ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ޤާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފިއެވެ.

ދިވެހި ސަރުކާރުން ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވަނީ މިކަމަށްޓަކައި ވަރޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން އެ ބިން ދޫކުރި ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރ އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް އާތަރް މުޚްތާރުއެވެ.

މާލޭގައި ޤާއިމްކޮށްފައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙHd

    ޕަކިސް ތަން ޒިންދަބަދް??

  2. އެމަންޖެ

    ބޭކާރު ވާހަކަ ތިޔަދައްކަނީ ކޮއްމެވެސް މޮޅު ވިޔަފާރިޔެއް ތިޔަކޮއްނިންމާލީ ތިކަމުގެ އަޑީގަ ހުންނާނެ މިގައުމުގެ ހަލާކު ބުއްޅަބޭ ކެނެރީގޭ ނަސީދު.