ފުލުހުންގެ އަގުވެއްޓޭ ގޮތަށް ދައްކާ ވާހަކަތަކުގެ ސަބަބުން ފުލުހުން އެ މީހުންގެ ވާޖިބު އަދާ ކުރުމުގައި ފަރުވާ ކުޑަ ކުރެވޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން ފުލުހުންނަކީ ކުއްތަކަށް އަރައިގަތުުމަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަ ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއްމުން ފުލުހުންނާއި މެދު ދެކޭ ގޮތް ބަދަލުވާ ކަމަށާއި، އަދި ފުލުހުން އެ މީހުންގެ ވާޖިބު އަދާ ކުރުމަށް ޝައުގުވެރިކަން ކުޑަވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"މިކަމަކީ މުޅި ސިސްޓަމަށް ނޭދެވޭ އަސަރު ކުރުވުވާ ކަމެއް. ހައްލަކީ ކުރިމައްޗަށް ގެނެސް އިރުޝާދު ދިނުން". ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް މިގޮތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާތަކުގައި ބަހުސް ކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން ވާހަކަދައްކާ ބައެއް މެންބަރުން ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަަދައްކަމުން ދެއެވެ. އަދި ފުލުހުން ކުރަމުންދާ ނުރަނގަޅު ކަންތައްތައް ފާހަގަކޮށް ބައެއް މެންބަރުން ވާހަކަދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބޭޗާރާ

    އަގު ވެއްޓޭ ވާހަކަ މީހުން ދައްކަނީ ލީޑަރޝިޕެއް ނެތް ލީޑަރުން ނެތް އަދި ސެޓުފިކެޓު އޮތަސް އޮފިސަރަކަށްވާވަރުގެ ލަޔާގަތެއް ހުރި އޮފިސަރަކު ތަނުގައި ނެތީމާ. އޭގެ މިސާލެއް އެންމެ ފަހުން ކުރި ޖޫރިމަނާތަކަކީވެސް. ތަނަށް މައްސަލައެއް ހުށަހަޅާފައި ގެޔަށް ދިއުމުގެ ކުރިން ކުށްކުރި ފަރާތަށް މައްސަލަ ހުށަހެޅި ފަރާތުގެ ވަނަވަރު އޮޅުންފިލުވައިދީފައި ކުށްވެރިޔާ މައްސަލަ ހުށަހެޅި ފަރާތުގެ ގެޔަށް ފޮނުވާތީ. އަދި ޑިއުޓީއަށް ވިލީ ފުލުސްތަކަށް ނުކުންނަ ކުދިން ރޭގަނޑު ހަތަރުދަމު ގޭމު ކުޅެން ތިބޭތީ. ރަށްރަށުގައި ތިބޭ ފުލުހުންނަށް ރަށުގައި އުޅޭ އުނަގަނޑުގައި ފަޓުލޫނު ހަރުނުލާ ކުދިންނާ ނުލާ ޓިގު ނުކުޅެވޭތީ. ލިޔަން ހުރި ލިސްޓު ދިގުވާތީ މިވަގުތަށް ކުރުކޮށްލީ.

    33
    5
  2. Anonymous

    މި ވެސް ބާޣީ އެއް

    9
    36
  3. ތިނބެރި

    ކަލޭމެނަށްވެސް އުޅެވޭ ގޮތުން އެހެން އެވަނީ

    9
    30
  4. ފެކްޓް

    މުޅިފުލުލުސް މުއައްސަސާ އަށް ރައްދުކުރަންޏާ ގޯސް! ނަމަވެސް އެންމެން ދަންނަ ބޮޑު ހަޤީގަތެއް، ފުލުހުންގެ ތެރޭގައި މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށްތަކާއި މިނޫންވެސް ކުށްތައް ކުކާ މީހުންވެސް އެބަތިބިކަން. ވީމާ ފުލުހުންގެ މުއައްސަސާ ސާފްކުރަންވެސް ޖެހޭ! އާންމުންގެ އިތުބާރު އޮންނަ ތަނަކަށް ވާންޖެހޭ! ތެދުވެރިކަމާއެކު ޕޮރޮފެޝަނަލީ މަސައްކަތް ކުރާ ބޭފުޅުންވެސް ތިއްބަވާނެ! އެކަމަކު އެއްބަޔަކު ކުރާ ކުށްތަކުގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމުވަނީ އެކަންކަމަށް އެކަށީގެންވާ ފިޔަވަޅުއަޅާ އިސްލާހް ނުކުރެވޭތީ!! މުއައްސަސާގެ ހައިބަތު ނުދެމެހެއްޓޭތީ!!!

