ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކަރަންޓީންގައި ހުއްޓައި "ގެއްލިފައިވާ" ކަމަށާއި އޭނާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ކަރަންޓީންގައި މަޖިލިހުގެ މެމްބަރަކު "ގެއްލިފައި"ވާ ކަމަށެވެ. އަދި އެ މެމްބަރާ އެންމެ ފަހުން ފޯނުން ގުޅުއްވިފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"(ޝަހީމް) ވިދާޅުވީ ތިމަންނާ މިހުރީ ކަރަންޓީން ފެސިލިޓީއެއްގައިއޭ. އެއީ ރަށަށް ވަޑައިގަތުމަށް ކަރަންޓީން ވާން ޖެހޭ ކަމުން ކަރަންޓީން ވެވަޑައިގަތީ،" މީގެކުރިން ބޭއްވި އެމްޑީޕީގެ މުޒާހަރާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ޝަހީމްއާ ބެހޭ ގޮތުން ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، އަލުން އެނބުރި މާލެ އައުމަށް ޝަހީމް އެދިވަޑައިގެންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެކަމަކު، ބެލި އިރުގައި އޭނާ އެ ތަނުގައި ރެޖިސްޓަވެފައި ނެތުމުން. މެމްބަރު ދޫކޮށްލެވޭކަށް ނެތް. ނެތް މީހަކު ދުލެއް ވެސް ނުކުރެވޭނެތާ؟ ދެން އަޅުގަނޑުމެން ވެސް މިތިބީ ޕްރޮސެސްގެ ތެރޭގައި މި މަސައްކަތް ހިންގަމުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޝަހީމް ވުޖޫދަށް ގެންނެވޭތޯ މަޖިލިހުގެ އަމީން އާންމު، ފާތުމަތު ނިއުޝާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަފްލާ

    ކަލޯގަޔާ އިފްރޭތައެއް ހޯދަނީތަ؟

    12
  2. ތަމަންނާ

    ހަގީގަތުގަވެސް މިކަލޭގެއަށް ދެއްކޭ ނުދެއްކޭ ވާހަކަ އެނގޭހެން ހާދަ ހީނުވެޔޭ!!! މަ ބޮޑެވެގެން އުޅޭ ބޭޗާރާއެއް

    16
  3. ރަބަރޭ

    މި ސަރުކާރުގެ ނާގާބިލްކަން މިސަރުކާރުގެ ދާދާގެ ދުލުން

    17
  4. މާމީ

    ތިބޭފުޅާ މިހާރު ގެއްލޭ މީހުން ވުޖޫދައްވެސް ގެންނަވަނީތޯ؟ އެހެންވީމަދޯ ރޫހާނީ ލީޑަރު ކިއަނީ.

    16
  5. ާއަލީ

    ބޭފުޅާ ރިލުވާނު ވެސް ވަނީ ގެއްލިފަނޫންތޯ ހޯދަވާދެއްވަންވީ ނޫންތޯ.ތިހާގަދައިއްޔާ.

    12
  6. ކާފަ އަލީ

    އޭނާ އެހުރީ އެހެންވެއްޖެއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިސޯޓަކަށްގޮސްދޯ، ފުރަތަމަ އެ މައްސަލަބަލާ

  7. ބެއްޔާ

    ކުދިންކުޅޭ ގެއެއްތަ. ދެންތީ މަޖްލިހުގެ ރައީސް ދައްކަންޖެހޭކަހަލަ ވާހަކައެއްވެސް ނޫން. އެއްވެސް އޮއްޓަރެއްނެތް. ވަރަށްފޫހި ތަނެއްތީ. ދައުލަތް ހަމަ ދޯހަޅީ. އަނެއްކާ ހަމައިގަބާ؟ 24 ގަޑިއިރުން ހަމައިން ނެއްޓޭވަގުތާ ދިމާވީދޯ.

  8. ރައްޔިތުން

    ކޮބާ ބައިކޮޅުގެ މީހުން އެހާ މަޖަލެއް ނޫން. ބަލަނގަ ތިޔައީ ބަތްކައްކާ ކުޅިވަރު ކުޅޭން ގޮސް ތިބޭތަނެެއް ނޫންކަން ހަމަނެއެގެނީތަ، އަހަރެމެން ހިންޏެއް ނާދޭ، ރުޅި އަންނަނީ،

  9. ނުފޫޒުހަބޭސް

    ކޮން ކެޓަގަރީއަކަށް ފެތިގެންބާ އެޗް.ޕީ.އޭ އަށް ވެސް އެލް.ޖީ.އޭ އަށްވެސް އަދި ޖެންޑަރ އަށްވެސް ނޭނގި އެއްވެސް ލިސްޓަކަށް ނާރާ ނިޒާމުން ބޭރުން ނުފޫޒުބޭނުން ކޮށްގެން ތިތަނަށްދިޔައީ. ފުރަބަންދަށްދަނީ، މާލޭގަ ތިބި ރަށްރަށުގެ މީހުން ލޮކްޑައުންގެ ސަބަބުން ޙާލުގަޖެހިފަވާތީ. މާލޭގަ ދިރިއުޅޭ މުއްސަނދި މީހަކު ދައުލަތުގެ ޚަރަދުގަ، އަދި ނިކަމެތިން ކިއޫގަ ތިއްބާ ނުޤަވާޢިދުން ގޮސްގެން ތިއުޅެނީ

  10. އަލީ އާދަމް

    އަޅުގަނޑަށް އެނގޭގޮތުގައި ކަރަންޓީން ފެސިލިޓީތަކަށް (ރިސޯރޓް) ގެންދިޔާ ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ހާލުގައި ޖެހިފައިވާ މީހުން. އިއްޒަތްތެރި މެމްބަރު އެ މިންގަނޑަށް ފެތިގެން ކަރަންޓީން ފެސިލިޓީއަށް ދިޔަ މައްސަލަ މަޖިލީހަށް ހުށަހެޅަން ވީ ނޫންތޯ