ކޮވިޑް-19 ނެތް ރަށްރަށުގައި ޖުލައި 01 ގައި ސްކޫލްތައް ހުޅުވަން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގްރޭޑް 01 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑް ތަކަކަށް ކިޔެވުން ފަށާނެ ކަމަށެވެ.

ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ހަފްތާއަކު ހަތަރު ދުވަހު އެވެ. ކިޔެވުން އޮންނާނީ ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރުއެވެ.

ކޮވިޑް-19 މިހާރު އޮތީ ހަމައެކަނި މާލޭގައެވެ. ޖުލައި 01 ގައި ކިޔެވުން ފަށާއިރު މާލޭގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދާނީ ހަމައެކަނި ގްރޭޑް-09 އިން ފެށީގެ މަތީގެ ގްރޭޑްތަކަށެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އަލުން ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭނީ މިހާރަށްވުރެ ދުރުދުރުގައި "ގާތްގަނޑަކަށް 32 ކުދިން ތިބޭ ކްލާހެއްގައި 16 ކުދިންނަށް ތިބެވޭ ވަރަށް ކްލާހުގެ ސައިޒް ވަނީ ކުޑަކޮށްފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށްފައި ހުރުމުން ދަރިވަރުންނަށް ނަފްސާނީ ބައެއް މައްސަލަތައް ދިމާވެފައިވާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ. ބޭސިކް ސައިކޯ ސޯޝަލް ތަމްރީންތަކެއް މުދައްރިސުންނަށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި 11،000 އަށް ވުރެ ގިނަ ޓީޗަރުންނަށް ތަމްރީން ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ތަމްރީނުގެ ފުރަތަމަ ބެޗް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ސްކޫލްތައް ހުޅުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، މާޗް މަހުން ފެށިގެން ކުދިން ސްކޫލްތަކަށް ނުދާތާ ތިން މަސްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސްކޫލް ދަރިވަރުން ވަރަށްގިނަ ކަންކަމުން މަޙްރޫމްވެފައިވާކަމަށާއި، ސްކޫލަކީ ކުދިންގެ ދިރިއުޅުމާއި އުނގެނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސްކޫލަކީ ކުދިންހަމައެކަނި ކިޔަވަން އަންނަ ތަނެއްނޫން. ސްކޫލަކީ އެއީ ކުދިން އިޖްތިމާއީ ގުޅުންތަކާ އެކުދިން ރައްޓެހިންނައި ބައްދަލުވެ ބައިވަރު ކަންކަން ސްކޫލުން އެކުދިންނަށް އެބަ ފުރިހަމަވޭ. އަދި ބައެއް ކުދިންނަށް ސްކޫލް އެއީ އެކުއްޖަކަށް ލިބޭ ހަމައެކަނި ސޭފް ޕްލޭސްއަށް އެބަވޭ. އެހެންވީމަ ސްކޫލް ހުޅުވުން އެއީ ވަރަށް މުހިންމު ކަމެއް" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހެޔޮނުވާނެ

    ހެޔޮނުވާނެ ސްކޫލްތައް ނުހުޅުވާ ދެވަނަ ތަޅެއް އަ ރާފާނެ

    22
    2
  2. ހެޔޮނުވާނެ މިސް

    ހެޔޮނުވާނެ ސްކޫލްތައް ނުހުޅުވާ ދެވަނަ ތަޅެއް އަ ރާފާނެ

    21
    1
  3. Anonymous

    Heyominvaraa nubai minvaru kiyaidineema v ragalhuvaane kamah feneyy...
    Faranjyn gengulhry scyko methods hama sumeh....

    1
    1
  4. Anonymous

    މާލޭގެ ކޮލެޖްތައް ހުޅުވާތަ؟

  5. ދޮގު

    ރަށްރަށުގެ މަދަރުސާތައް ނުހުޅުވަނީ ކިހިނެއް ވެގެނޯ. މިއަކު ނެތް ރަށްރަށުގެ މަދަރުސާތައް ހުޅުވާއިރެއް. މާލޭގެ ވާހަކަ އޮތީ. މާލޭގެ ސްކޫލްތައް ހުޅުވައިގެން ތިއުޅެނީ ބޮނޑިއެއްބޯންތަ؟ ބަލިޖެހޭ މީހުން އިތުރުވާތަނެއް ނުފެނޭތަ؟ކުދިންވެސް ބޮޑެތިމީހުންވެސް ތަނެއްދޮރެއް ނުބަލާ ގޮސް އެކަކުައަނެކަކާ އޮޅުލައިގެން ތިބެނީ

    • ޕިސްޕިސް

      ޚަބަރު ރަނގަޅަށް ކިޔާބަލަ ފުރަތަމަ

  6. އެމް ޑީޕީ

    ކުރިންވެސް ތިޔަގޮތް އޮތެއްނޫންތޯ؟؟؟

  7. ދިދަ ދަނޑި

    ސްކޫލް ހުޅުވަންޏާ ޓެލެކުލާސްތަކާ އޮންލައިން ކުލާސްތައް ހުއްޓާލަން ފެނޭ.. ނޫނީ ސްކޫލް ބަންދުކޮށް ޓެލެކުލާސް ކުރިއަށް ގެންދަންވީ.. މިހާރު މިވާގޮތުން ނޭވާވެސް ނުލާ އުޅެންވީ.. ބެލެނިވެރިން ހުރިހާ ކަމެއް ކުރަމުން އޮފީހަށް ދަމުން ކައްކާ ކާންދެމުން ސްކޫލަށް ގެންގޮސް ގެނެސް ޓެލެކްލާސް ދައްކަމުން 2 ގަޑިއިރު އޮންލައިން ކްލާސްގައި ކުދިން ބޭތިއްބުން މީ ވަރަށް އުނދަޣުކަމެއް.. މިހުރިހާ ވަގުތެއްގައިވެސް ކައިރީ ތިބެންޖެހޭ، މިވާގޮތުން ވަޒީފާއިން ކެނޑިގެން ކްލާސްތަކަށް ހުސްވެގެން ތިބެންމިޖެހެނީ.. އެކި ނަންންމުގަ 24 ގަޑިއިރި ކްލާސް.. ޓީޗަރުން އޮންލައިން ވެގެން އިންނައިރު ހާޒިރީވެސް މާކުކޮށް ނުލެވޭ.. އެކަންވެސް ބެލެނިވެރިންނަށް.. ހަފްތާއަކު ކޮންމެ ދުވަހަކު އޮންލައިލްވާންޖެހޭ 2 ގަޑިއިރު.. ގިނަ ކުދިންނަށް ޑާޓާ ނުލިބޭ.. ކުދިން އޮންލައިންވެގެން ތިބެ ވާޅުވާފަހުން ޓީޗަރަކު އަންނަނީ.. ކޮންމެވެސް އެކައްޗަކުން ކިޔަވައިދޭން ވެއްޖެއްނު...