ އުޅެމުން އަންނަތަން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖަލުގައި އެތަށް ބަޔަކު ބައިތިއްބައިގެން އެބަޔަކު މަރާ ލޭ އޮހޮރުވާ ޖަލުގައި އެތައް ބަޔަކު ގެއްލުވާ ވަޅުލާފައިވާ ކަމަށެވެ.

"2008 ވަނަ އަހަރު އަޅުގަނޑުމެންގެ ރައީސް ނަޝީދު ވަޑައިގެން ޖަލުގަ މަރުވެފަ އަދި މަރާފަ ތިބި ބައެއްގެ ކަށިތަކުގެ ވާހަކަ ދެއްކި ދުވަސްވެސް އަޅުގަނޑު ހަނދާން އެބަ ހުރި" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެސްއޯ ފުލުހުން އުފައްދައިގެން އުޅެނީ ރައްޔިތުންނަށް އަނިޔާ ކުރުމަށާއި ބިރު ދައްކައި ޖެއްސުން ކުރުމަށް ކަމަށެވެ. އެހެން ކަމުން ޖުޑީޝަރީ އިސްލާހުވުމުގެ ކުރިން ފުލުހުން އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމައު ތެރޭގައި ހިނގާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޖަލުގައި ހިނގާ ކަންކަ ބަލާނެ ފުލުހަކު ނެތް ކަމާއި އެކަމަށް އެއްބާރު ނުދޭކަން ފާހަގަ ކޮށް އޭނާ ވަނީ ފުލުހުން ގެންގުޅެން ޖެހޭނީ މޮޅެތި ބަޑި ނުދީ، ސަރުދާރުންގެ ގޮތުގައި ކުދި ދަނޑިބުރި ދީގެން ކަމަށް ވިދާޅުވެފައެވެ.

"ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި ތިބޭ ބައެއް މަގުމައްޗަށް ނެރެފައި. ވަރަށް ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިތިއްބާކަށް ނުޖެހޭ އިއްޒައްތެރި ރައީސް!. ސަރުދާރުން ގޮތަށް ނެރެން ޖެހެނީ ކުދި ދަނޑިބުރިއެއް ދީފައި. ދެން އިތުރަކަށް ކޮންމެހެން އެމީހުންނަށް އޭކޭ47 އާއި ސްންއިޕާ އެއްޗެހި ދޭކަށް އުޅޭނެ ކަމެއް ނެތް" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އިތުރު ބާރެއް ފުލުހުންނަށް ދީފިނަމަ މާ ނުބައި ކަންކަން ވެގެން ދާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ ބަދަލު ކޮށް ލާމަރުކަޒު ކުރަން ޖެހޭ ކަމަށާއި ބަދަލު ކުރާއިރު، އޭރަކު ވެރިކަމަށް އަންނަ ބަޔެއްގެ މަޖިލީހުން އެތަނަށް ބާރު ހިންގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ފުލުހުން ގޮތަށް މާ ސްމާޓް އެއްޗެހި ދީގެން ގެންގުޅޭ ވަރަށް ވުރެ ދިވެހި ފުލުހުންގެ އަހުލާގު ދަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެބޭފުޅުންގެ ޔުނިފޯމަށްވެސް ބަދަލެއް ގެންނަން. ކާކީ ކުލައިގެ ސޯޓު ބުރިއެއް ލައްވާފައި، ތަންކޮޅެއް ދިގު ސްޓާކީނެއް ލައްވާފައި ހަންގަނޑެއް ކަހަލަ ބޫޓޫ ގަނޑަކަށް އަރުވައިގެން މާލެ ތެރޭގައި ގެންގުޅެންވީ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. އަލީ ރައްޔާން

    ކާކު މީ. މާ ފެންމައްޗަށް އަރައިގެން މިއުޅެނީ.