    72
    2
  5. ސޯޕް ލައިޓް ބްރަދަރ

    ކޮންމެ ވައްތަރެއްގެ ވާހަކައެއް އަންނި ދެއްކިޔަސް ލިބެނީއިތުރު ހިތްވަރެއް ދޮގެއްތޯއެވެ.
    އެމީހުންނާއިމެދު ފިޔަވަޅު ނޭޅުއްވެނީ އެއީ ޤާނޫނަޢްވުރެ މަތީގަތިއްބަވާ ބަޔަކީތޯއެވެ.؟؟؟؟؟؟؟

    18
    3
  6. ޖަހަންނަމަ

    މި ގައުމުގައި ފުލުހުން ދެކެ އެންމެ ރުޅިއައިސްގެން އުޅެނީ ޔެލޯ ޕާޓީގެ ވެރިން.

    53
    4
  7. އެކްޓަރ

    ފުލުހުން ސޯޓް ލައްވަން ގޮވާލާ އަގުވައްޓާލައިފިތާ.. ފުލުހުންނަށްވެސް އިހުތިރާމް ލިބޭނީ އިބުތިރާމް ދީގެން..
    ފުލުހުންނޭ..ތިއީ ރައްޔިތުންގެ ޚާދިމުން .
    ދިވެހިރާއްޖޭގައި ރައްޔިތުންނަށްވުރެ މަތީ ބަޔަކު ނުތިބޭނެ، އެއީ ފުލުހުންނާއި ވެރިން އަދި ސިފައިން ހިމެނޭގޮތަށް..
    ޕޮލިހުން އަދި ސިފައިން ސިޔާސީ ވެއްޖެނަމަ އެއީ ނުރައްކާތެރިކަމެއްތާ.. ހިތާމަޔާއެކު ދަންނަވަންޖެހެީ ވަކި ގިންތިއެއްގެ ތެރޭ އެއީ ހަމަ އޮވެ ހިނގާކަމެއް. .. ދަށު ދަރަޖައިގެ ވަކަރުގޭ ބަހުރުވައިން ފުލުހުންނޭ ކިޔާ މެންބަރުން ވާހަކަ ދެއްކުމީ ޤައުމަށް ޤދަރު ކުޑަކުރުން....
    ރާއްޖެ ތެރޭގެ ރަށްރަށުގެ ސިކިއުރިޓީ ބަލަހައްޓަން ސެންޓްރަލް ޕޮލިސް މަރުކަޒް ބޭނުންވޭތޯ... ލާމަރުކަޒު ކުރެވޭނީ ސެންޓްރަލް ކޮންޓްރޯލް ޕަވަރ ދޫކޮށް ޒަމާނީ ސިކިއުރިޓީ ވިއުގަ ޤާއިމްކުރުން...ފުލުހުން މަށްސަލަ ތަހުގީގު ކުރަނީ..ހަމަ އެފުލުހުން ހެކިބަސްދޭ، އަދި ޓެސްޓްތައް ހަދަނީ ޕޮލިސް ލެބޯޓަރީން ... އާޚރަތުގެ ނަތީޖާ އަކީ ...ހަމަ ބަރުހެކި ދިނުމުގެ ނިޒާމް.ގެ ތެރެއިން ވ ގިނަ ޒުވާނުންވީ ޖަލުގަ.... ފުލުހުން ތަހުގީގު ކުރާ މަށްސަލަ ތަކުގައި ފުލުހުންގެ ހެކިބަސް ޤަބޫލްކުރުމީ ކޮންފަދަ ނުރައްކާތެރި ކަމެއްތޯ.... ފުލުހުންނަށް ރެސްޕެކްޓް ކުރައްވާ...އެބޭފުޅުންގެ އަގު ވައްޓާ ނުލައްވާ...

    13
    3
  8. ފައްލަންބޭ

    މީނަ މިއީ ފެބްރުއަރީ 7 ގައި ބަޢާވާތުގެ މުލުގައި ތިބިމީހުން އެހީތެރިކަން ފޯރުކޮށްދިން އެކަކު އަދި އަމިއްލައަށް ޕޮލިސް ކަމިޝަނަރަކަށްވި މީހާ،

    11
    37
  9. އަލްޖިބްރާ

    ފުލުހުންގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކަނީކީ ނޫން ! ފުލުހުންގެ އަގު ވައްޓާލަނީ ފުލުހުން އަމިއްލައަށް ! އަގުވެއްޓުނީމާ އެހެންމީހުންގެ ބޮލުގައި ބަދުނާމު އެޅުވުމުން އަނެއްފަހަރު އަގުވެއްޓެނީ ހަމަ ފުލުހުންގެ !

