އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދެން ފުލުހުން ނިންމައިފިއެވެ.
މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރީ ހއ.ބާރަށު އަނީސް ހިލްމީއެވެ. ފުލުހުން ވަނީ އަނީސްގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ. ކްރިމިނަލް ކޯޓުން އެމީހާގެ ބަންދަށް ޖަހާފައި ވަނީ ހަތް ދުވަހެވެ.
މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ. އެކަމަކު، ޕީޖީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން އަމަލުކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުމާ ގުޅިގެން އާންމުންގެ ފާޑު ކިޔުން ވަނީ ކްރިމިނަލް ކޯޓަށް އަމާޒުވެފައެވެ.
ގްރޫމް ކުރުން: ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުަމަށްޓަކައި އެކުއްޖާ ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އެމީހަކީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ.#Grooming #SexualAbuse pic.twitter.com/RmSQ3KMysV
— Maldives Police (@PoliceMv) June 14, 2020
އެއީ ކުދި ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު ދިގު މުއްދަތަކަށް އިތުރުކޮށް، ޖަލު ހުކުމްތައް އިއްވާ އިރު، ރޭޕްކުރުން ފަދަ އަނިޔާވެރި އަމަލު ހިންގާ މީހުންނާ މެދުގައި އެގޮތަށް އަމަލު ނުކުރާ ކަމަށް ބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތް ނިމެންދެން އަނީސް ބަންދުކުރަން ދެން އޮންނަ މުއްދަތު މަޖިލީހެއްގައި ފުލުހުން އަލުން އެދޭނެ ކަމަށެވެ.އެގޮތަށް ވަކާލާތު ކޮށްދޭން ޕޮރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެންފައިވާ ކަން ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އަނީސް ހައްޔަރު ކުރީ ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހު ދިރިއުޅޭ ގޭގައި ހުއްޓައެވެ.
ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތިޔައީ ހުކުމުން ސަލާމަތްވާން ވެގެން ނަފްސާނީ ބަލި ހުންނަމީހަކަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސްރަނގަޅު. ޔަހޫދީން ހިމެނިގެންވާ ދައުލައެއް ވިއްޔާ މިއޮތީ..
ކަލެއަށްވެސް މީހަކު އެބަ ޖެހޭ ހުކުން ކުރަން.