ކޮވިޑް-19 އާ ގުޅިގެން މާލެ ސީޓީގައި އިއުލާނުކޮށްފައިވާ، ފުރަބަންދަށް ދީފައިވާ ލުއިތަަކާއެކު، ބޭރުގައި އުޅުން މާނާ ގަޑީގައި ބޭރުގައި އުޅޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އީޒް ޑައުންގެ ފޭސް ދޭއްގެ ދަށުން ގަބޫލު ކުރެވޭ ސަބަބެއް ނެތި މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ

އެގޮތުން ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާއި ދެމެދު ބޭރުގައި އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ މި ހާލަތުގައި ފަރުދީ ޒިންމާ އަދާކުރައްވައިގެން އެފަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު އިއުލާން ކުރުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް 1000 ރުފިޔާއިން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ. އަދި ދެވަނަ ފަހަރަށް މަގުމައްޗަށް ނިކުމެއްޖެނަމަ ޖިނާޢީ ދައުވާ ކުރަން ފުލުހުން ވަނީ މިހާރު ނިންމާފައެވެ

މިހާތަނަށް ހުއްދަ ނެތި މަގުމަތީގައި އުޅުނު މީހުން ޖޫރިމަނާ ކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ވަނީ 8.9 މިލިއަނަށް އަރާފައެވެ. މި ފައިސާ ދައްކަން ޖެހޭނީ މީރާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމީ

    ކިތައްމެ ވަރަކައް ރައްޔިތުން ޖުރުމާނާ ކޮއްފަ ފައިސާ ސަރުކާރައް ހޯދަދިނަސް މަޖިލިހުން ޕޮލިހުން ސައިޒު ކުރާނެ.

    11
  2. ވަރުވާ

    ބަނގްލަދޭޝްގެ ބޭފުޅުންނަށް ވެސް ފިޔަ ވަޅު އެޅުއް ވޭނެބާ؟ އެއީ މިއޮއްބޮޑު ލޮކްޑައުނގައި ވެސް އަންލޮކް ބޭފުޅުން.

    6
    1
  3. ފުކެއްވިޔަސް ތީބޮޑުވަރު

    ތީ ނުވެގެން އުޅޭކަމަކީ ރައްޔަތުން ޖޫރިމަނާ ކުރުން..
    .
    ޚކޮންގާނޫނަކުން ކޮންގޮތަކައް ކާކު ބާރުދީގެން ފިޔަވަޅު އަޅާނަމޭ ބުނަނީ....!!!

  4. އިޒޭ

    ސަރުކާރުން ބޭނުން ވަނީ ރައްޔިތުންގެ ކަރައް އަރަން. ކޮންމެވެސް ގޮތަކުން ފެލާލަން. ހިތައް އަރާ މި ސަރުކާރައް ކިިހާ ދުވަހަކު ވެރިކަން ކުރެވި ދާނެ ބާވެ. ﷲ އިރާދުފުޅުން މި ސަރުކާ ވަރައް އަވަހަށް ފޭލް ވާނެ. އާމީން