ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި 3 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމައިފިއެެވެ.

މި 3 މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާސް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި 15 ދުވަހު ބޭތިއްބުމަށް އެތަނުން 2 މީހެއްގެ މައްޗައް ވަނީ އަމުރު ނެރެދީފައެވެ.

3 ވަނަ މީހާ ދިރިއުޅެމުން އައި ގެ ފުލުހުން ބަލައި ފާސް ކުރި އިރު، އެ ގެއިން މަސްތުވާތަކެތި ފެނިފައި ނުވާތީ އެ މީހާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދެން ތިބި 2 މީހުންގެ ގެއިންވެސް މަސްތުވާތަކެތި ފެނިފައި ވެއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި ރޭ ހައްޔަރު ކުރި ދެމީހުންގެ އަތުން ޖުމްލަ 6.8 ކިލޯގްރާމްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި މި ދެމީހުން ހިމެނޭހެން ރޭ ދޫކޮށްލި މީހާ އަކީވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ކޮބާވަނަވަރުޖަހާލާޓެކުސީއެއްގަބަންގާޅުމީހާ އުފުލިމީހާއާއެޓެކުސީގެވެރިއަކުވެސްހާމަކޮށްލަދެއްވާ! ތިޔަބޭފުޅުންތިކުރައްވާ އަގުހުރިބުރަމަސައްކަތައް ސެލިއުޓް! ތިޔަބޭފުޅުންގެ އަގުވައްޓާލަންވާހަކަދައްކަނީ ނުފޫޒުފޯރުވޭވަރު ކުޑަވެގެންކަންޔަގީން! އަދިވެސްއެއްފަހަރު ސެލިއުޓް!