    9
    33
  10. ޓ

    މިހާރު ވިސްނޭތޯ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެމްޑީޕީ މީހުން މަގުސަދު
    ދުވަހަކުވެސް އެމީހުން ދިވެހި ފުލުހުންނާއި ސިފައިންނަކަށް ހިތެއް ހެޔޮ ނުވާނެ
    މުޖިރިމުންގެ ދިފާއުގާ ނުކުންނާނީ....
    މިހެން އުޅެންހަދައިގެން ވެރިކަން ވެއްޓެނީ

    34
    2
  11. ކާސިމު

    ނޫނޭ ފައިރޫމެންގެ މަސައްކަތް ކޮލިޓީވާނީ މި ލާދީނީ ބައިގަނޑު ގެނައީމަ. ދެން ހަޖަމުކޮށްލެއްވުމަށް އަދަބުވެރިކަމާއެކު ދަންނަވަން.

    34
    4
  12. ާައަހުމަދު

    ފަރުވާ ކުޑަކުރާމީހުން ކަނޑާލާ ރައްޔަތުންގެ ޓެކްސް ފައިސާއިން މުސާރަ ދީގެން އެމީހުން މަސައްކަތް ކުރަނީ ހިލޭސާބަހަށް ކުރާނަމަ ރަނގަޅު ތިހެން ބުނަން.

    8
    11
  13. ބުނަން ނުކެރުނަސް ތެތެއްވާނީ ތެދަކައް

    ފުލުހުންގެ އަނިޔާވެރިކަން ވެސް ހަމަ ރައްޔެތުންނައް ލިބޭ ލެއް ވަކި މަދެެއްނޫން..
    ރައްޔެތުން ބިކަވެފާ ތިއްބާ ކުރާ ޖޫރިމަނާތަކަކީވެސް އެކަމުގެ އަލިގަދަ ހެއްކެއް...

    1
    2
  14. ޑަންވެ

    ފުލުހުން އުޅެނީ ޓެކްސް ނުދައްކާތަ. ފުލުހުންގެ އާއިލާ ޓެކްސް ނުދައްކާތަ. ދިވެހިރައްޔިތުންގެ ޓެކްސް ހިމެނެނީ ފުލުހުންނާއި ފުލުހުންގެ އާއިލާ ތަކުންވެސް ޓެކްސް ނަގައިގެން. ޥާނުވާގަ ތިބުނެވެނީ މޮޅެތި ވާހަކައެއްނޫން

  15. ތައްޔާރީ

    ޤައުމުގެ ދިފާޢުގައި ރެޔެއްދުވާލެއްނެތި ބުރަކޮށް މަސައްކަތްކުރަމުންދާ ބަޔެއް ފުލުހުންނަކީ ނަމަވެސް މިއަދު މަޖިލީހުގައި އެމީހުންގެ އަގުވައްޓާލައިފި ، މަޖިލީހަކީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް ނުވަނީ މިފަދަގޮތަކަށް ކަންކަން ހުރުމުން

  16. ހާށަވިޔަނި

    ފިޔަވަޅުނޭޅޭތަ. ނިކަމެތިންގެ މައްޗަށްދޯ ޤާނޫނު ހިންގަންކެރެނީ.

    10
  17. ސަޓޯ

    ތިކަން އެންމެ ގަދައަށް ކުރާ ކަމަށް ފާހަގަ ކުރެވެނީ އެމްސީ ހަމީދު...

    14
  18. ސޮއްބެ

    ފައިރޫސު ކޮއްކޮއައް ތިއޮތީ އޮޅިފަ... ކޮރަޕްޝަން މައްސަލަތަކުގަ ތި ވަޒީފާއިން ބޭރުކޮއްފަ ތިބޭ ސެކިއުލާ އަދި ނާގަބިލް މީހުން ސިޔާސީ ބޭނުން ހާސިލް ކުރަން ކޮމިޝަނަރު އޮފް ޕޮލިސް ކަން ދީފަ އަރުވާފަ ތިބޭހާ ދުވަހަކު އަހަރެމެން ކައިރީ އެއްވެސް އަގެއް ހުންނަ މުއައްސަސާއެއް ނޫން ތީކީ... ފުލުހުން ކުރާ އެއްވެސް ރަގަޅު ކަމެއް އަހަރެމެނަކަށް ނުފެންނާނެ...