    159
    5
  2. ސަޓޯ

    ބޯދިގު ކަލޭގެ ކޮއްކޮވެސް އެއީ މީހުނަށް އަނިޔާ ކުރާ މީހެއް.. ކޮރަޕްޝަން މައްސަލައިގަ ސިފައިންގެއިން ކަނޑާލީވެސް... ކަލޭގެ ބައްޕަ އަކީ ވެރިކަމަށް ބޫތު ކައިފަ ހުރި މީހެއް.. ކަލެއާއި ކަލޭގެ އާއިލާ އަހަރެމެނަށް ނޭނގޭނެޔޭ ހީނުކުރާތި... މާމޮޅަށް ވާހަކަ ތިދައްކަނީ

    236
    3
  3. ސަބްނަމް

    ޓު ޕްރޮޓެކްޓް އެން ސާރވް ޖަހައިގެން ފުލުހުން މަގުތަކަށް ނިކުންނަން ލަދުގަންނަ ހިސާބަށް މިވެރިކަމަށް އައި އެމްޑީޕީން ކަންތަށް ކުރަމުން މިދަނީ. އެބައެއްގެ ބޭނުން ޖެހޭނީ ހެޔޮވަރު ކަމެއް ލައިގަތީމާ. ކޮންމެ ފަހަރަކު އައިސް ފުލުހުންގެ ގަދަރު ކުޑަކުރުމަކީ މިމީހުންގެ އާދައެއް.

    165
    4
  4. ައާންމުން

    ނާތަހުޒީބު މަޖްލިސް،

    161
    4
  5. Anonymous

    މަށަށް ހީވަނީ މީނަހެން ބޭރައް ލާންވީ ސޯޓު ލައްވާފަ ދަނޑިބުރި ދީފަ. ޙެހެހެހެ. ބޯބުރާންތިން ތިބޭ ޖޯކު މަޖިލިސް. ޜައްޔިތުންނައް ފައިދާ ހުރި ކަމެއް ކޮއްބަލަ ބޭކާރު ކޮސް ނުގޮވާ ތިބެ. ބޯ ހަލާކު.

    150
    4
  6. ފުލުސް

    މިގޮލާޔައް މި ކިޔޭ އެއްޗެއް އެބަ އެގޭބާ؟ ޢަލްކަހޯލް ޓެސްޓެއް ކުރުން މުހިންމު

    135
    4
  7. ހހހހ

    މަގޭ ކައިރިއަށް ހަމަ އަންނަނީ ހިނި. ފުލުހުންނާއި އެމީހުންގެ އާއިލާތައް މި ޖާހިލުންނަށް ވޯޓް ދިނީ. މިގައުމުގައި ތިބި އެންމެ ނިކަމެތިންގެ ވޯޓް މިމީހުނަށް ދިނީ. ބޯކައިލައިގެން މަޖްލިހަށްވަދެ މިދިމާކުރަނީ މިނިކަމތިންތަކުގެ ދުވަސްދުއްވާލަން.

    143
    4
  8. ބޭބެ

    ކަލޭ އެއްޗެއް ބޯންވީނު! ކާކު ކަލޭތީ؟ މާދަމާ ކަލޭ ތިތާތެރޭ ނުހުންނާނެ! ތިތަންތަނުން ދަމާ ނެރޭ ދުވަސް ހަމަ އައިސްދާނެ! ކަލޭވެސް ޖެހެނީ ކަލޭ ތިބުނާ އެއްޗެއް ލައްވައިގެން ގަން ހިންގަން!! ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ އިހާނެތިގޮތް ހަދަން ގޮވަން އެކަމަށް ހިތްވަރުދޭން ކަލޭތީ ކާކުހޭ!! ކަލޭތީ ނައިފަރު ދާއިރާގެ މެމްބަރަށް އަނިޔާކުރި މީހުންގެތެރެއިން އެކަކު!! އެކަންވެސް ކަލޭ ހަނދާނުގައި ބަހައްޓާތި!!

