ރާއްޖެ އިން މިއަދު އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 2110 އަށް އަރައިފިއެވެ.

އިއްޔެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ 16 މީހަކާއި ނޭޕާލްގެ ތިން މީހަކާއި އިންޑިއާގެ ތިން މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ.

މިއަދު ރާއްޖެ އިން 26 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު މިއަދު ބަލިން ރަނގަޅުވީ 07 މީހެކެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 433 މީހުންނަށްކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 13 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅު ވަމުން އަންނާތީ މިިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ލުއިތައް ދޭން ފަށާފައެވެ. އެލުއިތަކުގެ ސަބަބުން އަދި ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ނުދައްކާ ކަމުގައި އެޗްޕީއޭ އިން މިރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    މިޤައުމުގައި ގަވައިދާޚިލަފަށް މިއުޅޭބަންގާޅިން އުޅޭނޫޅޭގޮތް ސަރުކާރަށްވެސް އެނގޭ ، މިކޮވިޑުގެ ސަބަބުން މިޤައުމަށް ދިމާވެފައި މިއޮތީ މިތާގާވައިދާޚިލާފަށް މިއުޅޭ ބަންގާޅިންނަކާހެދި އެނޫންނަމަ މިހާލަތްށް ޤައުމު ދާކަށް ނުޖެހޭނެ ކަމެއްދިމާވީމަ އޭގެއިން އިބުރަތް ހާސިލްކުރަން ނުދަންނަ ސަރުކާރުތަކެއް ވެރިކަންކުރި، ވެރިކަންކުރަމުންދާ ޤައުމެއް މިޤައުމަކީ، ސަރުކާރުން އަހަރެމެންނަށް ދައްކަދީބަލަ ދުނިޔޭގެ ޤައުމެއް މިގޮތަށް ޤަވައިދާޚިލާފަށް މިނިވަންކަންމަތީގަޔާއި ސަރުކާރުން އެއްބާރުލުންދޭ ޤައުމެއް އެއިރުން އަހަރެމެންބޭނުން ދާން ، ކިހާފަސޭހަ ، ވިޔަފާރި ބޭނުންގޮތަކަށް ހިންގައިގެން ޓެކުސް ނުދައްކާ ، އުޅޭނެތަންތަން ސަރުކާރުން އަޅާފައިދޭ ކާންދޭ ، ކުށެއްކުރިޔަސް ކުއްވެރިނުވޭ ދެން މިއައްވުރެބޮޑު މިނިވަންކަމެއް މިދުނިޔޭގައި އޮންނާނެތަ؟ އަމިއްލަ އެދުންބޮދުކަމުން ޤައުމު ހަލާކުވެގެން ދާއިރުވެސް ލޯމަރާލއިގެން ތިބެނީ ފަރުދީ ޒިންމާއެކޭ ކިޔަކިޔަައި.

  2. ލާރިފޮތި

    ކޮވިޑް-19 ހާލަތު ރަނގަޅުވަމުން އަންނާތީއެއް ނޫން ލުއިތައްދިނީ ބަޔަކު މޮޔަވާތި ދިނީ