މިދިޔަ އޮގަސްޓް މަހުގެ ހުޅުވާލި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ320 މަރުކާގެ ބޯޓެއް ޖައްސައިފިއެވެ.

މާފަރު އެއާޕޯޓަކީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާއެކު ހެދި އެއާޕޯޓެކެވެ.

މޯލްޑިވިއަން އިން މިއަދު ވިދާޅުވީ އެ ކުންފުނީގެ އެއާބަސް އޭ321 މަރުކާގެ ބޯޓު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަން އިއުލާނު ކޮށްފައެވެ. އެ ފްލައިޓްގައި މާފަރަށް 200 މީހަކު ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވެެރބރ/ މިއީ މިހާތަނަށް ކަރަންޓީނަށް ރަށްރަށް ދާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން އެއްފަހަރާ ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ، އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

މާފަރު އެއާޕޯޓު ހަދަނީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުންނެވެ. އެ އެއާޕޯޓުގައި އެންމެ ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ. އަދި އޭގެ ފަހުން، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެއްކޮށް ނުނިމި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުއްވައި ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މުފައްކިރު.

  ވެރިކަމުގެ މިހިސާބަށް އައިއިރުވެސް ރައްޔަތުން ނަށް ލާބައާ މަންފާ ހުރި އަޑަކަށް މިއިވެނީ ރައީސް ޔާމީންގެ އިގްތިސާދީ ދިގު އަތް މުޅި ގައުމަށް ފަތުރުއްވާ ދުރު މުސްތަގްބަލަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން އިގްތިސާދީ ނަފާ ހޯދުމަށް އެމަނިކުފާނު ކުރެއްވެވި ބުރަ މަސައްކަތުން ގައުމަށް ދިރުން ލިބެމުންދާ މަންޒަރު. ޝުކުރިއްޔާ ރައީސް ޔާމީން.

  49
  1
 2. މުހައްމަދު

  ޝުކުރިއްޔާ! ރައީސް ޔާމީނު...
  އިބުރޭ ކަލޭމެން ހަޖަމްކުރަން ރީނދޫ ބަގަ ދަސްކޮށްބަލަ.

  43
 3. ޢަ

  އަލްޙަމްދު

  24
 4. ޢަ

  އަލްޙަމްދު ﷲ

  30
 5. ފުނަފޫ

  އަދިމިފަސްއަހަރަކު ތިސޯލިހު ރައްޔިތުންކުރިމަތީގަ ތެޅިހާ އަނގަ ވާނީހުސްދޮގައް މިފަސްއަހަރު ނިމުނީމަ ހުރިހާރައްޔިތުން ޖެހޭނެ ކޯޓައްމަސްލަހުށައަޅަން ރައްޔިތުންކުރިމަތީގަދޮގުހެދީމަ ސޯލިހަކީ ކާޅުކޯއްޔެއް ނޭނގޭނެ ހާލިހަދާކައް ހާލިހެދީމަ ބިސްއަޅާނީ

 6. މާލެ

  މެކުނު ފުމުނަކަސް ގާހަކަޔަކައް ނުފުމެވޭނެ ސުކުރިއްޔާ ތަރައްގީގެބާނީ ރައީސްޔާމިނު

  13
 7. ޢިލްޒާ

  321އޭ އެއް މޯލްދިވިއަންގައި ހަމައަސްލުވެސް އޮވޭތަ؟

  4
  1
 8. ކައުންސެލަރު

  ޝުކުރިއްޔާ ރައީސް ޔާމީން!