ހއ. އިހަވަންދޫގެ ކުޑަ ކުދިންނަށް ހާއްސަކޮށް އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕުން އޮންލައިންކޮށް މަދަޙަ މުބާރާތެއް ބާއްވައިފިއެވެ.
އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަޙަ މުބާރަތް 2020 ގެ ނަމުގައި ބޭއްވި މި މުބާރާތުގެ މައިގަނޑު މަޤުސަދަކީ ތުއްތު ކުދިންގެ ހިތުގައި މަދަޙަ ސަނާއާއި ދުޢާ އަދި ދީނީ ޅެން ކިޔުމުގެ ޝައުޤު އުފެއްދުމާއެކު، އެކުދިންގެ ހުނަރުތައް ދެނެގަތުމަށް ފުރުސަތެއް ހުޅުވައިލަ ދިނުން ކަމަށް އެ ގްރޫޕުން ބުންޏެވެ. އަދި ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހުރިހާކުދިންވެސް ގޭގައިތިބުމަށް ބާރުއަޅާ މިދަނޑި ވަޅާ ގުޅިގެން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް ގެނެސްދިނުމަކީވެސް މި މުބާރާތް ކުރިޔަށް ގެންދިޔުމުގެ މުހިންމު މަޤުސަދެއް ކަމަށްވެސް އެ ގްރޫޕުން ބުންޏެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 3 އުމުރު ފުރައަކަށް ބަހައިލައިގެންނެވެ. އެއީ 3 އަހަރާއި 5 އަހަރާ ދެމެދު، 5 އަހަރާއި 7 އަހަރާ ދެމެދު އަދި 7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރު ފުރާއެވެ. މީގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ވެސް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ހާއްސަ ކަމެއްގެ ގޮތުން މި މުބާރާތުގައި ބައިވެރިންގެ މަދަހަ އޮންލައިންކޮށް ފޮނުވުމަށް އައި.ޑަބްލިއު.ސީ.ޖީން ވަނީ އިރުޝާދުދެއްވައިފައެވެ. މި ނިންމުމާ އެއްގޮތަށް 30 މެއި ވަނަ ދުވަހުގެ ރޭގަނޑު 00:00 އާއި ހަމަޔަށް މުބަރާތުގައި ބައިވެރިވި އެންމެހާބައިވެރިން އޮންލައިންކޮށް މަދަހަތައް ފޮނުވާފައެވެ.
އިހަވަންދުއަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި މަދަހަ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އިހަވަންދޫ ހޯމް ކަލެކްޝަންއެވެ. ކޯ-ސްޕޮންސަރުންނަކީ ހަބޭސް ބޮޑުބެރު،ރަންކުނާ، ޗާރލީ، ހަމަރޯޅިކުރި، ސީ ކިންގު އަދި ޕޮއިސްއެވެ. ޓެކްނިކަލް ޕާޓްނަރ އަކީ އޭ.އެސް.ޕީ ސްޓޫޑިއޯ އަދި ޕްރިންޓިން ޕާޓްނަރއަކީ ކަލަރ ޑްރޮޕެވެ.
މި މުބާރާތުގެ ފަޑިޔާރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ވަނީ މަޝްހޫރު ހަބޭސް ބޮޑު ބެރު ގުރޫޕުގެ ދެ ވޯކަލިސްޓުން ކަމަށްވާ އުބޭދުﷲ އަޙްމަދާއި، މޯލްޑިވިއަން އައިޑަލް އިން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިބްރާހިމް ވަހީދު ( ބޮޑުބެ )އެވެ. އަދި އެރަށު މާހީރީ މަންޒިލް، އަލީ މާހިރު ( އޭ.އެސް.ޕީ)ވެސް ވަނީ މު މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައެެވެ.
އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަހަ މުބާރާތުގެ، މުޅި މުބާރާތުން އެއްވަނަ އަށްދިޔަ ކުއްޖަކަށް ހަބޭސް ބޮޑުބެރު ގުރޫޕްގެ މަދަހަ އަލްބަމަށް މަދަހަ ކިޔުމުގެ ފުރުސަތުވަނީ އެގުރޫޕްގެ ފަރާތުން ދީފައެެވެ.
އެ މުބާރާތުގެ ވަނަަތައް ހޮވުމުގެ ހާއްސަ ހަފްލާވެސް މިހާރު ވަނީ ބާއްވާފައެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ދަރިވަރުންނަކީ
މަރްޔަމް މިދުހާ ހާޝިމް މުޙައްމަދު ( އަންބަރީގެ/ ހއ އިހަވަންދޫ)
ޙައްވާ ޝެޒާ އިސްމާޢީލް ( ލުވޭޒާމަންޒިލް/ ހއ އިހަވަންދޫ)
މުޙައްމަދު ޔޫއާން ހަސަން ( ހުޅަނގުމަތީގެ/ ހއ އިހަވަންދޫ)،މަރްޔަމް ލީން ލަޘީފް ( ޕެރިސް/ ހއ އިހަންދޫ)
މުޙައްމަދު ޖުވައިލް އިބްރާހިމް ޡުހޫރު ( ބަނަފުސާގެ/ ހއ އިހަވަންދޫ)
އަދި މުޅު މުބާރާތުން އެއްވަނަ ޙާސިލް ކޮށްފައިވަނީ މުބާރާތުގެ 7 އަހަރާއި 9 ވަނަ އާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހާސިލްކޮށް އަދި މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންގެ ތެރޭގައިވެސް ހިމެނިފައިވާ މަރްޔަމް މިދުހާ ހާޝިމް މުޙައްމަދު ( އަންބަރީގެ/ ހއ އިހަވަންދޫ) އެވެ.
ވަރަށް މުހިމްމުކަންތައް ކުރާނެތާ ދޯ؟
ކީއްވެ މިއަށް މިދުހާ ފޮޓޯއެއް ނުލީ؟ މުބާރާތުން އެއްވަނަ ލިބުނީ މިދުހާ އަށެއްނު.