    123
    5
  9. ގގގ

    މަޖިލީހުގެ މެންބަރުން ދެފަރާތުގައި ދެ އަހިފަތް ޖަހައިގެން ލަކުޑި މަރަވަޅިއަކަށް އަރައިގެން މޫނުގައި ދެލިކުރަހައިގެން މަޖިލީހަށް ދާންޖެހޭގޮތަށް ގާނޫނެއް ހަދާލަން މަޖްލީހަށް ދަންނަވާލަން. ޕާސަނަލިޓީއާ އަޚްލާގާ ސިފައާ ވަރަށް ގުޅޭނެ.

    113
    4
  10. ފަނީ

    މެމްބަރުން ފުރަތަމަޖެހެނީ ކިޔަވަން

    109
    1
  11. ޙައްގުބަސް

    މިއަނިޔާވެރިކަމާ ނޭއްގާނީކަމާ ދެކޮޅަށް މިގައުމުގެ ހުރިހާ ރައްޔިތުން މިހާރުން މިހާރަށް ނިކުންނަންވީ. އަޑު އުފުލަންޖެހޭ. ލަސްނުކުރައްވާތި. މިއީ އެއްގޮތަކަށްވެސް އަޅާނުލާ ތިބެން ހަމަ ހެޔޮވާ ވަރުގެ ކަމެއްނޫން. މިއޮތީ ހަމަ ހަލާކާ ނޭއްގާނީކަން ކުރިއަށްނެރެ ބަލާވެރިކަމެއް ދިމާވެފަ!

    114
    1
  12. ޢަލިފުޅު

    ޢަޅެ ކެރެންޗާ ތިކަން ކޮށްބަލަ ކަލޭމެން ކިއާއެއްޗަކަށް މި ޤައުމަކު ލޭ ހިންގާ ދަރިޔެއް ބޯ ނުލަބާނެ. ބޭފުޅާ ތި ގެއަށް ވަދެވުމުން ހިތައް އަރަނީ ރަސްކަމުގެ ތަހުތުގައި ހުރެވުނީ ކަމަށް ތަށް. މާކުރިންވެސް އިންގޭ ތި މޮޔަ ގޮވާނެކަން.

    80
    1
  13. ބޯގޯސް

    އެމްޑީޕީ އެންމެން ސޯއްޓު ލައްވާފަ ގަންބޫޓައް އަ ރުވާފަ ދަނޑިބު ރިޔާ ވަޅިޔާ ދީފަ ނެ ރިފަ ބައިތިއްބަންވީނު ކަލޭމެން ނުލާހިކު ކު ރާހިތްވާ ކަމެއްުނުއެއީ ބު ރާންތިޔާ

    87
    1
  14. ގުނބޯ

    މަޖިލީހުގައި މެމްބަރުން ވަންންއިރު ޗެކްކުރަން ބްރީތް އެނަލައިޒަރ އެއް ބައިންދަން ފާސްކޮއްލަބަލަ، ގުނބޯ ނަަލުވާ.....

    72
    1
  15. ޙަސީނާ

    ބަލަ ދިވެހި ފުލުހުންނަކީ އަހަރެމެންގެ ދަރީން ، ތިތާގަ ހަމަހޭގަ ކުރެގެނަ ތި ކިޔާ އެއްޗެއް ކިޔަންވީނު..

    85
    2
  16. ސމީ

    ދަނޑިބު ރި ދީފަ ބަޔަކު ބައިތިއްބަންވީ މަޖިލިސް ތެ ރޭގަައި ތިޔަކަހަަލަ ޖާހިލު ގޮތް ކުޑަ މީހުން ހަންމތަކު ރަން

    46
    1
  17. ބޭޗާރާ

    ފުލުހުން މަގުމައްޗަށް ނެރުމުގެ ކުރިން ހަކުރާގޭގައި ހަދާފައި ހުރި ތަނަށް ވަކަރުގޭ ކުދިން މުންޑުބުރިއާއި ކަނޑިކިބުރި އަންދަވާފައި ފޮށާއަޅުވާފައި ހުދުކާފޫރު ލައްވާފައި ކަނޑިން ކަޅިކޮށްފައި ވައްދަންވީ.

