އިންތިގާލީ އިންސާފުގެ މަޝްވަރާ އަކީ ރާއްޖެއަށް ދޭންޖެހޭ ފަރުވާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ގޮތް އާންމުން ހަނދާން ނެތިފައިވީ ނަމަވެސް އެކަމާ ގުޅޭ ކަމެއް ދިމާވުމުން އެ ވާހަކަތައް ހަނދާން ހުންނަ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެހެންވެ، އެކަންކަމަށް އިންސާފު ލިބެން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިންތިގާލީ އިންސާފާއި ގުޅޭ ބިލްތަކަށް އާންމުންގެ ހިޔާލު ހޯދައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 މިހާރު ރާއްޖެއިން ވެސް ފެނިފައިވުމާ ގުޅިގެން އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަން ތާވަލުކުރި ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީގެކުރިން އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ތާވަލުކޮށްފައި އޮތީ މާރޗް 11 ވަނަ ދުވަހުގެ ރޭ މަޖިލީހުގެ އިދާރާގައެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލްކުރީ އޭރުގެ ހާލަތަށް ބެލުމަށްފަހު ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ބިލު ދިރާސާ ކުރާ ހިއުމަން ރައިޓްސް ކޮމެޓީ އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން ބިލު މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ހީވަނީ ފަހުތަޅާލުންގަނޑު ގާތްވަނީހެން. ކޮންމެފަހަރަކުވެސް ޅައެއްޗެއް އަޅާފަނިމެނީ.
ބުލެބަލަ ބޮޑުވަޒީރެއްގެ ބޭސް ފަރުވާ ރާއްޖެއަށް ބޭނުންވެއްޖޭ. ކީއްވެފާޅުގަ ބުނަން ނުކެރިގެން ތިއުޅެނީ. އޮޅުވާލައިގެން ތިކަމެއްނުވާނެ. މިފަރަުވެސް ހަމަ ވެއްޓޭނީ.
Alah balaafiyyaa varah editing ginavaane
11 Aharu kuhjaa rape kuri meehaage vanavaru haamakohfi.
Misarukaaruge verin olhifa thiby migaumuge rahyithun nakah olhifaeh nuvey baageen naky konbaeh kamehves adhi migaumun 19 Dhivehin shaheedh kohlumuga adyga thiby konbaeh kanves
މެރިން ދާއިރާގެ ކޮލެޖެއްގައި އުޅެފައި އެންމެ ފުލުން މާކްސް ހޯދައިގެން ކިރިޔާ ފާސްވީމާ ޑިގްރީ ހިފައިގެން އައިސް ނޫސްވެރިކަން ކުރަން އުޅުނު ރޯނުއެދުރެއް ދައުލަތުގެ އެތައް މުުއައްސަސާއެއް ނަޖިސްކޮށް ސަކަރާތް ގަންނާކަށް ދެނެއް ދުލެއް ނުކުރެވޭނެ. އެމީހަކަށް ލެވުނު ހިތްވަރެއްްލާފަ މި ޖައްބާރުންގެ ބާރު ހަމައަކަށް އަޅުވާ ހައްގު ބޮޅުބޮޅަށް ފައްތަން ޖެހޭ ދުވަސްތައް މިފެށުނީ ކަމަށް ބަލާ
މަ ހިތަށް އަރަނީ ކޮންކަމެއް ވެނިމެންދެންތޯ ދިވެހިން ބަލަހަށްޓައިގެން މިތިބެނީ؟ މިއީތޯ ރަށްޔިތުން ނުވެގެން މަރުދަންޖެހުނު ކަންކަން.؟ 500 ރުފިޔާ އަށް ވޯޓު ވިއްކާލީމާ ފަހުން ބޮޑުތަނުން ދަރަނިވެރިވެ ބިކަވާތަން އަދިވެސް ދިވެހިންނަށް ގަބޫލު ނުކުރެވެނީތޯ؟ ތާހިރު ދިރި އުޅުމާއި ނުތާހިރު ދިރިއުން/ އެޖެންޑާ 19 އާއި ރަށްވެހި ފަތިހާއި، ޖަޒީރާ ރާއްޖެ ފަދަ ތަސައްވުރެއް ނެތް ލޭބަލް ތަކުން ދެއްކި ހުވަފެނަކީ ޝައިތާނީ މަކަރުވެރި ރޭވުންތަކެއްކަން ވިސްނޭވަރު ނުވަނީތޯ.؟ މާޒީގައި ގައުމު ދުށް އެންމެ ނުރަށްކާތެރިކަން ކަމަށް ވުރެން ބިރުވެރި ދުވަސްތަކެއް ގައުމަށް ދިމާވެދާނެ ހުރިހާ ހާލަތެއް މިއަދު މިވަނީ ދިވެހިންނާއި އަރާ ހަމަކޮށްފައި. އެކަން އަހަރެންގެ ކޮށި ވިސްނުމަށް ވެސް އިހުސާސްވޭ.!
މީ ކީކޭ ހިތައް އަރައިގެން އުޅޭ އެއްޗެއް
ޔާމީން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ އަޑު ކަޑުވާލަން ދެކޮޅުނުޖެހޭ ކަމެއްނަގާ މަތިކޮށް ޕްރެޝަރ އުފައްދަނީ. އެކަމެއް ފެއިލްވީމަ ދެން މިކަހަލަތާކުން ތަކުނުޖެހޭ ކޮސް ގޮވަނީ. ކުޑައިރު ނާށި ތާށިކަމަށްބަލާ ވަނދު ގޮބޮޅިން ރިހަކައްކާ އުޅުނު ހަނދާން މިހާރުގެ ޙަރަކާތްތަކުން އާވޭ.
ياﷲ! ކެނެރީގެ މުޙައްމަދު ނަޝީދުގެ ނުބައި ޢަމަލު ތަކުން މި ދިވެހި ރާއްޖޭގެ އެންމެހައި ދިވެހި، މުސްލިމް ރައްޔިތުން ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން.