ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ކަރަންޓުގެ ޚިދުމަތުގެ އަގު އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައި ވަނީ، ރާއްޖޭގެ އިޤްތިސާދު ކުރިޔަށް ލަފާކޮށް، "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: އިން ސްޓޯމީ ސީސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައެވެ. ވޯލްޑް ބޭންކުން މިހާރު ވަނީ މި ރިޕޯޓް އާންމުކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ކަރަންޓަށް އޮތް ޑިމާންޑުވެސް ދަށްވެގެން ދިޔަ ކަމަށެވެ. މިގޮތުން މި ބަލިމަޑުމަކާއެކު އިޤްތިސާދީ ގިނަ ކަންކަން ހުއްޓިގެން ދިއުމުން، މި ޚިދުމަތުން ލިބެމުންދިޔަ އާމްދަނީ 50 އިންސައްތަ އާއި 70 އިންސައްތަ އާއި ދެމެދަށް ކުޑަވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ކަރަންޓުގެ ޚަރަދު ބޮޑުވެފައި ވަނީ ޑީސެލް ޖެނެރޭޓަރު ބޭނުންކޮށްގެން ކޮންމެ ރަށެއްގައި ވަކިވަކީން ކަރަންޓުގެ ޚިދުމަތް ދޭން ޖެހިފައިވާތީ ކަމަށެވެ. ނަމަވެސް ޚިދުމަތް ދެމުން އަންނަ ގޮތަށް ބަދަލު ގެނެސް، ކަރަންޓު އުފެއްދުމަށް ޑީސެލް ބޭނުންކުރާ މިންވަރު ދަށްކުރެވިއްޖެ ޚިދުމަތުގެ އަގު ދަށްވެ، ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ކުޑަވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ވޯލްޑް ބޭންކުން ބުނެފައި ވަނީ، ކޮވިޑް-19 އިން އަރައިގަންނައިރު ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ގޮތަށްވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށްފިނަމަ އޭގެ މަންފާ ގިނަ ބަޔަކަށް ކުރާނެ ކަމަށެވެ.

ރިޕޯޓުގައި ރާއްޖޭގެ އިޤްތިސާދަށް އަލި އަޅުވާލައި ވޯލްޑް ބޭންކުން ބުނެފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ބޮޑަށް ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ނަމަވެސް ސަރުކާރުން މި ބަލި ފެތުރެން ފެށުމާއެކު، ފެބްރުއަރީ މަހުން ފެށިގެން އަވަސް ފިޔަވަޅުތަކެއް އަޅަން ފެށިއިރު އިޤްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އައިސްފައި ވަނީ މާރިޗު 27 ވަނަ ދުވަހު ބޯޑަރުތައް ބަންދު ކުރުމާއެކު ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލެވުމުން ކުރިޔަށް އޮތް ދުވަސްތަކުގައި އިޤްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްޑޫ ލެއި

    ރައްޔިތުން ފެލާ ސަރުކާރެއް މީ

    12
  2. ޑައެލޯގް

    އިޔާދަކުރަނިވި ހަކަތަ ފުރަތަމަ އައީ މައުމޫނުގެ ވެރިކަމުގައެވެ. ނަމަވެސް ޔާމީނުގެ ސަރުކާރާހަމައަށް އެއްވެސް ސަރުކާރަކުން ސްޕީޑެއްގައި ކުރިއަށްނުދެއެވެ. ދެން ތަރައްގީގެ ބާނީ ޔާމީނު ވަޑައިގެން މުޅިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަޕެނަލްތައް ބަހައްޓައި އިގްތިޞާދު ނަގަހައްޓާ އެމްއެމްއޭ ރިޒާމް މީންދުވަހަކުނުދާވަރަށް ބޮޑުކޮށް ސިއްހީ،އިޖްތިމާއީ، އުމްރާނީ، މިހެންގޮސް ހުރިހައިދިމާލަކުން ތަރައްގީފެނި ރައްޔަތުން ތަނަވަސްވެގެން ދިޔަތަންފެނުނެވެ. ދެން މިއޮތީ އަނެއްކާވެސް ފަނާކުރަނިވި ރީދޫއަހަރުތަކެވެ.ވިސްނާބަޔަކު ވޭހެއްޔެވެ.

    18
  3. Anonymous

    ލަދުގަންނަން ޖެހޭ. ފެނާއި ކަރަންޓާއި އިންޓަނެޓް ޒަރޫރީ ބޭނުންތައް އެންމެ އަގު ބޮޑީ ރާއްޖޭގަ

    17
    1
  4. ުއުނދުޅި

    ކޯޗެއްމިތާ އަގު ހެވީ މިގައުމުވަނީ ކޮރަޕްޝަނާ ވައްކަންކުރުމާ ދޮގުހެކިދިނުމާ އަދުލުއިންސާފުބޮއްސުންލުމާ ފަނޑިޔާރުން ފައިސާއެއް ބޫތުކެއުމާ ކުރުމާ ނިކަމެތި ޔަތީމުންގެ މުދާ ފޭރުމާ އިސްލާމްދިނުގަ މަނާކުރެވިގެން ވާހާ ނުބައިކަމަކުން ހަލާކުވެފަ.

    17
  5. ބާބޫޖީ މޯދީ

    ދުނިޔޭގަ ނޯންނާނެ ރައްޔިތުން ފެލާގެން ގައުމު ހިންގާ ގައުމެއް މިނޫނި ބަލަގަ ބެންކް އޮފް މޯލްޑިސް އިން ހަރާން ގޮތުގަ ނަގާ ޕަސަންޓޭޖް %12 އެންމެ ކުޑަ އިންޓްރަސްޓް ހެޔޮވަނީކިހިނެއް ދިރާގު އުރީދޫ މީ މިސަރަހައްދުގަ އެންމެ އިންޓަނެޓް އަގުބޮޑު ގައުމު އިހަަށްދުވަހު ދިރާގުގެ ފައިބަ ކޮޅެއް ގެއަށް ވައްދައިފިން ކުރިން ބޭނުން ކުރަމުން އައި އޭޑީއެސް އެލް ސުލޯކަމުން މިއާލާތުން ރައްޔިތުން އަތުން ލާރިފެލުން ނޫންކަކެއް ހަރާން ބާބުޖީ ހަމަ ލޯަޑިން ރައްޔިތުން ނިކުމެ މިތަން ތަން ތަަޅުއަޅުވަންވީ ހެވެއްނު ބަރަށް އަތްޖަހާ ދެން

    14
  6. މުހައްމަދު

    ސޯލާ ޖަހާ އިރައް ފަހަތުން އައިސް ޑިއުޓީ އެބަ ނަގާ އެކަން ނުކުރެވޭ ވަރައް އެކަން ވެސް އަގުބޮޑު ކަމުން އާނމު މީހާ އާ ނުބައްދަލު.

    15
  7. އަލްޖިބްރާ

    މިސަރަހައްދަކަށް ނޫން ! މުޅިދުނިޔެ އަށް ބެލިކަމުގައިވިއަސް މިރާއްޖެއަކީ ހުރިހާ ކަމެއްވެސް އެންމެ އަގުބޮޑު ޤައުމު !

    19
  8. ޙަމަހަމަ

    މި ރާއްޖޭގަ އަގު ހެވީ ކޯންޗެއް ؟

    13
  9. ބުރުގާ

    މާޝާ ﷲ. ކޮންފަދަ ނިއުމަތެއް

  10. ހުސޭނުބޭ

    ސޯލިބެޔަށް ހަދާންނެތުނީ........ ހުރެ އަންނަ މަހު ކަރަންޓް ބިލު ކުޑަކޮށްދޭނެ! ކޮންމެ މީހަކުވެސް ބޮޑުކުރާ ބިއްލޫރިގަނޑެއް ހޯދާތި! ކަރަންޓް ބިލު ކުޑަކަމުން އޭގައި އޮންނަ އެއްޗެއް ކިޔަން ދަތިވެދާނެ!

  11. ރަފީގް

    ކޮންމެ ގޮތަކަށް ކޮންމެ އެއްޗެއް ބުންޏަސް ހަމަ ރައްޔިތުން ފެލައިގެން އުޅޭނީ.އެހެންނަމަ އިންޓަރނެޓްގެ އަގުހެޔޮވީސް.ފޮނިވާހަކަ ދައްކާނެކަމެއްނެތް.ރައްޔިތުންނަށް ހެޔޮއެދޭނަމަ ކުދި ވިޔަފާރިތަކުގެ ކަރަންޓްވެސް އަގުހެޔޮކުރާނެ.ޔުނިޓަކަށް -/7 ރުފިޔާ އެބަނަގާ.ފައިދާއަށް ލިބޭ ރުފިޔާ ކަރަންޓްބިލަށް.

  12. އެމަންޖެ

    ވެރިކަމައް އަރަން ރައްޔިތުންނައް އެތައް ވައުދެއްވާނެ މިހާރު ވެރިކަމައް އެރި މީހުނައް މިއުޅެނީ އެބުނެގެން އުޅޭ 100 ދުވަހެއް ނުވެގެން އަދި 100 އެސަތޭކަ ހަމަވެގެންނު އެހެން ކަމަކާ ވިސްނޭނީވެސް ، މިސަރުކާރަކީ ރައްޔިތުންނައް އޮޅުވާލުމާ ވައްކަމުގަ އެއްމެ ކުރީގަ އުޅޭ ސަރުކާރަކީ.

  13. ވަގު ޔާނު

    ކަރަން އެކަނިތަ އިންޓަނެޓް ގެ ވާހަކަ އިތުރުކޮއްލާ