    28
    1
  18. މައްޗަންގޮޅި

    މީނަ މަޖިލީހަށް ދާންވީންނު ބޮކްސާ ލައިގެން

    39
    2
  19. ޒާ

    ކަލޭގެ ސައިޒް އޮޅުނީދޯ؟ ކަލޭސައިޒްވާނީ ތިބުނާ
    ސޯޓްބުރިއަންދަވާފާކަން ހަނދާންކުރާށެ. ތީ އެއްވެސް ފެންވަރެއްނެތް ލާޗާރީން ތިތަނަށްވަނީމާ ވާގޮތެ

    37
  20. ބޯކުރު މީހެއް

    ދެންފަހެ މިހިރަ ފެންނަ ބޯދިގު ރަޝީދޭ ކިޔު ދެއުޅިއެއްނުވާ މުސަޅު ހިފާ ސޯޓުބުރި ލައްވައިގެން ގަންހިންގުވަން އަޅުގަނޑު ޙުކުމް ކޮށްފީމެވެ.

    25
    1
  21. އަޅިކޮ

    ބޯދިގެއް ކަރުދިގެއް ކިޔާނެކަމެއް ނެތް. މީނަގެ ބޮލުގެ ޓެސްޓެއް ހަދަން ފޮނުވާ. މަޖިލީހަށް މިކަހަލަ އެއްޗެހިލީމަ ދުނިޔޭގެ ކުރިމަތީ ރާއްޖެދަނީ ބަދުނާމުވަމުން.

    30
    1
  22. ބަބުކެޔޮބޯ

    ބޯދިގު ވިޔަސް މޮޔަވާހަކަ ދައްކަން ނޫނީ ދައްކަން ނޭގެންޏާ އަގަމަޑުން ލައިގެން ހު ރެވޭތޯ ބަލާލަ. ބޯދިގު މަގުމަތީ ގޮޑުކޮށް އުމު ރު ހުސްކޮށްލިއަސް އެފަދަ ތަންތަނުގައި އެއުޅެނީ އެންމެ ޅަޒުވާން އުމު ރުން ފެށިގެން ގައުމުގެ ހިދުމަތުގައި. ބޯދިގަށް އިގޭބާ މިހާ ރުގެ ކޮމިޝަނަޜު އެއީ އޯލެވެލްއިން ޔޫސެޓް ހިފައިގެން ސިފައިންގެއަށް ވަދެ އެގޮތުގައި 15 އަހަ ރު ހު ރެފައި އެމްޑީއެން މީހުންނާ ގުޅިގެން ދެއަހަ ރަކު ލާދީނީ ކިޔަވައިން އައިސް އުޅޭ މީހެއްކަން.

    20
  23. އަބުލޯ

    ކަލޭތީ ކާކު ކަލޭސޯޓުބުރި ލައްވަންވީ ކަލޭހީނުކުރާތި މަޖިލިހުގެ މެންބަރެއްވީމަ ތިފާޑައުޅެވިދާނެ ކަމައް

    31
  24. ފަރުގާލު

    ތީކާކު ފުލުހުން ފުލުހުންނޭ ކިޔަން؟ ފުލުހުންގެ ސްޕެލިންވެސްނޭނގޭ މީހަކު! ވައްކަންކޮށްގެން މާރާމާރީހިންގައިގެން ދެންހުރިވެސް ނުބައިކަމެއްކޮށްގެން ގޮސް ޕާޓީއަކަށް ބޯކޮށްޕާލައިގެން ހޮވުނީ ގަމާރުންގިނަ އަވަށަކުން! ފުލުހުންނާ ނުބެހެއްޗޭ! ކުރިންވެސް ވެއްޓުނުހެން ވެއްޓިދާނެ!