    3
    1
  19. Anonymous

    ފުލުހުންގެ އަގު މިގައުމުގައި ވައްޓަމުންދަނީ ވަކިބައެއް. އެއީ އެމްޑީޕީއޭ ކިޔުނު ބައިގަނޑެއް. މިދެން ވަރަށް ސާފުކޮށް އެނގެން އޮންނަ ޙަޤީޤަތެއް.

  20. އައްޔު

    ފައިރޫޝް ދެންވާނެ ބޮޑު ބާޤީއަކަށް ދިވެހިން ދިވެހިންގެ ގޮތުގައިއޭ ބުނެ ދޫކޮށްލެވިގެންނުވާނެ ޤާނޫނު ހަދާމަޖިލިސް އަށް ހަކުރުބޯ މީހުން އައްޔަންކުރަންޏާ ވިސްނާ އުޅޭނެގޮތް ފުލުހުންނަކީ އެމީހުންކުރާ މަސައްކަތުގައި ލާމަސީލު ބައެއް އެމްޑީޕީ ފުލުހުންނަށް ދުވަހަކުވެސް ހެވެއްނޭދޭނެ ކީއްވެތޯ ސުވާލުކޮށްފިނަމަ ޚުދު އެމީހުންނަށްވެސް ނޭނގޭނެ އޭނާބުނީމާ އެވާނީ ބާޤީނަށް އޭނާބުނީމާ ގޮޅާފޯސް އޭނާބުނީމާ ގަންޖާފޯސް އޭނާބުނީމާ ދޮގުތަދަށް ބަދަލުވޭ އޭނާއަކީ ކާކު؟

  21. ފެއިލް

    ފުލުހުންގެ އަގު ވެއްޓެނީ އެމީހުން ކުރާކަންތަކުގެ ސަބަބުން އެމީހުން ކޮށްފައި ތިބިހުވަޔާއި ހިލާފަށްކަންތައް ކުރާތީ ސިޔާސީވާތީ ޤާނޫނާއި ހިލާފުކަންތައް ކުރާތީ ތިމާމެއް ވަކިކޮޅަކަށް ޖެހޭތީ ވަކިމީހަކަށް ބޯލަބާތީ ރައްޔިތުން ނަށްވެސް އެގޭނެ ގާނޫނާއި ހިލާފުވީމަ އެގޮތައް އުޅެއްޏާ އަގުވެސް ވެއްޓޭނެ ރައްޔިތުންގެ އިތުބާރުވެސް ގެއްލޭނެ ތިމާމެން ވަކިބަޔަކު ބުނާގޮތަކަށް ނޫން ކަންތައް ކުރަންޖެހޭނީ ވެރިންނަށް ކިޔަމަން ވުންއޮވޭ ނަމަވެއް ދޮވެރިންނަށް ކިޔަމަން ވުމެއްނޯންނާނެ އިސްލާމް ދީނާއި ދެކޮޅަށް ތިބޭ ވެރިން ނަށްކިޔަމަން ވާކަށް ނުޖެހޭނެ ކަލޭމެންގެ އަގުވެއްޓި ބޭޒާރުވަނީ ދޮގުވަގުއަނިޔާވެރިން ނަށްކިޔަމަން ވާތީ ތިމާމެން އަމިއްލައަކަށް ވިސްނާލަބަ މިވެރިކަ ފެށުނުފަހުން ތިމާމެން ކުރަން ނުޖެހޭ ކިތައް ކަންތައްް ޤާނޫނާއި ހިލާފަށް ވެރިން އަންގައިގެން ކުރެވިފައިވޭތޯ ވެރިން ބުއްޏަސް ޤާނޫނާއި ހިލާފުކަމެއް ކުރާކަށް ނުޖެހޭނެ ކޮށްފިނަމަ އެވެވުނީ ޤާނޫނާއި ހިލާފު އެހާވަރު ނޭގެއްޏާ ތިވާހަކަ ނުދެއްކިއްޔާ މާތާހިރު!

    2
    2
  22. ޑައެލޯގް

    ފުލުހުންގެ އަގުވެއްޓެނީ ކަލޯއާއި ކްލަބްތަކުގެ ރަސްގެފާނު ސީޕީ ހަމީދުމެނާހުރެކަމެއް ތިގަމާރަށް ނޭގޭތަ؟

    3
    1