ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. ސަލީމް އެދިވަޑައިގެންފައި ވަނީ އެރޭގެ ޖަލްސާގައި ހިނގައި ދިޔަ ކަންކަން ބަލައި، އިމްތިޔާޒް ކޮމިޓީން ތަހުގީގެއްކޮށް އެކަމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް އިމްތިޔާޒް ކޮމިޓީއަށް ފޮނުވައިފައެވެ. އަދި އެ މައްސަލައިގެ ކޮމިޓީ ބައްދަލުވުމެއް މިއަދު 2:30 ގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ރައްޔިތުން މަޖިލީހުގައި ހިނގައިދިޔަ އެ ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވި ފަހުން ޖަލްސާއިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ބައިވެރިވެވަޑައިނުގަންނަވައެވެ. އެކަމަކު، ނަޝީދު ވަނީ މެމްބަރުން މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަނީ އެ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރު ނުވަނީސް، ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
ޖޫން ދެ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެން ޖެހުނީ އެމްޑީޕީގެ މެމްބަރުންތަކެއް ބޭނުންކޮށްގެންނެވެ. އެކަމާ ގުޅިގެން މަޖިލިހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މަޖިލީހުގެ މެންބަރެއްގެ ނަން އިއްވުމުން ތަޅުމަށް ނެރުމަށް އޮންނަނީ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށެވެ.
މަޖިލިހުގައި ހިނގި ހަމަނުޖެހުންތަކުގައި ޝިޔާމަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައެވެ. އަދި އެ މައްސަލަ ޝިޔާމް ވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފައވެެ.
މުޑުދާރު ޖަރީމާ ހިންގާފަ ދެން އެމައްސަލަ ބަލަނީސް މީނާ
އަންނި އަކީ އިންސާފެއް އޮތް މީހެއް ނޫން... އަންނި އަކީ ހުދުމުހުތާރު ޑިކްޓެޓަރ އެއް
ޢަދުލުވެރިކަމެއް ނެތް ބަޔަކު، އަމިއްލަކަށް ކުރިކުށް އަމިއްލައަށް ބަލައިގެން އިންސާފު ލިބިދާނެތަ؟
ސަރުދާރު ބުނެގެން ޕާޓީ ކުދިން ކޮޅު ލައްވާ ތަޅުވާފަ މައްސަލަ ބަލަން ކޮން މައްސަލައެއް ދެންބަލާކަށް ސަރުދާރު ގެއައުވާނުން ގިނައީ އިންސާފުން ކިހިނެއް މައްސަލަ ބަލާނީވެސް މި ގައުމުގެ ރައްއަތުން ތިބީ ހޭލާ
މީތޯ އިންތިގާލީ އިންސާފަކީ....
ޑިކްޓޭޓާރޝިޕަށް ހިތްވަރުދީފި! މަޖިލިސް މެމްބަރުން ޝިޔާމަށް އަނިޔާ ކޮށްފައި ހަމަ އެމަޖިލީހުގެ މެމްބަރުން މައްސަލަ ބަލަނީ.. ނޫނޭ އިންތިގާލީ އިންސާފު ސަޅި އިނގޭ..
ޝިޔާމަށް އަނިޔާކުރީ މަޖިލީހުގާ އުޅުއްވާ ނަފްސާނީ ބަލި ކުދިންކޮޅެއް އަދި މަޖިލިހުގެ އެންމެ އުސްގޮނޑީގާއިންނަވާ ބޭފުޅާ އެއީ ނަފްސާނީ ބަލީގެ އިތުރުން ފުރޮޅުލީ ގޮނޑީ ގާއި އިންނަވާ ބޭކަލެއް ވީމާ ތިމައްސަލައެއް ނުބެލޭނެ
ކުށް ކުރަން އެންގެވީވެސް އަޅުގަނޑު...
ގެއްލުންވީމަ، މައްސަލަ ބަލާނީވެސް އަޅުގަނޑު..
ހުކުމް ކުރާނީވެސް އަޅުގަނޑު..
އެންމެ ފަހުގެ ޑިމޮކްރަސީ - މަގޭ ވެރިކަން މަގޭ ބާރު މަގޭ ބޭނުން ގޮތެއް
މިއީ މުޑުދާރު ބައެއް. މިމީހުން މި ޖަރީމާހިންގާފަ އަދި މިޖަރީމާ ބަލަނީވެސް މިކަން އިންސާފު ވެރިކަމަކަށްވޭބާ؟