    21
  25. ސސސސސ

    ޑްރަގް ނެޓްވޯކްތަކާ ގުޅުންތިބި މީހުން ފުލުހުންދެކެ ވަރަށް ބިރުގަންނާނެ

    22
  26. ޙުއްތު

    ފިރިހެނުންގެ ފަލަމަސްގަނޑު ބަލަންތަ މިއުޅެނީ

    26
  27. ޖެކް

    "ފުލުހުންގެ މުއައްސަސާ ބަދަލު ކޮށް ލާމަރުކަޒު ކުރަން ޖެހޭ ކަމަށާއި ބަދަލު ކުރާއިރު، އޭރަކު ވެރިކަމަށް އަންނަ ބަޔެއްގެ މަޖިލީހުން އެތަނަށް ބާރު ހިންގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ" މިހެން ހެދީމާ ކަލޯމެން ތި ކިޔާ ޑިމޮކްރަސީ އަށް ވާނީ ކިހިނެތް ހަހަހަހަ ވާނުވާ ހަމަހޭގައިތޯ

    19
    2
  28. ޑަރޭ

    ޕޮލިހުންނޭ މީނަޔައް ކުޅިސަމާދައްކާލަބަލަ...އަހަ ރެމެން އާމުން ޕޮލިހައް ސަޕޯޓްދޭނަން. ހިތުހު ރިހާބީދައިން ވާހަކައެއްނުދެއްކޭނެ.

    20
    1
  29. ބިންގޯ

    ކަލޯ ސޯޓްބުރި ލައްވަންވީ ކަލޯ.

    21
    1
  30. ފުލުސް

    ތިވަރު ދެން ތަންފުކެއް ބޮޑު ނުކިޔަވާ ހުއްޓަސް. ތިޔައްވުރެ ކުޑަ ތަންކޮޅެއް ނަމަވެސް އެބަޖެހޭ ވާނުވާ އެނގޭ ވަރު މައްޗަށް ޖައްސާލަން. ތިތާ ރައީސަކަށް ބައިންދާފަ ތީނަ ބޯބުރާންތީގެ ހާލުވެސް މިނަށްވުރެ ބޮޑުވީމަ ވާނީ ތިހެން ދެން.

  31. ކާނިވާއިން

    މިބޭފުޅާ ހޮވިމީހުންވެސް މިހާރު ތިބީ ލަނދުން

  32. އައްޓަމަސް

    ކަލޭމެންތީ އެންމެނުބައިބަގަ، ފުލުހުންވެސް އަދި އެހެން މުއައްސަސާތައްވެސް ގޯސްކޮށް ވައިރަސް ޖައްސަނީ ކަލޭމެން ތީ ކޮވިޑު-19 އައްވުރެންވެސް ނުބައިވައިރަސްއެއް، ތިޔަވައިރަސް ފިލާނެ ވެކުސިންއެއް ނުވެސް ހޯދޭނެ
    ފުލުހުންއެއްނޫން ސޯޓުބުރިއެއް ލައްވާފައި ދަނޑިބުރިއެއް ދީފައި މަގުމައްޗަށް ނެރެންވީކީ. ކަލޭމެން ބައިތިއްބަންވީ ދަނޑިފަނުން ތަނެއްހަދާފައި، ފާރޮއްޓާ ކަޅުސައިދީފައި މަހުމުސާރައަށް 12 އަނާދީފައި
    މާސްމާޓް އެއްޗެހި ލައްވާފައި ކަލޭމެން ބައިތިއްބަން ނުޖެހެނީ! ކީއްކުރާބައެއްތީ؟ ގޯނިމުންޑު ރަނގަޅުވާނެ ތިޔަބައިމީހުން ކޯޅެން! ގޮނޑިމޭޒުގެ ބަދަލުގައި ކަށިކެޔޮ ހޮޅުއަށި ބަހައްޓަންވީ ތިތާ!
    ފުލުހުންގެ ހުވައަށް އިންސާނީހައްގުގެ ވާހަކަލާންއުޅެނީ ކީއްކުރަންބާ؟ ކުރީގެރައީސް ވަޙީދުއަށް އެއްކަލަ އިންސާނީހައްގު ހުވަޔަށްލާން އުޅޭމީހުން ފާޑުފާޑުގެ ނަންނަމުން ގޮވައި ނަގަނީ ތިޔަމަޖިލިސްގައި1 ދެންކީއްކުރަން ހުވާބަދަލުކުރަނީ؟
    ތިމާމެންހިތުން ތިމާމެންވަރެއްނެތް! ތިނޫނީ އަމިއްލަބޮނޑި ތިމާމެން އަމިއްލަޔަށް ބޮޑުކުރާ ބައެއްކޮބާ/ އިއްޒަތްވެސް އަމިއްލަޔަށް! މުސާރަވެސްއަމިއްލަޔަށް! ކާނެވަރުވެސް އަމިއްލަޔަށް! ތިތަނުގަ ތަންފޮޅަންވެސްއުޅޭނެ ތިއައްވުރެން ފެންވަރުރަނގަޅުމީހުން! އަމިއްލަޔަށް ބަރަހަނާވެ ސޯޓުބާލަން އުޅުންބުއްދިވެރިއެއް ނުވާނެކަން ހަނދާންކުރޭ!

