ކޮވިޑް-19 އާ ހެދި ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނިކޮށް، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ބަލި ނެތް ރަށްރަށުގައި ސްކޫލްތައް ހުޅުވާއިރު، ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފިއެވެ.

ސްކޫލު ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް މި އަހަރުގެ ކުރީކޮޅު ވަނީ ފަށާފައެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އަދި ކޮންމެ ދުވަހަކުވެސް ވަކި މެނޫއަކަށް ސްކޫލްތަކުގައި ކުދިންނަށް ނާސްތާ ދެމުން ގެންދިޔައިރު، ސްކޫލްތަކުގައި ނާސްތާ ދޭން ފެށުމުން ދަރިވަރުން ގަޑިއަށް ސްކޫލަށް ހާޒިރުވެފައިވާ ކަމަށާއި، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށް އެޑިއުކޭޝަން މިިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެެންއީއޯސީ)ގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޝަތު ވިދާޅުވީ، ސްކޫލްތައް ހުޅުވާއިރު އިންތިޒާމްތައް ހަމަޖައްސާފައި އޮތީ ހުރިހާ ދަރިވަރުންވެސް ރަނގަޅަަށް ނާސްތާ ކޮށްގެން އަންނަ ގޮތަށް ކަމަށެވެ. އަދި ސްކޫލަށް ހާޒިރު ވާނީ ފެންފުޅިއެއް ހިފައިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެެވެ.

"ސްކޫލަށް ދަރިވަރުން ފޮނުވާއޮރު ގެއިން ކައިގެން ދާ ގޮޔަށް މިހާރު ހަމަޖެހިފައި އޮތީ، އެއީ ކޮވިޑްގެ ކުރިން ސްކޫލްތަކުން ދެމުން އައި ނާސްތާ މި ދުވަސްކޮޅު އަޅުގަނޑުމެން މެދުކަނޑާލައިފައި، ހަމަ ހުރިހާ ކުދިން އެއްޗެއް ކާލައިގެން އައުން އެއީ ވަރަށް މުހިންމުކަމެއް. ދެން ހަމަ ސްކޫލަށް ދަރިވަރުން އަންނައިރު ބޯނެ ފެންވެސް ގެންނަގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޯގޯސް

    އޭގެންވެސް ލައްކަ ގިނަ ވައްކަންކޮއްފަ ތިޔަތިބީ މިލިޔަނުން މިލިޔަނުން ޕާ ރޓީ މީހުނައް ދީނިމުނީމަ ދެންޖެހޭނީ ހުއްޓާލަންތާދޯ ވައްކަން ކު ރުމަކީ ތިޔަޕާ ރޓީ މީހުންގެ ކަށިގަހިފާފަހު ރިކަމެއްވިއްޔަ

    16
    3
    • ބޯގޯސް ބޭބެ

      ވައްކަންކުރީމަ ދާނީ ޖަލަށް

  2. ފެކްޓް

    ރަގަޅީވެސް އެއްކޮށް ހުއްޓާޅުން! ޞެލެނެވެރީންނަށާއި ސުކޫލްތަކަށްވެސް ބޮޑު އުނދަގުލެއް! އިސްރާފެއްވެސްމެ! ތިނޫންގޮތަކަށް ތިކަން ކުރަން ވިސްނުން ރަނގަޅު! އެކަމަކު ފުދުންތެރިންގެ ދަރިން ދާނީ ނާސްތާކޮށްގެން.

  3. މެކް

    ޖެހޭނީދޭން އެއީ ސީލިހުގެ ވައުދެއް ރައްޔިތުންގެ ވައުދެއްނޫން

  4. ހައިފާ

    ތި ނާސްތާ ޕްރޮގްރާމް ނުހިންގިޔާ ހަމަ ރަނގަޅި ބޭކާރު ބޮޑުހަރަދެ ދެބައިކުޅަ އެއްބައި ކުދިންވެސް ތި ކުނި ކާއެއްޗެހި ނުކާ ސަރުކާރުން ތިކަން ހުއްޓަލާ ބޮޑު އިސްރާފެ ނުކޮށް ރައޔަތުންނަ ފައިދާހުރި ކަމެއްކުރިޔާާރަނގަޅެއް ނުން

  5. ާއަހުމަދު

    ކޮބާ ކޮންޓެކުޓަރުންނަށްލިބުނުގެއްލުން

  6. ރަބަރޭ

    ވައުދުފުދި ކޯދުލާ އަރަނީ