  33. ޔޫނުސް

    ކަލޯ ހާދަ ބިރެކޭދޯ ތި ގަންނަނީ ޕޮލިހުންދެކެ، އާންމުކޮށް ކުރިމިނަލް މައިންޑް މީހުނަން ވާގޮތެއްތީ.

  34. ދޮންބެ

    މިއީ، ކޮން ބިތާއެއްތޯ؟

  35. ކަމަނަ

    ޙޫން ތިހެން ފުއްޕަން ހަދައިގެން ކުރިންވެސް ގޮސް ވީ.

  36. ލޮލީ

    މިމީހުންގެ މައި ބުއްޅަ ބުނެގެން ކިޔާހާއެއްޗެހތި މީ....މަޖިލީހުގެ ޗެމްބަރު މިހީހުނާ އެކު ދޮވެލާ....

  37. މާޒީ

    މީގެ 25 އަހަރު ކުރިންސުރެ ހެންވޭރު ކޮޅު ގަރާޖެއްގައި ސޯޓްބުރި ލައިގެން އުޅެފަ ޓައީއަޅަން ޖެހުނީމަ މާޒީ ހަނދާންވީ ތޯއްޗެއް. ޢަހަރެމެން ސްކޫލަށް ދާއިރު ސޯޓުބުރި ލައިގެން ތުބުން ފުމެންހުރި މީހަކަށް ބިލަކަށް ހިޔާލު ހުށަހަޅަންޖެހުނީމަ ވާނެ އެހެންވެސް. ކީކުރާނީ. ށަރުތެއް ނެތި، ގަރާޖަށް ދިޔަ އެންމެންގެ ވޯޓުން ގޮވިފަތިޔޮތީ

  38. ޞޮހަލު

    މިފަހަރު މިއޮތީ އަސާސީ ކްލާސް ނަގާދެންޖެހޭ މަޖިލީހެއް

  39. ހަސަނު

    މީހަކު ދިވެހި ފުލުހުން އަތުން ފުޑެން އުޅޭ ވަސް އެބަދުވާ?

  40. ސަންގު

    ކަލޭކިޔާއެއްޗެއް އަޑުއަހާނީ ހަސަން ލަތީފާ އަންގަބޮޑު ކާއީލް އަދި ދޮންބިލެއް ދިވެހި ރައްޔިތުން މިާާހާާރު ކަލޭދައްކާ ވާހަކަ ބަލައެއް ނުގަނޭ

  41. ދެބޯބުރާންތި

    ތިޔައީ ޝައިތާނީފިކުރުގެމީހުން
    މިޔަދު އަޅުގަނޑު ހޮވާ ލަން އެއްފަހަރާ މުޅިޅިމުއަށްސަސާ ޢިސްތިޢުފާ ދެއްވާށޭ
    ތިޔަ ބޭފުޅުންގެ އަގުވަޒަން ނުކުރާ ބަޔަކާ ދޭތެރޭ
    ފިށާރިކެރިގެންކުރިމަތިލާށޭ!